Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އޭޝިއަން ޓެލެކޮމް އެވޯރޑްސް

އޭޝިއަން ޓެލެކޮމް އެވޯރޑްސް 2026 ގެ "މޯލްޑިވްސް ބްރޯޑްބޭންޑް ޓެލެކޮމް ކޮމްޕެނީ އޮފް ދި އިޔަރ" އެވޯޑް ދިރާގަށް

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބިސީތަކަށް ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް ފޯރުކޮށްދިނުމަށް ދިރާގުން ކުރި މަސައްކަތް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށް، އެ ކުންފުންޏަށް "އޭޝިއަން ޓެލެކޮމް އެވޯޑްސް" ލިބިއްޖެ. މިއީ ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލު ބިނާކުރުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ދިރާގުން ދެކޭ. މީގެ އިތުރުން، އެ ކުންފުނިން ވަނީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް 5ޖީގެ ޚިދުމަތް ފޯރުކޮށްދީ، ދާދި ފަހުން އޫކްލާގެ ޝަރަފުވެރި އެވޯޑުތަކެއް ވެސް ކާމިޔާބުކޮށްފަ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2026 | ބުރާސްފަތި 08:21
މޯލްޑިވްސް ބްރޮޑްބޭންޑް ޓެލެކޮމް ކޮމްޕެނީ އޮފް ދި ޔަރ އެވޯޑް ލިބުނީ ދިރާގަށް.

މޯލްޑިވްސް ބްރޮޑްބޭންޑް ޓެލެކޮމް ކޮމްޕެނީ އޮފް ދި ޔަރ އެވޯޑް ލިބުނީ ދިރާގަށް. | ދިރާގު

މި އަހަރުގެ އޭޝިއަން ޓެލެކޮމް އެވޯރޑްސްގެ "މޯލްޑިވްސް ބްރޯޑްބޭންޑް ޓެލެކޮމް ކޮމްޕެނީ އޮފް ދި އިޔަރ" އެވޯރޑް ދިރާގުން ހާސިލުކޮށްފި އެވެ.

އޭޝިއަން ޓެލެކޮމް އެވޯރޑްސް އަކީ މި ސަރަހައްދުގެ މުވާސަލާތީ ސިނާއަތުގެ ކާބިޔާބީތައް ފާހަގަކޮށް، ޒަމާނީ ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް ކުންފުނިތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް ދޭ އެވޯޑެކެވެ. މިގޮތުން، ދިރާގަށް މި ލިބުނު އެވޯޑަކީ ދިވެހިރާއްޖެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ، ހުރިހާ ގެއަކަށް، 100 އިންސައްތަ ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަށް ފޯރުކޮށްދިނުމަށް ހޯދާފައިވާ ކާމިޔާބީގެ މައްޗަށެވެ.

Advertisement - businessAdvertisement

ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިސްމާޢީލް ރަޝީދު ވިދާޅުވި އޭޝިއަން ޓެލެކޮމް އެވޯޑްސް 2026 ގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުންޏަކަށް އެވޯރޑް ލިބުމަކީ، ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. އަދި މިއީ، އެންމެ މަތީ ފެންވަރުގެ ޑިޖިޓަލް ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމަށްޓަކައި ދިރާގުން ކުރަމުންގެންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެއް އަދި ހިތްވަރެއް ކަމަށެވެ. އޭނާ ވިދާޅުވީ މިއަދު ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް ހައި ސްޕީޑް އިންޓަރނެޓްގެ ދޮރު ވަނީ ހުޅުވިފަ އެވެ. އެހެންކަމުން، މިއީ ރާއްޖެއަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް، އަދި ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ. 

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށާއި، ރިސޯޓުތަކުގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށްރަށަށް 100 އިންސައްތަ 4ޖީ ހިދުމަތް ދިރާގުން ވަނީ ކަށަވަރުކޮށްދީފަ އެވެ. މީގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބިސީއަކަށް ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީފައިވާއިރު، ރާއްޖޭގެ އާބާދީގެ 73 އިންސައްތައަށް މިހާރު ދިރާގުގެ 5ޖީ ހިދުމަތް ލިބެމުންދެ އެވެ.

ދާދި ފަހުން ދިރާގަށް ވަނީ އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ 'ފާސްޓަސްޓް 5ޖީ ނެޓްވާރކް'، 'ބެސްޓް 5ޖީ ނެޓްވާރކް' އަދި 'ބެސްޓް 5ޖީ ގޭމިންގ އެކްސްޕީރިއަންސް' އެވޯރޑު 2025 ގެ ކުއާޓާ 1 އަދި 2 އަށް ލިބިފަ އެވެ.

ދިރާގުގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ގެނެސްދީ، ފާގަތި، ޑިޖިޓަލް މުސްތަގްބަލެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމެވެ.

ދިރާގުއޭޝިއަން ޓެލެކޮމް އެވޯޑްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރާގު ޑިރެކްޓަރުންގެ ބޯޑުގެ ޕަބްލިކް ޑިރެކްޓަރގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި

ދިރާގު ޑިރެކްޓަރުންގެ ބޯޑުގެ ޕަބްލިކް ޑިރެކްޓަރގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި

22 ފެބުރުއަރީ 2026
ދިރާގު 2026 ކަލަންޑަރ - ދައްކުވައިދެނީ ކަނޑުފަޅުތަކާއި ރާއްޖޭގެ ރީތި ގުޅުން

ދިރާގު 2026 ކަލަންޑަރ - ދައްކުވައިދެނީ ކަނޑުފަޅުތަކާއި ރާއްޖޭގެ ރީތި ގުޅުން

23 ޑިސެމްބަރު 2025
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

08 ޑިސެމްބަރު 2025
ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

27 ނޮވެމްބަރު 2025
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު