Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަސްލު ނައްތާލުން

ނަސްލު ނައްތާލުމާއި ގަތުލު އާންމު ހުއްޓުވުމަށް އދ. ގައި ނެގި ވޯޓަށް ރާއްޖެ ހާޒިރެއް ނުވި!

16 ސެޕްޓެމްބަރު 2017 | ހޮނިހިރު 04:17

ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން ހާޒިރުނުވަނީ ރާއްޖެ އެކަނި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 16 ސެޕްޓެމްބަރު 2017 | ހޮނިހިރު 04:17
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

މިޔަންމާ ސަރުކާރުން ރޯހިންޖާ ނަސްލު ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ނަސްލު ނައްތާލުމާއި ގަތުލު އާންމުތައް ހުއްޓުވުން އދ. ގެ ރަސްމީ އެޖެންޑާގައި ހިމެނުމަށް ނެގި ވޯޓަށް ރާއްޖެއިން ހާޒިރުވެފައިނުވާކަން ހާމަވެއްޖެ އެވެ.

އދ. ގެ 72 ވަނަ ސެޝަންގެ ރަސްމީ އެޖެންޑާގައި "ގަތުލު އާންމާއި، ހަނގުރާމައިގެ ކުށްތަކާއި، ނަސްލު ނައްތާލުމާއި، އަދި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ކުށްތައް ހުއްޓުވުމާއި ރައްކާތެރިކުރުމުގައި ޒިންމާއަދާކުރުން" ގެ ނަމުގައި ސަޕްލިމެންޓްރީ އައިޓަމެއް ހިމެނުމަށް ހުކުރު ދުވަހު ވޯޓް ނެގި އިރު ޗެމްބަރުގައި ރާއްޖެއިން ހާޒިރުވެ ނެތްކަން ވޯޓްގެ ތަފްސީލް ޝީޓުން ހާމަވެ އެވެ.

Advertisement - newsAdvertisement

އެ އައިޓަމް ރަސްމީ އެޖެންޑާގައި ހިމެނުމަށް ފާސްވީ 113 ގައުމެއްގެ ތާއީދާއެކު އެވެ. ރަސްމީ އެެޖެންޑާގައި އައިޓަމް ހިމެނުމާ ދެކޮޅަށް 21 ގައުމަކުން ވޯޓް ދީފައިވެއެވެ. 17 ގައުމަކުން ވަކި ކޮޅަކަށް ވޯޓް ދީފައެއް ނުވެ އެވެ.

ރަސްމީ އެޖެންޑާގައި އެ އައިޓަމް ހިމެނުމަށް ވޯޓް ނެގިއިރު ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން ހާޒިރުވެ ނެތީ ރާއްޖެ އެކަންޏެވެ. އެގޮތުން މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެ ހުށަހެޅުމާ ދެކޮޅަށް ހަމައެކަނި ވޯޓް ދިނީ ޕާކިސްތާނުންނެވެ. ބޫޓާނުން ވަކިކޮޅަކަށް ވޯޓް ދީފައިނުވާއިރު، މި ސަރަހައްދުގެ އެހެން ގައުމުތަކުން ވޯޓް ދީފައި ވަނީ ހުށަހެޅުމާ އެއްކޮޅަށެވެ.

މުސްލިމު އާބާދީ ބޮޑު ގައުމުތަކުގެ ތެރެއިން ސައުދީ އަރަބިއްޔާއާއި، އަފްގާނިސްތާނާއި، ބަންގްލަދޭޝާއި، މެލޭޝިއާއާއި، މޮރޮކޯއާއި، ގަތަރާއި، ތޫނިސް އަދި ތުރުކީ އިން ވޯޓް ދީފައިވަނީ އެ ހުށަހެޅުމާ އެއްކޮޅަށެވެ. އެހެން ނަމަވެސް، މިސްރާއި، އީރާނާއި، ސީރިއާ އަދި ސޫދާނުން ވޯޓް ދީފައި ވަނީ ހުށަހެޅުމާ ދެކޮޅަށެވެ.

ދިވެހި ސަރުކާރުން ގާތްގުޅުމެއް ބާއްވާ ޗައިނާއިން ވޯޓް ދީފައި ވަނީ ހުށަހެޅުމާ ދެކޮޅަށެވެ. މިޔަންމާއާއި، ރަޝިޔާއާއި، ކިއުބާއާއި، ވެނެޒުއޭލާ އަދި ޒިމްބާބުވޭ އިން ވެސް ވޯޓް ދިނީ ހުށަހެޅުމާ ދެކޮޅަށެވެ.

ހުށަހެޅުން ފާސްވުމާ ގުޅިގެން ގްލޯބަލް ސެންޓަރ ފޯ ދަ ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް އިން ނެރުނު ބަޔާނެއްގައި ބުނީ އދ. ގެ ރަސްމީ އެޖެންޑާގައި މި އައިޓަމް ހުށަހަޅަން ފާސްވުމުން ހުރިހާ ގައުމަކުން ހިތްހަމަނުޖެހިދާނެ ކަމަށާއި ނަމަވެސް ބައިނަލްއަގްވާމީ މުޖުތަމައުއިން ބޮޑެތި ލާއިންސާނީ ހަމަލާތަކާ ދެކޮޅަށް އަމަލުކުރާނެ ގޮތާ މެދު ކުރާ ބަހުސަކަށް އެއްވެސް ގައުމަކުން ބިރު ގަންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އދ. ގެ ރަސްމީ އެޖެންޑާގައި މިފަދަ އައިޓަމެއް ހިމެނުމަށް ހުށަހަޅާފައިވަނީ، މިޔަންމާ ސަރުކާރުން ރޯހިންޖާ ދަރިކޮޅު ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯން ގުުޓިއަރޭޒް ވިދާޅުވެފައިވަނިކޮށެވެ.

ރޯހިންޖާ ދަރިކޮޅާ ދެކޮޅަށް މިޔަންމާ ސަރުކާރުން ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ގިނަ ގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރަޚަައިން ސްޓޭޓްގެ ގެތައް ރޯކުރުމާއި، އަންހެނުންގެ އިއްފަތް ފޭރިގަތުމާއި، ކުޑައެއް ބޮޑެއް ނެތި ރޯހިންޖާ ދަރިކޮޅު ނައްތާލުމުގެ މަސައްކަތް ކުރަމުންދާއިރު، މިޔަންމާ ސިފައިން ހަމަލާތަކުން ސަލާމަތްވުމަށް 380،000 ވުރެ ގިނަ ރޮހިންޖާ މުސްލިމުން ވަނީ ބަންގްލަދޭޝް ބޯޑަރު ހުރަސްކޮށް އެގައުމަށް އެތެރެވެފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

30 މާރިޗު 2017

އެޗްވަންއެންވަން އާންމު ހާލަތަށް

30 މާރިޗު 2017
އެޗްވަންއެންވަން އާންމު ހާލަތަށް
28 މާރިޗު 2017

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް
16 މާރިޗު 2017

އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް

16 މާރިޗު 2017
އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް
14 މާރިޗު 2017

ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ

14 މާރިޗު 2017
ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް