Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހާޓްސީން ޓްރެވަލް ފެއަރ

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ކެނދިކުޅުދޫ އިޝްތިހާރުކޮށްފި

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ފެއަރގައި ވަނީ ކެނދިކުޅުދޫގައި ހުރި ޓުއަރިޒަމާއި ވިޔަފާރީގެ ފުރުސަތުތައް ދައްކާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 ނޮވެމްބަރު 2022 | ހޮނިހިރު 16:32
ހާޓްސީން ޓްރެވަލް ފެއަރގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ނ. ކެނދިކުޅުދޫ އިޝްތިހާރުކުރުން

ހާޓްސީން ޓްރެވަލް ފެއަރގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ނ. ކެނދިކުޅުދޫ އިޝްތިހާރުކުރުން

ހާޓްސީން ޓްރެވެލް ފެއަރގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ނ. ކެނދިކުޅުދޫ އިޝްތިހާރުކޮށްފިއެވެ.

ހާޓްސީން ޓްރެވެލް ފެއަރއަކީ އަމިއްލަ ކުންފުންޏެއްކަމަށް "ޕްލޭޑޭ މޯލްޑިވްސް"އިން ހުޅުމާލޭގައި ކުރިއަށްދިޔަ ފެއަރއެކެވެ. މި ފެއަރއަކީ ރާއްޖޭގެ ރަށްތަކުގައި ލޯކަލް ޓުއަރިޒަމް އިސްތިހާރުކޮށް ރަށްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ބޭއްވި ފެއަރއެކެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ފެއަރގައި ވަނީ ކެނދިކުޅުދޫގައި ހުރި ޓުއަރިޒަމްއާއި ވިޔަފާރީގެ ފުރުސަތުތައް ދައްކާލާފައެވެ.

މިފެއަރއާ ބެހޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތުދެއްވަމުން ކެނދިކުޅުދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުޒާމް ވިދާޅުވީ، މިފެއަރގެ މައިގަނޑު ބޭނުމަކީ ކެނދިކުޅުދޫ މުޅި ރާއްޖެއަށް ތައާރަފްކޮށްދިނުންކަމަށެވެ. އެގޮތުން މިފެއަރގެ ތެރޭގައި ކެނދިކުޅުދޫގައި ކުރާ މަސައްކަތްތަކާއި ރަށުގައި އުފައްދާ އުފެއްދުންތަކާއި ރަށުގެ މައުލޫމާތު ދައްކާލާފައިވާނެކަމަށް ހުޒާމް ވިދާޅުވިއެވެ.

ދެ މަސްދުވަސްވަންދެން މުޅި ރަށުގެ ހުރިހާ ރައްޔިތުން މިފެއަރއަށް ތައްޔާރުވެފައިވާއިރު ކެނދިކުޅުދޫއަށް ލިބިފައިވާ އެންމެ ޚާއްސަ ސިފަކަމުގައިވާ އެރަށުގެ ކުޅިތަކާބެހޭ މައުލޫމާތާއި ކުޅިތަކުގެ އުޅޭ ޚާއްސަ ދޫނިސޫފާސޫތްޕާއި ކުޅިތަކުގައި ހެދޭ ގަސްގަހާގެހީގެ މައުލޫމާތު، ފެއަރގައި ދީފައިވާނެކަމަށް ހުޒާމް ވިދާޅުވިއެވެ.

ދެދުވަހުގެ މުއްދަތަށް ކުރިޔަށްދިޔަ މިފެއަރއަށް ދެހާސް މީހުން ވަދެފައިވާނެކަމަށް ހުޒާމް ވިދާޅުވިއެވެ.

މިފެއަރއާއެކު ލިބޭ އެންމެ ބޮޑު ފައިދާއަކީ ކެނދިކުޅުދޫ މަޝްހޫރުވެ ކެނދިކުޅުދޫގެ ބިންވެރިކަމާއި ލޯކަލް ޓޫރިޒަމާއި އެނޫންވެސް ވިޔަފާރިތަކަށް ރަށުގައި ހުރި ފުރުސަތުތައް އެނގިގެންދިއުންކަމަށް ހުޒާމް ވިދާޅުވިއެވެ. މިއާއެކު ކެނދިކުޅުދޫގައި އެކި ވިޔަފާރިތަކަށް އިންވެސްޓްކުރާނެ އިންވެސްޓަރުން ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ހުޒާމް ވިދާޅުވިއެވެ.

ކެނދިކުޅުދޫއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެގޮތުގައި ދިވެހިންނާއި ބޭރުން އަންނަ މީހުންނަށް އިޝްތިހާރުކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ވަނީ، އެރަށުން ފާހަގަކޮށްލެވޭ ކެއުންތައް ދައްކާލައި ރަހަބަލާލުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. އެގޮތުން ވަކިން ޚާއްސަކޮށް ކަނަމަދުގެ ބާވަތްތައް ދައްކާލާފައިވާކަމަށް ހުޒާމް ވިދާޅުވިއެވެ.

އަދި ރަށުގެ އާދަކާދައާއި ސަގާފަތް ވަނީ ދައްކުވައިދީފައެވެ. މީގެ އިތުރަށް އެ ރަށުގެ 3ޑީ މޮޑެލްއެއް މެދުވެރިކޮށް ރަށުގައި ހުރި ފުރުސަތުތަކާއި ރަށުގެ މައުލޫމާތުތައްވެސް ވަނީ ފެއަރއަށް ޒިޔާރަތްކުރި މީހުންނަށް ހިއްސާކޮށްފައެވެ. މިމޮޑެލްގެ ޒަރީއާއިން ކެނދިކުޅުދޫގެ ތާރީޚާއި ކެނދިކުޅުދޫ އުފެދިފައިވާ ގޮތާއި ރަށުގެ ސިފަތައް ކިޔައިދީފައިވާއިރު، އެކަމުގެ ސަބަބުން ރަށަށް މީހުން އައުމަށް ބާރަކަށް ވެގެންދާނެކަމަށް ހުޒާމް ވިދާޅުވިއެވެ.

މީގެއިތުރުން މިއަހަރުގެ ޑިސެމްބަރ މަހު ހަމަ މިފަދަ ފެއަރއެއް ށ، ނ، ރ، ބ އަދި ޅ އަތޮޅަށް ޚާއްސަކޮށް ކެނދިކުޅުދޫގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހުޒާމް ވިދާޅުވިއެވެ.

ގުދުރަތީގޮތުން މުއްސަނދި ނ. ކެނދިކުޅުދޫއަކީ ހިތްގައިމު ރަށެކެވެ. މުޅި ރަށަށް ލިބިގެންވާ އެންމެ ޚާއްސަ އެއް ސިފައަކީ ގިނަ ކުޅިތަކެއް ހިމެނުމެވެ. މިއީ ރާއްޖޭގެ ނިސްބަތުންވެސް ވަރަށް މަދު ރަށަކުން ނޫނީ ނުފެންނަ ސިފައެކެވެ. ގާތްގަނޑަކަށް 207 ހެކްޓަރުގެ މި ރަށުގައި ގުދުރަތީގޮތުން އުފެދިފައިވާ 7 ކުޅި އެބައޮތެވެ. މީގެ ތެރޭގައި 400 ފޫޓުން ފެށިގެން 3000 ފޫޓާއި ދެމެދުގެ ދިގުމިންހުރި 3 ކުޅިއެއް ހިމެނެއެވެ. މި ކުޅިތަކުގައި ކަނޑޫފަލާއި، އާއްމުކޮށް ނުފެންނަ ގިނަ ދޫނިސޫފާސޫތްޕާއި، މަސްމަހާމެއްސާއި، އެކި ބާވަތުގެ ގަސްގަހާގެހި ހިމެނެއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްނ. ކެނދިކުޅުދޫ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
22 މާރިޗު 2024

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

22 މާރިޗު 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު