Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު އިއްތިހާދު

ހާރިޖީ ސިޔާސަތު ވިއްކާލާފައިވާކަން އިތުރަށް ހާމަވެއްޖެ:އިދިކޮޅު ޕާޓީތައް

16 ސެޕްޓެމްބަރު 2017 | ހޮނިހިރު 14:33

ޗައިނާއިން ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 16 ސެޕްޓެމްބަރު 2017 | ހޮނިހިރު 14:33
އަބްދުﷲ ޝާހިދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

އަބްދުﷲ ޝާހިދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ ގަތުލުއާންމުތަކާއި އިންސާނިއްޔަތާ ހިލާފު އަމަލުތަކާ ދެކޮޅަށް އދ. ގެ ޖެނެރަލް އެސެމްބްލީގެ އެޖެންޑާގައި ހިމެނުމަށް ނެގި ވޯޓުގައި ރާއްޖެއިން ބައިވެރިނުވުމުން ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮތީ ބޭރުގެ ބަޔަކަށް ވިއްކާލާފައިކަން އިތުރަށް ހާމަވެއްޖެ ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފި އެވެ.

މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ އިން ގަތުލު އާންމާއި ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލު ނައްތާލުމާއި އިންސާނިއްޔަތާ ހިލާފަށް ހިންގާ ޖަރީމާތަކާ ގުޅޭ މައްސަލަ އދ.ގެ އެޖެންޑާގައި ހިމެނުމަށް ނެގި ވޯޓުގައި ބައިވެރިވުމަށް ރާއްޖެއިން ނުދިއުމުން އަނިޔާވެރިކަމާ ދެކޮޅަށް ބަސްބުނުމުގެ ހިތްވަރު ސަރުކާރުގައި ނެތްކަން ދައްކުވާދީފި ކަމަށެވެ.

Advertisement - newsAdvertisement
" ދޮލަނގަލަށް ލައިގެން ދިވެހި ރާއްޖޭގެ ހާރިޖީ ސިޔާސަތު ވިއްކުމަށް މަސައްކަތް ކުރައްވާ އޭގެ ނަތީޖާއެއް ގޮތުން މިއަދު ދިވެހި ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މައްޗަށް ބަސް ކިޔަމުންދާތަން މި ފެނުނީ ބޭރު ގައުމުތަކުން. އިއްޔެ ނެގުނު ވޯޓުގައި 113 ގައުމަކުން މި ވަނީ އެ އެޖެންޑާ އިތުރުކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފައި. 21 ގައުމަކުން ނޫނެކޭ ބުނެފައި. ސަތާރަ ގައުމަކުން ވަކި ފަރާތަކަށް ވޯޓު ނުދޭން ނިންމި. މިއިން އެއްވެސް ބައެއްގައި ނުހިމެނޭ ގޮތައް ދިވެހި ރާއްޖެއިން އެ ޖަލްސާއަށްވެސް ހާޒިރުވެފައިނުވޭ. އެއީ އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކުން ކުށްވެރިކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެ ވޯޓުގައި ބައިވެރިވުމަށް ރާއްޖެއިން ނުދިއުމުން މިޔަންމާގެ އިސްލާމީ ދަރިފަސްކޮޅެއް ނައްތާލުމަށް ހިންގާ ޖަރީމާތަކާއި އިންސާނިއްޔާ ހިލާފު އަމަލުތައް ހިންގަން ދިވެހި ސަރުކާރުން ބޭނުންވާކަން ދައްކަދީފި ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. ރާއްޖެއިން އެ ވޯޓުގައި ބައިވެރިވުމަށް ގޮސްފައިނުވާއިރު އެ ގަރާރާ ދެކޮޅަށް އދ.ގައި ވޯޓުލާފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގައި ތަރައްގީގެ މަޝްރޫތައް ހިންގުމުގެ ނަމުގައި އިސްތިއުމާރީ ބާރު ފޯރުވުމަށް މަސައްކަތްކުރާ ގައުމުވެސް ހިމެނޭ ކަމަށާއި ރާއްޖެއިން އަމަލު ކޮށްފައިވަނީ ޗައިނާއިން އެންގި ގޮތައް ކަމަށް މާނަ ކުރެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އދ.ގައި ނެގި އެ ވޯޓާއި މިޔަންމާގައި ހިންގަމުންދާ ކަންކަމާ ގުޅުމެއް ނެތް ކަމަށް ސަރުކާރުން ބުނެފައިވާތީ އެ ވާހަކައަށް ޝާހިދު ވަނީ ރައްދު ދެއްވާފަ އެވެ.

" މި މައުޞޫލުގެ ދަށުން އެއީ ރޮހިންޖާގެ މުސްލިމުންގެ ވާހަކަ ކަމަށްވިއަސް އަނިޔާ ލިބެމުންދާ އެހެން ދަރިފަސްކޮޅުގެ ވާހަކަ ކަމަށްވިއަސް މި އެޖެންޑާގެ ދަށުން އދ. މަޖިލީހުގައި އެ ވާހަކަ ދެއްކޭނީ. އެހެންވީމަ ދެއްކެން އޮތް މަގު ރާއްޖެއިން މި ބަންދުކޮށްލީ،" ޝާހިދު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ދަރިކަލުން ޔުމްނާ މައުމޫނު ވިދާޅުވީ ރާއްޖެއިން އދ.ގެ ވޯޓުގައި ބައިވެރިނުވީ އެހެން ގައުމެއްގެ ނުފޫޒާހެދިތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ މިނިވަންކަމާއިމެދުވެސް ސުވާލު އުފެދޭތީ އެކަން ކުށްވެރިކުރާ ކަމަށް ޔުމްނާ ފާހަގަ ކުރެއްވި އެވެ.

އަދާލަތު ޕާޓީ މެމްބަރު ޝިދާތާ ޝަރީފު ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް އަދި މިޔަންމާގެ ރައްޔިތުންނާމެދު ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ދިވެހިން ތެދުވެ މަސައްކަތް ކުރަމުންދަނިކޮށް ދިވެހި ސަރުކާރުން އަމަލު ކުރިގޮތުމާދު ރައްޔިތުން ލަދުވެތިވާ ކަމަށެވެ. އަދި ރާއްޖޭގެ ނަން ބައިނަލްއަގުވާމީ ދުނިޔޭގައި ކިލަނބުކުރަމުންދާ ދިއުން ކުށްވެރިކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީން ވެސް ވަނީ ރާއްޖެއިން އދ.ގެ އާންމު މަޖިލީހުގައި ނެގި އެ ވޯޓުގައި ބައިވެރިވެފައިނުވާތީ ކަންބޮޑުވާން ޖެހޭ ކަމަށާއި މިޔަންމާގައި ހިންގާ ކަންކަން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އޮތް މަގަކީ ވެސް އެއީ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 މެއި 2017

ރައީސް ޔާމީން 2018 އަށް ހޮވިއްޖެ، ދެން އިތުރަށް މަސައްކަތް ކުރާކަށް ނުޖެހޭ: އަލީ މައުރޫފް

15 މެއި 2017
ރައީސް ޔާމީން 2018 އަށް ހޮވިއްޖެ، ދެން އިތުރަށް މަސައްކަތް ކުރާކަށް ނުޖެހޭ: އަލީ މައުރޫފް
22 އެޕްރީލު 2017

ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!

22 އެޕްރީލު 2017
ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
26 ފެބުރުއަރީ 2017

ބަޖެޓުން ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ވަރަށް ސާފުވޭ: އަމްރު

26 ފެބުރުއަރީ 2017
ބަޖެޓުން ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ވަރަށް ސާފުވޭ: އަމްރު
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
15 ފެބުރުއަރީ 2017

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

15 ފެބުރުއަރީ 2017
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް