Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫނު ބުރުގާ އެޅުން

ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން މޫނު ބުރުގާ އެޅުން ޑީޖޭއޭއިން ހުއްދަ ކޮށްފި

މަސައްކަތުގެ މާހައުލުގައި އެ މުވައްޒަފަކީ ކާކުކަން ކަށަވަރު ކުރަން ބޭނުންވެއްޖެނަމަ ހާލަތެއްގައި އަންހެން މުވައްޒަފަކަށް މޫނު ދައްކަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2025 | ހޯމަ 04:28
މޫނު ބުރުގާ އަޅައިގެން ތިބި ބައެއް

މޫނު ބުރުގާ އަޅައިގެން ތިބި ބައެއް | ޓްވިޓަރ

ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން މޫނު ބުރުގާ އެޅުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ހުއްދަ ކޮށްފިއެވެ.

އާދިއްތަ ދުވަހު ނެރުނު ސަރކިއުލަރއެއްގައި ޑީޖީއޭއިން ބުނީ، ޝަރުއީ ދާއިރާގެ މުވައްޒަފުން ގަވާއިދު 2011 ގެ 129 ވަނަ މާއްދާ އިސްލާހުކޮށް އަލުން އެކުލަވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި މާއްދާއަށް އިސްލާހު ގެނައުމުގެ ކުރިން ބުނެފައިވަނީ، ޝަރުއީ ދާއިރާގެ ކޮންމެ ޚިދުމަތަކީ ވެސް ޒިންމާދާރު ކަމާއެކު، ދޭންޖެހޭ އަދި ޖަވާބުދާރީވާންޖެހޭ ޚިދުމަތަކަށްވެފައި، ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާ މުއާމަލާތް ކުރާ ފަރާތްތަކަށް އެ މީހަކު ފަހަގަކޮށް އެނގެން ޖެހޭނެތީ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭފަދަ ގޮތެއްގައެވެ.

ނަމަވެސް އެ މާއްދާ އަށް މިހާރު ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ، ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން މޫނު ބުރުގާ (ލޯ ނުފޮރުވޭ ގޮތަށް) އެޅުން މި މާއްދާގެ (ހ) އިން ހުރަހެއް ނާޅާ ކަމަށެވެ. ނަމަވެސް މަސައްކަތުގެ މާހައުލުގައި އުޅޭ އުޅުމުގެ ތެރެއިން މިފަދައިން ހެދުން އަޅާ މުވައްޒަފަކީ ކާކުކަން ކަށަވަރު ކުރަން ބޭނުންވެއްޖެނަމަ އެފަދަ މުވައްޒަފެއްގެ މޫނު ކޯޓު ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަކަށް ދައްކަން ވާނެ ކަމަށެވެ.

ޑީޖޭއޭއިން ވަނީ، އިސްލާހާ އެއްގޮތަށް އާދިއްތަ ދުވަހުން ފެށިގެން ކޯޓުތަކާއި އިދާރާތަކުން އަމަލުކުރުމަށް އަންގާފައެވެ.

ރާއްޖޭގެ ބައެއް އޮފީސްތަކާއި، ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގައި މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރުމަށް ދަތިތައް ކުރިމަތިވެއެވެ. ނަމަވެސް މިއުސޫލު ބަދަލުކޮށް، ގަވާއިދުތައް ބައެއް އިދާރާތަކުން ދަނީ އާއްމު ކުރަމުންނެވެ.

ޝަރުއީ ދާއިރާޑީޖޭއޭމޫނު ބުރުގާސަރުކާރު އޮފީސްތައް

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2026

އަނިޔާވެރިކަން ނައްތާލުމުގެ މައްޗަށް ތަރުތީބު ކުރެވިފައިވާ ބާރަކަށް ޝަރުއީ ކޯޓުތައް ހެދޭނީ، މިނިވަން މާހައުލެއް އޮތް ފަނޑިޔާރުގެ އެއް އޮވެގެން: ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

08 ފެބުރުއަރީ 2026
އަނިޔާވެރިކަން ނައްތާލުމުގެ މައްޗަށް ތަރުތީބު ކުރެވިފައިވާ ބާރަކަށް ޝަރުއީ ކޯޓުތައް ހެދޭނީ، މިނިވަން މާހައުލެއް އޮތް ފަނޑިޔާރުގެ އެއް އޮވެގެން: ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
18 ޖެނުއަރީ 2026

ރައްޔިތުންގެ ތަކްލީފުތަކަށް ހޯދައިދިން ހައްލު، ބައެއް ސިޔާސީ ބޭފުޅުންނަށް ހަޖަމެއް ނުވި، ނަތީޖާ އަކީ ސިޔާސީ ހަރާމް ހުކުމް: ސައީދު

18 ޖެނުއަރީ 2026
ރައްޔިތުންގެ ތަކްލީފުތަކަށް ހޯދައިދިން ހައްލު، ބައެއް ސިޔާސީ ބޭފުޅުންނަށް ހަޖަމެއް ނުވި، ނަތީޖާ އަކީ ސިޔާސީ ހަރާމް ހުކުމް: ސައީދު
05 ޑިސެމްބަރު 2025

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025
ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟
01 ޑިސެމްބަރު 2025

މުސާރަ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރާ މުވައްޒަފުންނަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު ނުފޫޒު ފޯރުވައި ބިރު ދައްކަމުންދާ ކަމުގެ ތުހުމަތު

01 ޑިސެމްބަރު 2025
މުސާރަ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރާ މުވައްޒަފުންނަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު ނުފޫޒު ފޯރުވައި ބިރު ދައްކަމުންދާ ކަމުގެ ތުހުމަތު
24 ނޮވެމްބަރު 2025

ޝަރުއީ ދާއިރާގެ މުސާރަ: ކަންބޮޑުވުންތައް ބޮޑު، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް

24 ނޮވެމްބަރު 2025
ޝަރުއީ ދާއިރާގެ މުސާރަ: ކަންބޮޑުވުންތައް ބޮޑު، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު