Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެމްޓީސީ ނޯތު ލީގު ދެވަނަ ޑިވިޝަން

އެމްޓީސީސީ ނޯތު ލީގު ދެވަނަ ޑިވިޝަން: ހޮޅުދޫއާއި ކެނދިކުޅުދޫ އެއްވަރު

ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ އެއް މެޗު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 18 އޯގަސްޓު 2022 | ބުރާސްފަތި 14:59
ނޯތު ލީގު ދެވަނަ ޑިވިޝަން ގްރޫޕް ސީގެ މެޗެއްގެ ތެރެއިން

ނޯތު ލީގު ދެވަނަ ޑިވިޝަން ގްރޫޕް ސީގެ މެޗެއްގެ ތެރެއިން

އެމްޓީސީސީ ނޯތު ލީގު ދެވަނަ ޑިވިޝަންގެ ގްރޫޕް ސީގެ އެންމެ ކުރީގައި އޮތް ދެޓީމް ވާދަކުރި މެޗު އެއްވަރުވެއްޖެއެވެ.

އެއްވަނާގައި އޮތް ކެނދިކުޅުދޫއާއި ދެވަނާގައި އޮތް ހޮޅުދޫ ވާދަކުރި މެޗު އެއްވަރުވީ 1-1ންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ކެނދިކުޅުދޫއެވެ. ލަނޑު ޖެހީ އަބްދުﷲ ސުއާދުއެވެ. ހޮޅުދޫގައި ކުޅުނު މެޗު ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ހޮޅުދޫއަށް އެއްވަރުކޮށްދިނީ އަހުމަދު އާސިފްއެވެ. މި ގްރޫޕްގައި ކުޑަފަރީ އަތުން މޮޅުވެ މާޅެންދޫ ވަނީ ތިންވަނައަށް ޖެހިލާފައެވެ. މެޗަށް ނުކުތްއިރު ފުލުގައި އޮތް މާޅެންދޫން ކުޑަފަރި ބަލިކުރީ 3-1ންނެވެ. ހަސަން ޖަވާދު ލަނޑު ޖަހައި މާޅެންދޫއަށް ކުރިހޯދައިދީފައި ވަނިކޮށް, މުހައްމަދު ވަހީދު ކުޑަފަރިއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ނަމަވެސް ދެވަނަ ހާފްގައި މާޅެންދޫން ވަނީ އިތުރު ދެ ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފައެވެ. ދެވަނަ ހާފްގައި ދެ ލަނޑު ޖެހީ މޫސާ މުހައްމަދާއި އިބްރާހީމް ނިޔާޒުއެވެ.

ކޮންމެ ޓީމެއް ފަސް މެޗު ކުޅެނިމުނުއިރު ކެނދިކުޅުދޫ އެއްވަނާގައި އޮތީ 10 ޕޮއިންޓާއެކުއެވެ. ހޮޅުދޫ ދެވަނާގައި އޮތީ އަށް ޕޮއިންޓާއެކުއެވެ. ތިންވަނާގައި މާޅެންދޫ އޮތީ ހަ ޕޮއިންޓާއެކުއެވެ. ކުޑަފަރި އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ކޮންމެ ޓީމަކަށް ބާކީ އޮތީ އެއް މެޗެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ނ. ހޮޅުދޫނ. ކެނދިކުޅުދޫނ.މާޅެންދޫ

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު