Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނ. ކެނދިކުޅުދޫ

ކެނދިކުޅުދޫ ސްކޫލް ޖާގަ އިތުރުކުރުން: ފިނިޝިންގ މަސައްކަތް ނިންމަން މި ސަރުކާރުން 2 އަހަރު ވީއިރު ވެސް ކޮންޓްރެކްޓަރަށް ފައިސާ ނުދޭ

ނ. ކެނދިކުޅުދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި މަޝްރޫއު ނިމުމަކާ ގާތްވެފައި ވަނިކޮށް، ކޮންޓްރެކްޓަރަށް ދޭންޖެހޭ ފައިސާ މި ސަރުކާރުން ނުދޭތީ މަސައްކަތް ހުއްޓިފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ. ފިނިޝިންގެ ކުދި މަސައްކަތްތަކެއް ނުނިމި އޮތުމުގެ ސަބަބުން އައު ދިރާސީ އަހަރުގެ ކިޔެވުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން ދާކަން ސްކޫލުން ފާހަގަކުރޭ. ކުރީ ސަރުކާރުން ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔަ މި މަޝްރޫއު ނުނިމި ދިގުލައިގެން ދިއުމަކީ ރަށުގެ ރައްޔިތުންނާއި ސްކޫލުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2026 | ހޮނިހިރު 17:02
ނ. ކެނދިކުޅުދޫ ސްކޫލްގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް ރައީސް ސޯލިހު ސަރުކާރުން ފެށި ނަމަވެސް މި ސަރުކާރުން އެ މަޝްރޫއު ނުނިންމާ 2 އަހަރު ވެފައިވާ ކަމަށް ކައުންސިލުން ބުނޭ

ނ. ކެނދިކުޅުދޫ ސްކޫލްގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް ރައީސް ސޯލިހު ސަރުކާރުން ފެށި ނަމަވެސް މި ސަރުކާރުން އެ މަޝްރޫއު ނުނިންމާ 2 އަހަރު ވެފައިވާ ކަމަށް ކައުންސިލުން ބުނޭ | ރާއްޖެ އެމްވީ

ނ. ކެނދިކުޅުދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި މަޝްރޫއުގެ ފިނިޝިންގ މަސައްކަތް ކުރަން 2 އަހަރު ވީއިރު ވެސް މި ސަރުކާރުން ކޮންޓްރެކްޓަރަށް ފައިސާ ނުދޭތީ އެ މަސައްކަތް އަދި ވެސް ނުނިމޭ ކަމަށް އެ ރަށު ކައުންސިލް ގެ ރައީސް މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

މި މަޝްރޫއު އަކީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް ސޯލިހުގެ ސަރުކާރުން ފަށައި، ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުއެކެވެ. މިކަމުގެ މައުލޫމާތު ރާއްޖެޓީވީ އާ ހިއްސާކުރައްވާ ޝާހިދު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަޝްރޫއު އެއްކޮށްހެން ނިމިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ނުނިމި ހުރީ ފިނިޝިންގ  މަސައްކަތް އެކަނި ކަމަށާ ނަމަވެސް އަދިވެސް އެ މަސައްކަތް ނުނިމޭ ކަމަށެވެ. ޝާހިދު ވިދާޅުވީ މަޝްރޫއު ކޮންޓްރެކްޓަރުން ނުނިންމާ ހިފަހައްޓާފައިވަނީ މި ސަރުކާރުން އެ ފަރާތަށް ދޭން ޖެހޭ ޕޭމަންޓްތަކެއް ނުދީ ހުރުމުން ކަމަށެވެ. އެގޮތުން ސަރުކާރަށް 2 އަހަރު ވީއިރު ވެސް ފައިސާ ނުދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއަހަރު މިތަނުގަ ކިޔެވުން ފެށޭނެ ކަމަށް ޕްރިންސިޕަލް ވަރަށް އުއްމީދު ކުރި. އެހެންނަމަވެސް ކޮންޓްރެކްޓަރު އަދި ބިލްޑިންގ ހަވާލެއް ނުކުރޭ މިނިސްޓްރީ އަކާ. ބެލިބެލުމުން ޕޭމަންޓެއް ހިފަހައްޓާފަ އޮތީމަ ކޮންޓްރެކްޓަރު ވެސް މަސައްކަތް ހިފަހައްޓާފަ. ވަރަށް ކުދި ކުދި މަސައްކަތް ހުންނާނީ. ކުލަ ޓަޗް ކޮށްލުން ކަހަލަ ވަރަށް ކުދިކުދި ކަންތައްތަކެއް ހުރީ. އަޅުގަނޑުމެން ކޮންޓްރެކްޓަރަށް ގުޅައިގެން ސާފުކޮށްލިން. ޕޭމަންޓް ލިބިގެން ކަމަށް ކަންކަން ނިންމާލެވޭނީ. 
ނ. ކެނދިކުޅުދޫ ކައުންސިލް ގެ ރައީސް މުހައްމަދު ޝާހިދު

ޝާހިދު ވިދާޅުވީ މި އަހަރުގެ ދިރާސީ އައު އަހަރު ފެށުނު އިރު ވެސް ސްކޫލް މަސައްކަތް ނުނިމުމުން ސްކޫލުން އެކަމުގެ ކަންބޮޑުވުން ފާޅު ކުރި ކަމަށެވެ.

އެގޮތުން އެ މަސައްކަތް ނިމުމުން އިތުރު 3 ކްލާސް ރޫމް ވެސް ބޭނުން ކުރެވޭނެ ކަމަށް ސްކޫލުން އުއްމީދު ކޮށް މަސައްކަތް ބައްޓަން ކުރި ނަމަވެސް މަސައްކަތް ނުނިމުމުން ވަރަށް ބޮޑު ދަތިތަކެއް ކުރިމަތި ވި ކަން ސްކޫލުގެ ފަރާތުން ފާހަގަކުރި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ވިދާޅުވީ މި މަޝްރޫއު ކުރީ ސަރުކާރުން ކުރިއަށް ގެންދިޔައީ ވަރަށް ބާރު ސްޕީޑުގައި ކަމަށެވެ. އަދި އޭރު ޕްލޭން ކުރި މުއްދަތަށް ނިމޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށާ އެކަމަށް އެ ރަށު ސްކޫލުން ވަރަށް ބޮޑު އުއްމީދެއް ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ނ. ކެނދިކުޅުދޫމުހައްމަދު ޝާހިދު

ކޮމެންޓް

އިތުރަށް ކިޔާލަން

ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުން - ޕްރެޝަރ ބޮޑުވެ އެންމެ ފަހުން ޝަހީދުގެ ނަން ނަގައިފި

ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުން - ޕްރެޝަރ ބޮޑުވެ އެންމެ ފަހުން ޝަހީދުގެ ނަން ނަގައިފި

03 އޯގަސްޓު 2025
ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ކެނދިކުޅުދޫ އިޝްތިހާރުކޮށްފި

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ކެނދިކުޅުދޫ އިޝްތިހާރުކޮށްފި

05 ނޮވެމްބަރު 2022
އެމްޓީސީސީން ކެނދިކުޅުދޫ ސްކޫލަށް ބަހެއް ހަދިޔާ ކޮށްފި

އެމްޓީސީސީން ކެނދިކުޅުދޫ ސްކޫލަށް ބަހެއް ހަދިޔާ ކޮށްފި

04 ނޮވެމްބަރު 2022
ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއަށް

ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއަށް

02 ނޮވެމްބަރު 2022
އެމްޓީސީސީ ނޯތް ލީގު: ކެނދިކުޅުދޫއާއި އެކު ހޮޅުދޫ ފުރަތަމަ ޑިވިޝަނަށް

އެމްޓީސީސީ ނޯތް ލީގު: ކެނދިކުޅުދޫއާއި އެކު ހޮޅުދޫ ފުރަތަމަ ޑިވިޝަނަށް

20 އޯގަސްޓު 2022

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު