Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މައްސަލަތައް ހައްލު ނުވުން

ކޮންމެ ކަމެއް ވެސް ހައްލުކޮށްދެއްވާނީ މީޑިއާ އަށް ތިލަވެ، ނުކަތާ ވަރުވީމަތޯ؟

މީޑިއާ އަށް ކަންކަން ތިލަ ނުވާނަމަ ސަރުކާރަށް ވަރިހަމަ. ޕްރެޝަރ ބޮޑުވެ ނުކަތާ ވަރު ވަންދެން ސަރުކާރުން ތިބެނީ ވަރިހަމަކޮށްލައިގެން.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 13:50
ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލޭ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލޭ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް

ރައީސް ޑރ.މުހައްމަދު މުއިއްޒު އެވެ.  ހުރިހާ ކަމެއް މި ދަނީ މި ޒާތަށެވެ. މީޑިއާގައި މައްސަލަތައް ފެންމަތިވެ ރައްޔިތުން ރަތަށް އަރާ ހިސާބަށް ނުދަނީސް އެއްވެސް ކަމެއް ސަރުކާރަށް އެނގޭ ކަމަކަށް ނުވެ އެވެ. ސަރުކާރު ހޫނު ފެނަށް ވެއްޓި މުޅި ސަރުކާރަށް އާއްމުންގެ ފާޑުކިޔުން ކަމެއްގައި އަމާޒު ނުވަނީސް ރައްޔިތުންނަށް އެއްވެސް ކަމެއްގައި ރާހަތެއް ލިބޭނެ ފަދަ އެއް ނެތެވެ. ސަރުކާރު ކުންފުންޏަކަސް އިދާރާ އަކަސް ކަން ހިނގަނީ މި އުސޫލުންނެވެ.

މި ފަހުން ހިނގި މިފަދަ ކަންކަމަށް ބަލާލާނަމެވެ. އަލިފާނުގެ ހާދިސާ ހިނގި ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގެ ތިރީގައި ބަހައްޓާފައި ހުރި އޭސީ އައުޓްޑޯ ޔުނިޓްތައް ނުނަގާ މައްސަލަ ބޮޑުވެ އެކަން ތަކުލީފަކަށް ވި އިރުވެސް ސަރުކާރަށް އެކަން ރޭކާލީ ކަމަކަށް ނުވި އެވެ.  30 ޖެނުއަރީ 2026 ވީ ހުކުރު ދުވަހު އިރުއޮއްސި 6:45 ހާއިރު ހިނގި އެ ހާދިސާ އަށް ފަހު އޭސީ އައުޓް ޑޯ ޔުނިޓުތައް ނުނަގައިގެން އާއްމުން އައީ އެ ޝަކުވާ އުފުލަމުންނެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މަރާމާތުގެ މަސައްކަތް ކޮށް، ހަލާކުވި އޭސީ އައުޓްޑޯ ޔުނިޓްތައް ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރު ބޭރުގައި ބެހެއްޓުންވީ އާއްމުންނަށް ބޮޑު އުނދަގުލަކަށެވެ. އެކަމަކާއި އަޅާލާނެ ވާލެއް ނުވެ އެވެ. ނަމަވެސް މީޑިއާ އިން އެކަން ސަމާލު ކަމަށް ގެނައި ދުވަހުގެ ރޭގަނޑު އެ އެއްޗެހި ނަގައިފި އެވެ. އެކަން ޕްރައޯރިޓީ ހައިވީ ތޯއްޗެކެވެ.

މާލޭ ގްރޭންޑްގެ އެއް ފްޓް ހަލާކުވެފައި ހުންނަތާ މަހެއް ވާން ކައިރި ވެފައިވީ އިރު ވެސް އެކަމަށް އެކަސީގެންވާ ޖަވާބެއް ނުދެ އެވެ. އެ ވާހަކަ އަހާލިޔަސް ޖަވާބެއް ނުދެވެ އެވެ. އާއްމުން ތިބީ ވާނުވާގަ އެވެ.  އެ ލިފްޓު ހަލާކުވީ ޖެނުއަރީ 24 ވަނަ ދުވަހު އެވެ. . ލިފްޓް ހަލާކުވުމާއި ގުޅިގެން އެ ތަން ބަލަހައްޓާ ކުންފުނި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އެ ލިފްޓުގައި އިއުލާނެއް ހަރުކޮށްފަ އެވެ. ޖެނުއަރީ މަހު ފަހުކޮޅު ހަރުކޮށްފައިވާ އެ އިއުލާން ހަރު ކުރި ތާރީހު އެނގެން ނެތް އިރު މީޑިއާގެ ސަމާލުކަަމަށް އެކަން އައުމާއި އެކު އެކަން ވެސް ހައްލުކޮށްފި އެވެ. ވިދާޅުވަނީ އެއީ އިއްތިފާގެއް ކަމަށެވެ.

ދެން އޮތީ ގެދޮރުވެރިޔާ  ފްލެޓުތަކަށް ދިރިއުޅުން ބަދަލުކުރާ އާއިލާތަކަށް ދިމާވި ގޮންޖެހުންތަކެވެ. މުޅި ސަރަހައްދު ގޮނޑުވުމާއި ބައެއް އަސާސީ ޚިދުމަތްތަައް ހޯދުމަށް ހުރި ދަތިތައް މީޑިއާ އަށް ތިލަވި ހިސާބުން އެކަން ވެސް އިސާހިތަކު ހައްލުކޮށްދެއްވައިފި އެވެ.

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ބައެއް މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދޭ ކަމަށް އެ ކުންފުނީގެ ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅު ކުރީ މި އިހަކަށް ދުވަހު އެވެ.  އެކަން ވެސް މީޑިއާ އަށް ހާމަކުރުމާއި އެކު ހައްލުކޮށްދެއްވައިފި އެވެ. މި ނޫނަސް މުސާރަ އާއި އިނާޔަތުގެ ކަންކަމުގައި މީޑިއާ އަށް ކަންކަން ހާމަވުމުން މައްސަލަތައް ހައްލުކޮށްދެއްވާލެއް އަވަސް އެބަ ވެ އެވެ. އެހެންވީމަ ސުވާލަކީ ކޮންމެ ކަމެއް ވެސް ހައްލުކޮށްދެއްވާނީ މީޑިއާ އަށް ތިލަވެ، ނުކަތާ ވަރުވީމަތޯ އެވެ.

ޑރ. މުހައްމަދު މުއިއްޒުހިޔާ ފްލެޓްހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)މާލޭ ގްރޭންޑްވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމްއޭސީއެލްއާއި ހަވާލުކުރި ކެނދިކުޅުދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ

އެމްއޭސީއެލްއާއި ހަވާލުކުރި ކެނދިކުޅުދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ

20 ފެބުރުއަރީ 2026
މިސައިލާއި ބޮޑު ބަޑި ހަރުކޮށްފައިވާ ދަރުމަވަންތަ ފޯޅަވަހި ކައިރީގައި ހަރަކާތްތެރިވާ ހަބަރު އިނގިރޭސީ ނޫސްތަކަށް

މިސައިލާއި ބޮޑު ބަޑި ހަރުކޮށްފައިވާ ދަރުމަވަންތަ ފޯޅަވަހި ކައިރީގައި ހަރަކާތްތެރިވާ ހަބަރު އިނގިރޭސީ ނޫސްތަކަށް

20 ފެބުރުއަރީ 2026
އެޗްޑީސީން މާލެސިޓީ މޭޔަރު ގެ މަގާމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ޕްރޮމޯޓް ކުރާ މައްސަލައެއް

އެޗްޑީސީން މާލެސިޓީ މޭޔަރު ގެ މަގާމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ޕްރޮމޯޓް ކުރާ މައްސަލައެއް

19 ފެބުރުއަރީ 2026
އަމިއްލަ ދަރިފުޅަށް ތުހުމަތުކުރެވޭ ރޭޕް މައްސަލައިގެ ހެކި ނައްތާލިކަމުގެ ތުހުމަތު ކުރެވިފައިވާ ފަރުހާދާއި ފުލުހުންގެ މުވައްސަސާގެ ހިންގުން ހަވާލުކޮށްފި

އަމިއްލަ ދަރިފުޅަށް ތުހުމަތުކުރެވޭ ރޭޕް މައްސަލައިގެ ހެކި ނައްތާލިކަމުގެ ތުހުމަތު ކުރެވިފައިވާ ފަރުހާދާއި ފުލުހުންގެ މުވައްސަސާގެ ހިންގުން ހަވާލުކޮށްފި

19 ފެބުރުއަރީ 2026
ރައީސް މުއިއްޒު އޮޅިގެން ވެސް ތެދެއް ހައްދަވާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރައްވާ: ޑރ. ޑީޑީ

ރައީސް މުއިއްޒު އޮޅިގެން ވެސް ތެދެއް ހައްދަވާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރައްވާ: ޑރ. ޑީޑީ

19 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު