Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

ލޯން އަދި ސްކޮލަރޝިޕްގެ މައްސަލަ: ވުޒާރާ އާއި މެދު ދަރިވަރުންގެ ޝަކުވާތައް ހިމެނޭ 19 ސޮފްހާ ރިޕޯޓެއް ވަޒީރަށް!

ކުޑޫ އެދިފައި ވަނީ ވީހާ ވެސް އަވަހަށް މި މައްސަލަތައް ހައްލުކޮށްދިނުމަށެވެ. ދަރިވަރުން ފާހަގަކޮށްފައިވާ ގޮތުން މިނިސްޓްރީގެ އިހުމާލުގެ ސަބަބުން ކުލި ދެއްކުމަށާއި އަސާސީ ބޭނުންތަކަށް ބޭނުންވާ ފައިސާ ނެތި ދަރިވަރުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 14:46
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)

ހަޔަރ އެޑިއުކޭޝަންއިން ލޯން އަދި ސްކޮލަރޝިޕް ގައި ވާ އިހުމާލުތައް ބަޔާންކޮށް، ހައިދަރު އަށާއި މަޖިލީހަށް ރިޕޯޓެއް ހުށަހަޅައިފި އެވެ.  

 މި ރިޕޯޓްގައި ދަރިވަރުންގެ ޝަކުވާތައް އެކުލެވޭ 19 ސޮފްހާ ހިމެނެ އެވެ.

Advertisement - newsAdvertisement

މި ރިޕޯޓް ހިމަނާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު, މުޙައްމަދު އިބްރާހިމް (ކުޑޫ)،  މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު އަށް އޭނާ ފޮނުއްވާފައިވި ސިޓީ އެއްގަ އެވެ. އެ ސިޓީގައި ދެ ލިޔުމެއް ހިއްސާކޮށްފައި ވެ އެވެ، އޭގެ ތެރޭގައި ހިމެނެނީ ފައިސާގެ މުއާމަލާތާއި އިދާރީ ލަސްވުން އަދި ދަރިވަރުންގެ ތަޖުރިބާ އާއި ނިޒާމީ އިހުމާލުތައް ހިމެނޭ ލިޔުމެކެވެ.

އޭނާ ވިދާޅުވީ މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހަށާއި އަދި ތިޔަ މިނިސްޓްރީގެ އިތުރުން އާންމުންނަށް  އެ ވުޒާރާގެ ކަންކަން ހާމަ ކުރުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށެވެ. އަދި މި ރިޕޯޓް ބިނާވެފައިވަނީ ދަރިވަރުން ހުށަހަޅާފައިވާ ޝަކުވާތަކުގެ މައްޗަށް އެކުލެވޭ ދެ ލިޔުމެއްގެ މައްޗަށެވެ.

ފައިސާގެ އެކި މުއާމަލާތްތައް ލަސްވަމުންދާ ގޮތް ތަފްސީލުކޮށްދޭ ރެކޯޑްތައް އެ ރިޕޯޓްގައި ހިމަނާފައި ވެ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދަރިވަރުންނަށް ދޭންޖެހޭ ސްޓައިޕެންޑް ނުލިބި 2 މަހާއި 4 މަހާ ދެމެދުގެ މުއްދަތެއް ވެފައިވާކަން ފާހަގަކޮށްފައި ވެ އެވެ.

ހަމައެހެންމެ ރީއެމްބާރސްމަންޓް ނުވަތަ  ޓިކެޓް ފައިސާ އާއި އެހެނިހެން ޚަރަދުތަކު ގެ ބަދަލު ހޯދަން ހުށަހެޅިތާ އެތައް މަހެއް ވީއިރު ވެސް ޖަމާ ނުވާކަން ބަޔާންކޮށްފައި ވެ އެވެ. މީގެ އިތުރުން  އީމެއިލްތަކަށް ޖަވާބު ނުދޭކަމާއި، ވަޓްސްއަޕް މެދުވެރިކޮށް ދެނީ ވަރަށް ނުސާފު ޖަވާބުތަކެއްކަން ފާހަގަކޮށްފައިވެ އެވެ. 

ދަރިވަރުން ފާހަގަކޮށްފައިވާ ގޮތުން މިނިސްޓްރީގެ އިހުމާލުގެ ސަބަބުން ކުލި ދެއްކުމަށާއި އަސާސީ ބޭނުންތަކަށް ބޭނުންވާ ފައިސާ ނެތި ދަރިވަރުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ. މީގެ އިތުރުން މިހާރު ދެވޭ ސްޓައިޕެންޑަކީ މީގެ ގިނަ އަހަރުތަކެއް ކުރީގެ ރޭޓްތަކަކަށް ވުމުން، މިހާރުގެ އިންފްލޭޝަންއާއި ގުޅިގެން އެ ފައިސާ އިން ޚަރަދުތައް ހަމަނުޖެހޭކަން ފާހަގަކޮށްފައިވެ އެވެ.

ކުޑޫ އެދިފައި ވަނީ ވީހާ ވެސް އަވަހަށް މި މައްސަލަތައް ހައްލުކޮށްދިނުމަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރމުޙައްމަދު އިބްރާހީމް (ކުޑޫ)އަލީ ހައިދަރު އަހުމަދުރާއްޖެއިން ބޭރުގެ ދަރިވަރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ހައިދަރު ވިދާޅުވީ ބޭރުގައި ތިބި ދަރިވަރުން ފައިސާ ނުލިބިގެން ޝަކުވާ ނުކުރާ ކަމަށް!

ހައިދަރު ވިދާޅުވީ ބޭރުގައި ތިބި ދަރިވަރުން ފައިސާ ނުލިބިގެން ޝަކުވާ ނުކުރާ ކަމަށް!

24 ޑިސެމްބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
ވަޒީރުންގެ މާލީ ބަޔާން ދައުރު ފަށާއިރު ހުށަހަޅަންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ބަލައިގަނެފި

ވަޒީރުންގެ މާލީ ބަޔާން ދައުރު ފަށާއިރު ހުށަހަޅަންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ބަލައިގަނެފި

07 އޮކްޓޯބަރު 2025
މެންބަރުންނާއި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންގެ މާލީ ބަޔާން ހާމަކުރަން ލާޒިމުކުރާ އިސްލާހެއް

މެންބަރުންނާއި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންގެ މާލީ ބަޔާން ހާމަކުރަން ލާޒިމުކުރާ އިސްލާހެއް

23 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު