Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީރުންގެ މަޖިލިސް

ވަޒީރުންގެ މާލީ ބަޔާން ދައުރު ފަށާއިރު ހުށަހަޅަންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ބަލައިގަނެފި

7 އޮކްޓޯބަރު 2025 | އަންގާރަ 10:37

ވަޒީރުންގެ މާލީ ބަޔާން ދައުރު ފަށާއިރު ހުށަހަޅަންޖެހޭ ގޮތަށް ގާނޫނޫއަސާސީއަށް އިސްލާހެއް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 އޮކްޓޯބަރު 2025 | އަންގާރަ 10:37
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން

ވަޒީރުންގެ މާލީ ބަޔާން ދައުރު ފަށާއިރު ހުށަހަޅަންޖެހޭ ގޮތަށް ގާނޫނޫއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފިއެވެ.

މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. މެންބަރު ހުށަހެޅުއްވި ބިލުގައި ހުށަހަޅާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުން މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން ލާޒިމުކޮށްފައިވީއިރު، އެ މާއްދާގެ ދަށުން، ވަޒީރުންގެ މަޖިލިހުގެ ކޮންމެ މެންބަރަކުގެ، ކޮންމެ އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރަންޖެހޭ ބަޔާނެއް އޮޑިޓަރ ޖެނެރަލް އަށް ހުށަހެޅުން ލާޒިމު ނަމަވެސް، ވަޒީރުންގެ މުދަލާއި ފައިސާގެ ބަޔާން ހުށަހަޅަންޖެހޭ ވަކި މުއްދަތަެއް ނުވަތަ ވަކި ތާރީހެއް ކަނޑައަޅާފައި ނުވާތީއާއި، އަދި، ވަޒީރުކަމުގެ ދައުރު ފަށާއިރު އެމީހުންގެ މިލްކިއްޔާތުގައި ހުރީ ކޮން އެއްޗެއްކަން އަދި އެމީހުންގެ މަސަލަހަތު އޮންނަ ވިޔަފާރިތަކަކީ ކޮބައިކަން ހާމަކުރުން ލާޒިމުކުރުމެވެ.

Advertisement - newsAdvertisement

138 ވަނަ މާއްދާއަށް މެންބަރު ކުޑޫ އިސްލާހު ހުށަހެޅުއްވި ގޮތް

  • (ހ) ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މަުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މުދަލާއި ފައިސާގެ ބަޔާނެއް ރައްޔިތުންގެ މަޖިލިހަށާއި އޮޑިޓަރ ޖެނެރަލްއަށް ހުށަހަޅަންވާނެއެވެ.
  • (ށ) މި މާއްދާގެ (ހ) ގައި ބޭނުމަށްޓަކައި އަހަރު ކަމަށް މާނަކޮށްފައިއެވަނީ، އެމީހަކު ވަޒީރުންގެ މަޖިލީހުގެ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން އެއް އަހަރުދުވަސް ހަމަވާ ތާރީހަށެވެ.
  • (ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމުގެ ބޭނުމަށް، އެއް އަހަރު ދުވަހުގެ މުއްދަތު ގުނާ ނިމޭ ތާރީހުން ފެށިގެން ނުވަދިހަ (909 ދުވަހުގެ ތެރޭގައި އެ އަކުރުގައި ބަޔާންކުރާ މުދަލާއި ފައިސާގެ ބަޔާން، ވަޒީރުންގެ މަޖިލީހުގެ މެންބަރު ރައްޔިތުންގެ މަޖިލީހަށާއި އޮޑީޓަރ ޖެނެރަލްއަށް ހުށަހަޅަންވާނެއެވެ.
  • (ރ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ މުދަލާ ފައިސާގެ ބަޔާނަކީ، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސްޑް އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ބަޔާނަކަށް ވާންވާނެއެވެ.
  • (ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މުދަލާއި ފައިސާގެ ބަޔާން ހުށަނާޅައިފިނަމަ، މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ ވަޒީރެއް މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑެމުންދާނެއެވެ.
  • (ޅ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމުގެ އިތުރަށް، ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމަށް އައްޔަން ކުރެވޭ ކޮންމެ މީހަކު، އޭނާގެ މަގާމާ ހަވާލުވި އިރު، އޭނާ އަށް ލިބިފައިވާ އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މުދަލާއި ފައިސާގެ ބަޔާން، އެ މަގާމާ އޭނާ ހަވާލުވާ ތާރީހުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓަރ ޖެނެރަލް އަށް ހުށަހަޅަންވާނެއެވެ.
  • (ކ) މި މާއްދާގެ (ހ) އަދި (ޅ) ގެ ދަށުން ހުށަހަޅާ ވަޒީރުންގެ މަޖިލީހުގެ މެންބަރުގެ މުދަލާއި ފައިސާ ބަޔާން އޮޑީޓަރ ޖެނެރަލް އާންމުކޮށް ޝާއިޢުކުރަންވާނެއެވެ.

މީގެ އިތުރުން މެންބަރު ކުޑޫ ވަނީ މަޖިލީހުގެ މެންބަރުންނާއި، މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކުގެ މީހުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާންވެސް ކުރިން ހުށަހެޅޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހަޅުއްވަން ނިންމަވާފައެވެ.

މި އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި 59 މެންބަރުން ވަނީ އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވާފައެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއެވެ. މި ބިލަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް މެންބަރަކު ބަހުސްކޮށްފައި ނުވެއެވެ. މި ބިލު މިހާރު ވަނީ އިތުރަށް ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ.

މީގެ ކުރިން އެމްޑީޕީ ސަރުކާރުގައި ވަޒީރުންނާއި ސިޔާސީ އިސް މީހުންގެ މާލީ ބަޔާން ހާމަކޮށް ރައީސް އޮފީސް ވެބްސައިޓުގައި ޝާއިޢު ކުރަމުން ދިޔައެވެ. ނަމަވެސް ވެރިކަން ބަދަލުވި ފަހުން މިހާތަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓު ވަޒީރުންނާއި ރައީސް އޮފީހުގެ ސިޔާސީ އިސް މީހުންގެ މާލީ ބަޔާން ހާމަކޮށްފައިނުވެއެވެ.

ވަޒީރުންގެ މަޖިލިސްމުޙައްމަދު އިބްރާހީމް (ކުޑޫ)ގަލޮޅު އުތުރު ދާއިރާމާލީ ބަޔާންއޮޑިޓަރ ޖެނެރަލްޤާނޫނުއަސާސީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

05 ޑިސެމްބަރު 2025
ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް
01 ޑިސެމްބަރު 2025

އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

01 ޑިސެމްބަރު 2025
އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި
26 ނޮވެމްބަރު 2025

މަޖިލީހުގެ 30 އިންސައްތަ ގޮނޑި ޒުވާނުންނަށް ހާއްސަކުރުމަށް ބިލެއް ހުށަހަޅައިފި

26 ނޮވެމްބަރު 2025
މަޖިލީހުގެ 30 އިންސައްތަ ގޮނޑި ޒުވާނުންނަށް ހާއްސަކުރުމަށް ބިލެއް ހުށަހަޅައިފި
25 ނޮވެމްބަރު 2025

ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!

25 ނޮވެމްބަރު 2025
ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!
25 ނޮވެމްބަރު 2025

އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

25 ނޮވެމްބަރު 2025
އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި
25 ނޮވެމްބަރު 2025

ޕާޓީ ބަދަލު ކުރުމުން ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ބާއްވަން ފާސްކޮށްފި

25 ނޮވެމްބަރު 2025
ޕާޓީ ބަދަލު ކުރުމުން ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ބާއްވަން ފާސްކޮށްފި
24 ނޮވެމްބަރު 2025

ޕާޓީ ބަދަލު ކުރުމުން ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ބާއްވަން ކޮމިޓީން ފާސްކޮށްފި

24 ނޮވެމްބަރު 2025
ޕާޓީ ބަދަލު ކުރުމުން ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ބާއްވަން ކޮމިޓީން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
22 ނޮވެމްބަރު 2025

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ
21 ނޮވެމްބަރު 2025

2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް

21 ނޮވެމްބަރު 2025
2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް