Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަރުގެ މައްސަލަތައް

ލިޓަންގެ މަރު: ނިޒާމަށް ކުރާ މަސްތުވާތަކެތީގެ ދައުވާގައި 15 އަހަރުގެ ޖަލު ޙުކުމެއް!

ޑައިމޯފިންގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ނިޒާމް ގެ މައްޗަށް 15 އަހަރު ދުވަހުގެ ޙުކުމެއް ވަނީ އިއްވާފައި، އަދި ބާކީ ހުރި ދައުވާތަކުގެ ޙުކުމް ކުރެއްވުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 މާރިޗު 2026 | އާދީއްތަ 10:59
މުހައްމަދު ލިޓަންގެ މަރުގެ މައްސަލާގައި، އޭނާ މަރާލި ކަމަށް ތުހުމަތުކުރެވޭ، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު

މުހައްމަދު ލިޓަންގެ މަރުގެ މައްސަލާގައި، އޭނާ މަރާލި ކަމަށް ތުހުމަތުކުރެވޭ، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު | ރާއްޖެއެމްވީ

ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަންގެ މަރުގެ މައްސަލާގައި، އޭނާ މަރާލި ކަމަށް ތުހުމަތުކުރެވޭ، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ މައްސަލައިގެ ޚުލާސާ ބަޔާން އިއްވުން ކުރިއަށް ގެންދަވާފައެވެ. އެގޮތުން ތިން ދައުވާއާ ގުޅިގެންވެސް ޚުލާސާ ބަޔާން އިއްވާފައިވާއިރު، އޭގެ ތެރެއިން އެއް ދައުވާގެ ޙުކުމުގެ ބައިވެސް ވަނީ ނިމިފައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ނިޒާމްގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއާއި ވައްކަމުގެ ކުށުގެ ދައުވާ އަދި ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާއެވެ. އޭގެ ތެރެއިން ޑައިމޯފިންގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އޭނާ ގެ މައްޗަށް 15 އަހަރު ދުވަހުގެ ޙުކުމެއް ވަނީ އިއްވާފައެވެ. އަދި ބާކީ ހުރި ދައުވާތަކުގެ ޙުކުމް ކުރެއްވުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނެއެވެ.

އެ ދައުވާތަކުގައިވެސް ދައުލަތުން ޚުލާސާ ބަޔާން އިއްވާފައިވާއިރު، ދައުލަތުން ވަނީ އޭނާ ލިޓަން މޫދަށް ކޮއްޕާލާފައިވާކަމަށް ތުހުމަތު ކުރެވޭކަމަށް ބުނެފައެވެ. އަދި މޫދަށް ވައްޓާލުމަށްފަހު، ދޯނީގައި ހުރި 51،000 ރުފިޔާ ވަގަށް ނަގާފައިވާކަމަށް އޭނާ ގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައިވެއެވެ.

އޭނާ ހައްޔަރުކުރި ވަގުތު އޭނާ ގެ އަތުގައި މަސްތުވާތަކެތި ހުރި ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ލިޓަންގެ ހަށިގަނޑު ފެނިފައިނުވި ނަމަވެސް ނިޒާމް ކުރި ކަމަކީ މީހަކު މަރުވެދާނެ ފަދަ ކަމެއް ކަމަށާއި، އެއީ އެނޫން ނަތީޖާއެއް ނުނިކުންނާނެ ކަމެއްކަން ދައުލަތުން ކޯޓުގައި ސާބިތުކޮށްދޭނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އޭނާ ދައްކާފައި ހުރި ވާހަކަތަކާއި، އެހެން ހެކިތަކުން އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ނިޒާމްގެ ފަރާތުން މީގެ ކުރިން ވަނީ މި މައްސަލައިގައި ފުލުހުންގެ މައްޗަށް ނުފޫޒުތަކެއް އޮތްކަމަށް އޭނާއަށް ޤަބޫލު ކުރެވޭކަމަށް ބުނެފައެވެ.  

މައްސަލައިގެ ފަސްފަހަތް:

 

ލިޓަން އާއި ނިޒާމް ތެޔޮ ބޯޓެއްގައި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ހަބަރެއް ނުވެގެން އެ މީހުން ހޯދަން ފެށީ 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދަނިކޮށް ހުޅުލެ ނެރު ކައިރިން ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ފެނިފައެވެ.

ނިޒާމް ވެސް ގެއްލިފައިވާކަމަށް ބުނެ ފުލުހުން އޭނާ އާއި ލިޓަން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ގެއްލުނުތާ ތިން ދުވަސް ފަހުން ނިޒާމް ވަނީ ފެނިފައެވެ. އޭނާ މާލެއިން ފެނިގެން ފުލުހުން ވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ 3ގައި ހައްޔަރުކޮށްފައެވެ.

އަދި ދޯނީގައި ހުރި ފައިސާ ވަގަށް ނެގިކަމަށްވެސް އޭނާ ގެ މައްޗަށް ތުހުމަތުކޮށް ދައުވާކޮށްފައިވެއެވެ.

މަރުގެ މައްސަލަޝަރުއީ ދާއިރާކޯޓުތަކުން ހުކުމްކުރުން

އިތުރަށް ކިޔާލަން

01 މާރިޗު 2026

މަސްދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލަ: ކުށް ސާބިތުވެއްޖެ، ވާރިސުން އެދެނީ ހަމައެކަނި މަރުގެ ދިޔަ!

01 މާރިޗު 2026
މަސްދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލަ: ކުށް ސާބިތުވެއްޖެ، ވާރިސުން އެދެނީ ހަމައެކަނި މަރުގެ ދިޔަ!
18 ޖެނުއަރީ 2026

ރައްޔިތުންގެ ތަކްލީފުތަކަށް ހޯދައިދިން ހައްލު، ބައެއް ސިޔާސީ ބޭފުޅުންނަށް ހަޖަމެއް ނުވި، ނަތީޖާ އަކީ ސިޔާސީ ހަރާމް ހުކުމް: ސައީދު

18 ޖެނުއަރީ 2026
ރައްޔިތުންގެ ތަކްލީފުތަކަށް ހޯދައިދިން ހައްލު، ބައެއް ސިޔާސީ ބޭފުޅުންނަށް ހަޖަމެއް ނުވި، ނަތީޖާ އަކީ ސިޔާސީ ހަރާމް ހުކުމް: ސައީދު
05 ޑިސެމްބަރު 2025

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025
ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟
01 ޑިސެމްބަރު 2025

މުސާރަ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރާ މުވައްޒަފުންނަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު ނުފޫޒު ފޯރުވައި ބިރު ދައްކަމުންދާ ކަމުގެ ތުހުމަތު

01 ޑިސެމްބަރު 2025
މުސާރަ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރާ މުވައްޒަފުންނަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު ނުފޫޒު ފޯރުވައި ބިރު ދައްކަމުންދާ ކަމުގެ ތުހުމަތު
24 ނޮވެމްބަރު 2025

ޝަރުއީ ދާއިރާގެ މުސާރަ: ކަންބޮޑުވުންތައް ބޮޑު، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް

24 ނޮވެމްބަރު 2025
ޝަރުއީ ދާއިރާގެ މުސާރަ: ކަންބޮޑުވުންތައް ބޮޑު، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު