Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޓީސީސީ

އެމްޓީސީސީން ކެނދިކުޅުދޫ ސްކޫލަށް ބަހެއް ހަދިޔާ ކޮށްފި

މިއީ އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާ ކުރި ބަހެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2022 | ހުކުރު 10:47
އެމްޓީސީސީން ކެނދިކުޅުދޫ ސްކޫލަށް ހަދިޔާ ކުރި ބަސް

އެމްޓީސީސީން ކެނދިކުޅުދޫ ސްކޫލަށް ހަދިޔާ ކުރި ބަސް

ނ. ކެނދިކުޅުދޫ ސްކޫލްގެ ދަރިވަރުންނަށް ސްކޫލަށް ދިއުމުގައި ދަތިތަކާ ދިމާވާތީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އެ ރަށަށް ބަހެއް ހަދިޔާކޮށްފިއެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފު "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވި ގޮތުގައި އެ ރަށަކީ 2010 ވަނަ އަހަރުން ފެށިގެން ސްކޫލް ދަރިވަރުންނަށް ބަހުގެ ޚިދުމަތް ފޯރުކޮށްދެމުން އައި ރަށެކެވެ. މި ޚިދުމަތް ފޯރުކޮށްދެމުން އައީ އެ ރަށަކީ ބޮޑު ރަށަކަށްވެފައި ދެ އަވަށް އޮންނައިރު ސްކޫލް ހުންނަނީ ދެ އަވަށުގެ މެދަށްވާ ގޮތަށް ކަމަށްވާތީއެވެ. މީގެ ސަބަބުން ދަރިވަރުންނަށް ސްކޫލަށް ދިއުމުގައި ދަތިތަކާ ދިމާވުމުގެ ސަބަބުން ބަހުގެ ޚިދުމަތް ދޭން ފެށީ ކުދިން އަތުން ފީއެއް ނަގާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައޫފު ވިދާޅުވީ އެ ރަށުގައި ބަހުގެ ޚިދުމަތުން ކުރިން ފީއެއް ނެގި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެ ރަށަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ދަރިވަރުންނަށް ހިލޭ ބަހުގެ ޚިދުމަތް ލިބޭ ގޮތް ހައްދަވައި ދެއްވި ކަމަށެވެ. އެހެންވެ، މި ސަރުކާރު އައި ފަހުން ދަރިވަރުންނަށް ޚިދުމަތް ދެމުން އައީ ހިލޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކެނދިކުޅުދޫ ސްކޫލް ކުދިންނަށް ޚިދުމަތް ދިނުމަށް ދެ އަވަށަށް ދަތުރު ކުރާ ދެ ބަސް އޮވެއެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެއް ބަސް ހަލާކުވުމުން ބަހުގެ ޚިދުމަތް އެއްކޮށް މެދުކަނޑާލަން ޖެހުނު ކަމަށް ރައޫފު ވިދާޅުވިއެވެ. އެކަން ރަށު ސްކޫލުން މިނިސްޓްރީ އާއި ރައީސްގެ ސަމާލުކަމަށް ގެނެސްފައިވާއިރު މިދިޔަ ހަފްތާގައި ބަސް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހަފްތާގައި އެމްޓީސީސީން ހަދިޔާ ކޮށްފައިވާ ބަހަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާ ކުރި ބަހެކެވެ. މި ބަހަކީ 46 މީހުންގެ ޖާގައިގެ ބަހެކެވެ. މި ބަސް ހަދިޔާ ކުރުމުން ކެނދިކުޅުދޫ ކައުންސިލާއި އެ ރަށު ސްކޫލުން ވަނީ ސަރުކާރާއި އެމްޓީސީސީއަށް ޝުކުރު އަދާކޮށްފައެވެ.

އެމްޓީސީސީން ބުނީ މި އެހީގެ ސަބަބުން އެ ރަށުގެ ސްކޫލްކުދިންނަށް ސްކޫލަށް ދިއުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ކެނދިކުޅުދޫ ސްކޫލުގައި މިވަގުތު 433 ދަރިވަރުން ދަނީ ތައުލީމު ހާސިލް ކުރަމުންނެވެ.

އެމްޓީސީސީނ. ކެނދިކުޅުދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު