Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލީ ބަޔާން

މެންބަރުންނާއި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންގެ މާލީ ބަޔާން ހާމަކުރަން ލާޒިމުކުރާ އިސްލާހެއް

23 ސެޕްޓެމްބަރު 2025 | އަންގާރަ 13:12

އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް

މަޚްތޫމް
މަޚްތޫމް | 23 ސެޕްޓެމްބަރު 2025 | އަންގާރަ 13:12
ރައީސް މުއިއްޒުގެ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން

ރައީސް މުއިއްޒުގެ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން | ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން މަގާމާ ހަވާލުވާއިރު، އެ ބޭފުޅުންގެ މިލްކިއްޔާތުގައި ހުންނަ މުދަލާއި ފައިސާއާ ގުޅޭ ތަފުސީލު ހާމަކުރުން ލާޒިމުކުރުމަށް، ހުށަހަޅައިފި އެވެ.

މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. މެންބަރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ދައުލަތުގެ މަގާމުތައް ފުރަމުންދާ މީހުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކުގައި މަސައްކަތްކުރާ މީހުންގެ ނަމުގައި ހުންނަ މުދަލާއި ވިޔަފާރިއާއި މާލީ މަސްލަހަތުތަކުގެ ބަޔާން ހާމަކުރުމަށް މިހާރު އޮތް އުސޫލުތައް އިތުރަށް ހަރުދަނާކޮށް، ހާމަކަމާއި ޖަވާބުދާރީވުން ކުރިއެރުވުމަށްޓަކައި، ބަދަލުތަކެއް ގެންނަންޖެހިއްޖެކަމަށް ފެންނަ ކަމަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން ލާޒިމުކޮށްފައިވަނީ ޤާނޫނުއަސާސީގެ 76 ވަނަ މާއްދާގައެވެ. މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހެޅުމާގުޅޭ އުސޫލުތައް ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 74، 75، 76، އަދި 77 ވަނަ މާއްދާގައެވެ

މިގޮތުން، ކޮންމެ އަހަރަކު ވެސް މާލީ ބަޔާން އަމީން ޢާންމަށް ހުށަހެޅުން މެންބަރުންނަށް ލާޒިމެވެ. އެންމެ ފުރަތަމަ ބަޔާން ހުށަހަޅަންޖެހެނީ، މެންބަރުން އިންތިޚާބުވެ، ހުވައިކުރުމަށްފަހު 1 އަހަރު ފާއިތުވުމުންނެވެ. މިއީ، މުޅިއަކުން ރަނގަޅު ގޮތެއްކަމަށް ނުފެނެއެވެ. އެއީ، މެންބަރުން ދައުރު ފަށާއިރު އެމީހުންގެ އަތުގައި ހުރީ ކޮން އެއްޗެއްކަން އަދި އެމީހުންގެ މަސްލަހަތު އޮންނަ ވިޔަފާރިތަކަކީ ކޮބައިކަން ރައްޔިތުންނަށް ހާމަ ކުރަންވާނެއެވެ.

ހުށަހަޅާ އިސްލާހުތައް

  • ކޮންމެ މެންބަރަކުވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ދައުރު ފަށާއިރު، އެ މީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި، ފައިސާއާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކުރުމުގެ ގޮތުން، މަޤާމުގެ ހުވާކުރި ދުވަހުގެ ހާލަތު އަންގައިދޭ ބަޔާނެއް، އެ މެންބަރަކު ހުވާކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އަމީން ޢާންމަށް ހުށަހަޅަންވާނެއެވެ.
  • މުދަލާއި ފައިސާގެ ބަޔާނަކީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސްޑް އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ބަޔާނަކަށް ވާންވާނެއެވެ.

ވަޒީރުން

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން ލާޒިމުކޮށްފައިވަނީ ޤާނޫނުއަސާސީގެ 138 ވަނަ މާއްދާގައެވެ. މިގޮތުން، ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު   އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހެޅުން ލާޒިމެވެ. ވަޒީރުން މުދަލާއި ފައިސާގެ ބަޔާން ހުށަހަޅަންޖެހޭ ވަކި މުއްދަތެއް ނުވަތަ ވަކި ތާރީޙެއް ކަނޑައަޅައިފައިނުވެއެވެ. އަދި ވަޒީރުކަމުގެ ދައުރު ފެށުމާއެކު ވަކި މުއްދަތެއްގެ ތެރޭގައި ބަޔާން ހާމަކުރުން ލާޒިމެއް ނޫނެވެ.

މިއީ، މުޅިއެކުން ރަނގަޅު ގޮތެއްކަމަކަށް ނުފެނެއެވެ. އެއީ، ވަޒީރުން މަޤާމުގެ ދައުރު ފަށާއިރު އެމިހުންގެ މިލްކިއްޔާތުގައި ހުރީ ކޮން އެއްޗެއްކަން އަދި އެމީހުންގެ މަސްލަހަތު އޮންނަ ވިޔަފާރިތަކަކީ ކޮބައިކަން ހާމަކުރަންވާނެއެވެ.

އިސްލާހުތައް

  • ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މުދަލާއި ފައިސާގެ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅާންވާނެއެވެ.
  • އަހަރު ކަމަށް މާނަކޮށްފައިއެވަނީ، އެ މީހަކު ވަޒީރުންގެ މަޖިލީހުގެ މަޤާމާ ޙަވާލުވާ ތާރީޚުން ފެށިގެން އެއް އަހަރުދުވަސް ހަމަވާ ތާރީޚަށެވެ.
  • މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމުގެ ބޭނުމަށް، އެއް އަހަރު ދުވަހުގެ މުއްދަތު ގުނާ ނިމޭ ތާރީޚުން ފެށިގެން ނުވަދިހަ ދުވަހުގެ ތެރޭގައި އެ އަކުރުގައި ބަޔާންކުރާ މުދަލާއި ފައިސާގެ ބަޔާން، ވަޒީރުންގެ މަޖިލީހުގެ މެންބަރު ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.
  • މުދަލާއި ފައިސާގެ ބަޔާނަކީ، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސްޑް އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ބަޔާނަކަށް ވާންވާނެއެވެ.
  • ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މުދަލާއި ފައިސާގެ ބަޔާން ހުށަނާޅައިފިނަމަ، މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ ވަޒީރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ ޢަދަދު ކެނޑެމުންދާނެއެވެ.
  • މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމުގެ އިތުރަށް، ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމަށް އައްޔަންކުރެވޭ ކޮންމެ މީހަކު، އޭނާގެ މަޤާމާ ޙަވާލުވިއިރު، އޭނާއަށް ލިބިފައިވާ އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މުދަލާއި ފައިސާގެ ބަޔާން، އެ މަޤާމާ އޭނާ ޙަވާލުވާ ތާރީޚުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކުގެ މީހުން

މިއީ، ޤާނޫނުއަސާސީން އުފައްދާފައިވާ މުސްތަޤިއްލު ކޮމިޝަންތަކުގެ މެންބަރުންނާއި، މުސްތަޤިއްލު މަޤާމުތަކަށް ޢައްޔަންކޮށްފައި ތިބޭ މީހުންނާއި، ސަރުކާރުގެ ވުޒާރާއެއްގެ ބައެއްގެ ގޮތުގައި ނުހިމެނޭގޮތަށް ޤާނޫނަކުން އުފައްދާފައިވާ އިދާރާ ތަކާއި، އޮފީސްތަކާއި އެޖެންސީތަކުގެ އިސް މަޤާމުތައް އަދާކުރާ މީހުންނާއި، ޤާނޫނަކުން އުފައްދާފައިވާ އެކިއެކި މަޤާމުތައް ފުރާ މީހުންގެ މުދަލާއި ފައިސާގެ ބަޔާން ހާމަކުރުމުގެ ހަރުދަނާ އުސޫލެއް އެކަށައަޅާފައިނުވާތީ، އެ ފަރާތްތަކާއި އަދި އެނޫންވެސް އެފަދަ މަޤާމުތައް ފުރަމުންދާ އެންމެހައި މީހުންގެ މުދަލާއި ފައިސާގެ ބަޔާން ގަވާއިދުން ހުށަހެޅުމަށާއި ހާމަކުރުމަށް ބާރުއަޅައި ލާޒިމުކުރުމުގެ ގޮތުން ހަރުދަނާ އުސޫލެއް އެކަށައެޅުމަށްޓަކައި، މި މުއައްސަސާތަކާއި އިދާރާތަކާއި މަޤާމުތަކަކީ، ޤާނޫނުއަސާސީން ނުވަތަ ޤާނޫނުތަކުން އުފައްދާފައިވާ ތަންތަނާއި މަޤާމުތައް ކަމަށްވީއިރު، އެކަމާގުޅޭ އުސޫލުތަށް ހުރީ ޤާނޫނުއަސާސީއާއި ތަފާތު އެކިއެކި ޤާނޫނުތަކުގައި ކަމަށްވާތީ، ޤާނޫނުއަސާސީގެ އެކިއެކި މާއްދާތަކަށް ނުވަތަ ތަފާތު ގިނަ ޤާނޫނުތަކަކަށް އިޞްލާޙު ގެނައުމުގެ ބަދަލުގައި، އެއް ޤާނޫނެއްގައި މިކަން ބަޔާންކުރުމުގެ ގޮތުން ހުށަހަޅާ އިޞްލާޙެކެވެ.

އެ ފަރާތްތަކަކީ

  1. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުން
  2. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން
  3. ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން
  4. ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުން
  5. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުން
  6. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުން
  7. ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން
  8. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުން
  9. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުން
  10. ޕްރޮސިކިއުޓަރ ޖެނެރަލް
  11. ޓްރާންސްޕޯޓް އޮތޯރިޓީގެ ވެރިޔާ
  12. ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ވެރިޔާ
  13. ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ވެރިޔާ
  14. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ވެރިޔާ
  15. މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީގެ ވެރިޔާ
  16. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ވެރިޔާ
  17. ނޭޝަނަލް ޑްރަގު އެޖެންސީގެ ވެރިޔާ
  18. އިންޓަރލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ވެރިޔާ
  19. ކޮންސިއުމަރ އޮމްބަޑްސްމަން
  20. ޗިލްޑްރަންސް އޮމްބަޑްޕާސަން
  21. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްސޭޝަން
  22. ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް
  23. ކޮމިޝަނަރ އޮފް ޕޮލިސް
  24. ކޮމިޝަނަރ އޮފް ޕްރިޒަންސް
  25. ކޮންޓްރޯލަރ އޮފް އިމިގްރޭޝަން
  26. އިންފޮމޭޝަން ކޮމިޝަނަރ

މިފަރާތްތަކުގެ މުދަލާއި ފައިސާގެ ބަޔާން އެ ފަރާތެއް މަޤާމާ ޙަވާލުވި ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ތެރޭގައި ހުށަހެޅުމަށް އެންގުމާއި އެ ބަޔާން ބަލައިގަތުމުގެ އިތުރުން، އެ ބަޔާންތައް ޢާންމުކޮށް ޝާއިޢުކުރުރުމުގެ ބާރު އޮޑިޓަރ ޖެނެރަލަށް ލިބިގެންވެއެވެ. އަދި 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތު ގުނުމުގައި ބަލާނީ، އެ ފަރާތެއް މަޤާމާ ޙަވާލުވި ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ހަމަވާ ތާރީޚަށެވެ.

މީގެ އިތުރުން އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސްޑް އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ފާއިތުވި އަހަރުގެ ބަޔާނެއް، މި އަކުރުގައި ބަޔާންކުރާ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތު ގުނާ ނިމޭ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އެންގޭނެއެވެ.

މި މާއްދާގައި ބަޔާންކޮށްފައިވާ މަޤާމުތައް އަދާކުރާ މީހުން އެ މަޤާމުތަކުގެ މަސްއޫލިއްޔަތާ ހަވާލުވާއިރު، އެ މީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި، ފައިސާއާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި، އަރަންޏާއި ދަރަނި ހާމަކުރުމުގެ ގޮތުން، މަޤާމުގެ ހުވާކުރި ދުވަހުގެ ޙާލަތު އަންގައިދޭ ބަޔާނެއް، އެ މީހަކު އެ މަޤާމާ ހަވާލުވާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އެންގުން؛ އަދި މި މާއްދާގެ (1) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގެ ދަށުން އަންގާ އެންގުމާ ހިލާފުވާ ފަރާތްތައް، 5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

ސަރުކާރު ކުންފުނިތަކުގެ ވެރިން

ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަން ހިންގުމުގެ އެންމެ އިސް މަޤާމުތަކުގައި ތިބޭ މީހުންގެ ތެރެއިން ޗެއަރމަން، ޗީފް އޮޕަރޭޓިންގ އޮފިސަރ، މެނޭޖިންގ ޑިރެކްޓަރ، އަދި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ މަޤާމާ ހަވާލުވާ ފަރާތްތަކުން މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމަށް އެންގުމާއި އެ ބަޔާން ބަލައިގަނެވޭނެއެވެ.

އެގޮތުން ވަކި ކަންކަން ކުރުމަށް އެންގުމުގެ ބާރު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ލިބިގެންވެއެވެ.

އޭގެ ތެރޭގައި މި މަޤާމުތައް އަދާކުރާ ފަރާތްތަކުން، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސްޑް އޮޑިޓަރަކު ވެރިފައިކޮށްފައިވާ، މުދަލާއި ފައިސާގެ ބަޔާނެއް ކޮންމެ އަހަރަކު އެއްފަހަރު ހުށަހެޅުމަށް އެންގޭނެއެވެ. އަދި އެގޮތުން އަހަރު ގުނުމުގައި ބަލާނީ، އެ ފަރާތެއް މަޤާމާ ޙަވާލުވި ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ހަމަވާ ތާރީޚަށެވެ.

މި އަކުރުގެ (1) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ މުދަލާއި ފައިސާގެ ބަޔާން، އެ ނަންބަރުގައި ބަޔާންކުރާ އެއް އަހަރު ދުވަހުގެ މުއްދަތު ގުނާ ނިމޭ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އެންގޭނެއެވެ.

މި އަކުރުގައި ބަޔާންކޮށްފައިވާ މަޤާމުތައް އަދާކުރާ ފަރާތްތަކުން، އެ މަޤާމުތަކުގެ މަސްއޫލިއްޔަތާ ހަވާލުވާއިރު، އެ ފަރާތެއްގެ މިލްކިއްޔާތުގައިވާ މުދަލާއި، ފައިސާއާއި، ވިޔަފާރީގެ މަސްލަޙަތުތަކާއި، އަރަންޏާއި ދަރަނި ހާމަކުރުމުގެ ގޮތުން، މަޤާމާ ހަވާލުވާ ދުވަހުގެ ޙާލަތު އަންގައިދޭ ބަޔާނެއް، އެ ފަރާތެއް އެ މަޤާމާ ހަވާލުވާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އެންގޭނެއެވެ.

މި އެންގުމާ ޚިލާފުވާ ފަރާތްތައް، 5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ވަނީ ހުށަހަޅުއްވާފައެވެ.

މަޖިލީސްމުޙައްމަދު އިބްރާހީމް (ކުޑޫ)ގަލޮޅު އުތުރު ދާއިރާމުދަލާއި ފައިސާގެ ބަޔާންސަރުކާރު ކުންފުނިތައްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

3

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

4

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

5

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2026

އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ މާލެ ސިޓީ ހޯލުގައި ޓެންޓު ޖަހައިގެން، ސަރުކާރުން ހުރަސް އެޅިޔަސް ކޮންގްރެސް ކުރިއަށްދާނެ

22 ސެޕްޓެމްބަރު 2026
އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ މާލެ ސިޓީ ހޯލުގައި ޓެންޓު ޖަހައިގެން، ސަރުކާރުން ހުރަސް އެޅިޔަސް ކޮންގްރެސް ކުރިއަށްދާނެ
16 ސެޕްޓެމްބަރު 2026

ފަރެސްމާތޮޑާގައި ހާލުގައި އުޅުނު ދުވަސްވީ މީހާގެ މައްސަލައިގައި ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމާމެދު ސުވާލު އުފައްދައިފި

16 ސެޕްޓެމްބަރު 2026
ފަރެސްމާތޮޑާގައި ހާލުގައި އުޅުނު ދުވަސްވީ މީހާގެ މައްސަލައިގައި ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމާމެދު ސުވާލު އުފައްދައިފި
12 ސެޕްޓެމްބަރު 2026

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓުގެ މައްސަލަ ބަލާ ފިޔަވަޅު އަޅައިދިނުމަށް މެންބަރު ކުޑޫގެ ސިޓީއެއް އަބްދުއްރަހީމްއަށް

12 ސެޕްޓެމްބަރު 2026
ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓުގެ މައްސަލަ ބަލާ ފިޔަވަޅު އަޅައިދިނުމަށް މެންބަރު ކުޑޫގެ ސިޓީއެއް އަބްދުއްރަހީމްއަށް
10 ސެޕްޓެމްބަރު 2026

އެމްޑީޕީގެ ކޮންގްރެސް އޮކްޓޯބަރު 1 އިން 3 އަށް ބާއްވަން ނިންމައިފި

10 ސެޕްޓެމްބަރު 2026
އެމްޑީޕީގެ ކޮންގްރެސް އޮކްޓޯބަރު 1 އިން 3 އަށް ބާއްވަން ނިންމައިފި
06 ސެޕްޓެމްބަރު 2026

ފުލުހުން އެދުނީ މައިމޫން އިތުރު 15 ދުވަހަށް ބަންދު ކުރަން، ނަމަވެސް ކޯޓުން ނިންމީ ދޫކޮށްލަން

06 ސެޕްޓެމްބަރު 2026
ފުލުހުން އެދުނީ މައިމޫން އިތުރު 15 ދުވަހަށް ބަންދު ކުރަން، ނަމަވެސް ކޯޓުން ނިންމީ ދޫކޮށްލަން
02 ސެޕްޓެމްބަރު 2026

ހިރިމަރަދޫ ކައުންސިލް އުވާލި މައްސަލައިގައި އެމްޑީޕީ އިން އެޗްއާރުސީއެމް އަށް ހުށަހެޅި މައްސަލަ އެ ކޮމިޝަނުން ބަލަން ފަށައިފި

02 ސެޕްޓެމްބަރު 2026
ހިރިމަރަދޫ ކައުންސިލް އުވާލި މައްސަލައިގައި އެމްޑީޕީ އިން އެޗްއާރުސީއެމް އަށް ހުށަހެޅި މައްސަލަ އެ ކޮމިޝަނުން ބަލަން ފަށައިފި
01 ސެޕްޓެމްބަރު 2026

ބާރު ދުވެލީގައި އިގުތިސާދު ކުރިއަރަމުންދިޔަ ޤައުމެއް، ރައީސް މުއިއްޒުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން 20 އަހަރު ފަހަތައް ޖައްސާލައިފި: ފައްޔާޒު

01 ސެޕްޓެމްބަރު 2026
ބާރު ދުވެލީގައި އިގުތިސާދު ކުރިއަރަމުންދިޔަ ޤައުމެއް، ރައީސް މުއިއްޒުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން 20 އަހަރު ފަހަތައް ޖައްސާލައިފި: ފައްޔާޒު
01 ސެޕްޓެމްބަރު 2026

މައިމޫން ހައްޔަރުކުރީ ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކޮށް، އޭނާ މިނިވަން ކުރުމަށް ރައީސް ސޯލިހު އާއި ރައީސް ނަޝީދު ގޮވާލައްވައިފި

01 ސެޕްޓެމްބަރު 2026
މައިމޫން ހައްޔަރުކުރީ ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކޮށް، އޭނާ މިނިވަން ކުރުމަށް ރައީސް ސޯލިހު އާއި ރައީސް ނަޝީދު ގޮވާލައްވައިފި
01 ސެޕްޓެމްބަރު 2026

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަޤާމަށް ޝިއްޕެ އައްޔަނުކޮށްފި

01 ސެޕްޓެމްބަރު 2026
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަޤާމަށް ޝިއްޕެ އައްޔަނުކޮށްފި
01 ސެޕްޓެމްބަރު 2026

އެމްޑީޕީ އިން ކުރި މުޒާހަރާ ނިމުނު ފަހުން، ޔޫތު ވިންގުގެ ނައިބު ރައީސް މައިމޫން ހައްޔަރުކޮށްފި

01 ސެޕްޓެމްބަރު 2026
އެމްޑީޕީ އިން ކުރި މުޒާހަރާ ނިމުނު ފަހުން، ޔޫތު ވިންގުގެ ނައިބު ރައީސް މައިމޫން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް