Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2K26

އުރީދޫ ނޭޝަނުން ކުރިއަށް ގެންދިޔަ "ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2K26" ކާމިޔާބުކަމާއެކު ނިންމާލައިފި

ޔޫތު މިނިސްޓްރީއާއި އުރީދޫ ނޭޝަން ގުޅިގެން ބޭއްވި މި ފެސްޓިވަލްގައި ޕަބްޖީ، މޮބައިލް ލެޖެންޑްސް، އީއޭއެފްސީ އަދި ޓެކެން ހިމެނޭހެން ގިނަ އަދަދެއްގެ ކުޅުންތެރިންނާއި ޓީމުތަކުން ވަނީ އޮންލައިންކޮށް އަދި ލޭން ފޯމެޓަށް ވާދަކޮށްފަ. މި މުބާރާތުގެ އެކި ކެޓަގަރީތަކުން ވަނަތައް ހޯދި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހީމް ވަޙީދު. މިއީ ރާއްޖޭގެ ގޭމިންގ ދާއިރާ ކުރިއަރުވައި ޒުވާނުން ބާރުވެރިކުރުވުމަށް ލިބުނު މުހިންމު ފުރުސަތެއް. ޖެހިޖެހިގެން ދެވަނަ އަހަރު މި ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލުމުން ރާއްޖޭގައި އީ-ސްޕޯޓްސްއަށް އޮތް ތަރުހީބު އިތުރުވަމުންދާކަން ހާމަވެގެންދޭ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 20:44
ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2K26 ގެ ތެރެއިން.

ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2K26 ގެ ތެރެއިން. | އުރީދޫ

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާ ގުޅިގެން އުރީދޫ ނޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ "ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2K26" ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މި މުބާރާތް ނިންމުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ހުންނަ ޔޫތު ހަބްގައި ކުލަގަދަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ.

Advertisement - businessAdvertisement

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަޙީދެވެ. މި ހަފުލާގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޝާދީ ޤަވާސްމީ އާއި ޗީފް ކޮމާޝަލް އޮފިސަރ ޙުސައިން ނިޔާޒުގެ އިތުރުން ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގެ އެކި ކޮޅުތަކުގައި ތިބި ގޭމަރުންނަށް ވާދަވެރި މާހައުލެއް ފަހިކޮށްދިނުމުގެ ގޮތުން ބޭއްވި މި ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް އަދި ލޭން (LAN) ފޯމެޓަށެވެ. އެގޮތުން ޓެކެން އަދި އީއޭއެފްސީ މުބާރާތްތައް ޔޫތު ހަބްގައި ލޭން އިވެންޓްތަކެއްގެ ގޮތުގައި ކުރިއަށް ދިޔައިރު، ޕަބްޖީ މޮބައިލް (PUBGM) އަދި މޮބައިލް ލެޖެންޑްސް: ބޭންގ ބޭންގ (MLBB) ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. މީގެ ސަބަބުން މުޅި ރާއްޖެއިން ގިނަ އަދަދެއްގެ ކުޅުންތެރިންނަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.

މި ފެސްޓިވަލްގައި ބައިވެރިވި ކުޅުންތެރިންގެ ތަފްސީލަށް ބަލާއިރު، އީއޭއެފްސީގައި 20 ބައިވެރިން އަދި ޓެކެންގައި 16 ބައިވެރިން ވަނީ ވާދަކޮށްފަ އެވެ. މީގެ އިތުރުން ޕަބްޖީ މޮބައިލްގައި 38 ޓީމު އަދި މޮބައިލް ލެޖެންޑްސްގައި ވެސް 38 ޓީމު ބައިވެރިވެ، މުބާރާތުގެ ހުރިހާ ކެޓަގަރީއެއްގައި ވެސް ފެނިގެންދިޔައީ ފޯރިގަދަ ކުޅުމަކާއި ވަރުގަދަ ޓީމު ވޯކެކެވެ.

މުބާރާތުގެ ވަނަތަކަށް ބަލާއިރު، ޕަބްޖީ މޮބައިލް ކެޓަގަރީގެ އެއްވަނަ ޑީޖީއެން ސިންޑިކޭޓް ހޯދިއިރު، ދެވަނަ ހޯދީ ގޭމްއޯވަރ ރިޖެކްޓް އެވެ. ތިންވަނަ ލިބުނީ އެލްއެފް އަކަޒާޔާ އަށެވެ. މޮބައިލް ލެޖެންޑްސްއިން އެއްވަނަ އެލްއެންއެން ސްލީޕިންގ ފޮރެސްޓް ހޯދިއިރު، ދެވަނަ ކަޅުއޮށްފުމި އަދި ތިންވަނަ ކުއިސް ވެންގާޑްސް ވަނީ ހޯދާފަ އެވެ. އީއޭއެފްސީ ކެޓަގަރީގެ އެއްވަނަ އެމްޔޫޖީ ޔާއިޝް، ދެވަނަ އެމްޔޫޖީ ރާއިދު އަދި ތިންވަނަ ޒަމީލް ހޯދިއިރު، ޓެކެން މުބާރާތުގެ އެއްވަނަ ހޯދީ އެމްޔޫޖީ އަބާން އެވެ. މި ކެޓަގަރީގެ ދެވަނަ ކުއިސް އީ-ސްޕޯޓްސް ތާބިޝް ހޯދިއިރު ތިންވަނަ ލިބުނީ އެމްޔޫޖީ އަޝްވާން އަށެވެ.

ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2K26 އިން އަނެއްކާވެސް ހާމަވެގެންދިޔައީ ރާއްޖޭގައި ވާދަވެރި ގޭމިންގ ހަލުވިކަމާއެކު ކުރިއަރަމުންދާ މިންވަރު ކަމަށް އުރީދޫ އިން ބުނެ އެވެ. އަދި މިއީ ޒުވާނުންނަށް އެކުދިންގެ ހުނަރު ދައްކާލުމަށާއި، ޑިޖިޓަލް ހުނަރުތައް ތަރައްގީކުރުމުގެ އިތުރުން މުޖުތަމައުގެ ބައިވެރިވުން އޮތް ފޯރިގަދަ މާހައުލެއްގައި ވާދަކުރުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.

ޖެހިޖެހިގެން ދެވަނަ އަހަރު މި ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލުމުން ދޭހަވަނީ ރާއްޖޭގައި އީ-ސްޕޯޓްސްއަށް އޮތް ޝައުގުވެރިކަން އިތުރުވަމުންދާ މިންވަރެވެ. އަދި މިއީ ކުރިމަގުގައި މިއަށްވުރެ ބޮޑެތި މުބާރާތްތަކަކަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް އުރީދޫން ގަބޫލުކުރެ އެވެ.

އުރީދޫރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2K26

ކޮމެންޓް

އިތުރަށް ކިޔާލަން

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

27 ފެބުރުއަރީ 2025
އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

17 ޑިސެމްބަރު 2024
އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް

އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް

12 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު