Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން

ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން ހުޅުވައިފި

ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 19 އޯގަސްޓު 2022 | ހުކުރު 15:26
ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން ހުޅުވުން

ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން ހުޅުވުން

ނ. އަތޮޅު ކެނދިކުޅުދޫގައި ފުލުހުންގެ މަރުކަޒެއް ރަސްމީކޮށް ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.

އެކަމަށްޓަކައި ކެނދިކުޅުދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދް އެވެ. އަދި ޕޮލިސް ސްޓޭޝަން ހުޅުވައި ދެއްވުމަށްފަހު ޕޮލިސް ސްޓޭޝަންގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަންގަވައި ދެއްވާފައިއެވެ.

އެ ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި ނޯތު ޕޮލިސް ރީޖަން ކޮމާންޑަރު އަދި ނ. އަތޮޅު ކޮމާންޑަރާއި ކެނދިކުޅުދޫ ކައުންސިލް އިދާރާގެ އިސްވެރިންނާއި ރަށުގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަ ފުޅުގައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން، ކޮންމެ ރަށެއްގައި ގާއިމުކުރާ ޕޮލިސް ސްޓޭޝަނަކީވެސް ރާއްޖޭގެ އަމާންކަން ކަށަވަރުކުރުމަށް ސަރުކާރުން ގަތާލާ ޗޭނުގެ ބޮޅެއްކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ އަމާންކަމާއި ސުލްހަވެރިކަން ކަށަވަރުކުރުމަށް، މީހުން ދިރިއުޅޭ 187 ރަށުގައި ފުލުހުން ގާއިމުވުމުން މެނުވީ މި ޗެއިން ނުވަތަ މި ބޮޅު އެއްކޮށް ފުރިހަމަ ވެގެން ނުދާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން ސްޓޭޝަނަކުން ސްޓޭޝަނަކުން ގުޅުވަމުންގޮސް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ސްޓޭޝަންތައް ގާއިމު ކުރެވުމުން އޭގައި ޖައްސަންވީ ރީތިކުލަޔާއި ހަމައަށްދެވޭނެކަމާއި، އެންމެ ފުރަތަމަ އެންމެ އާދައިގެ ގޮތެއްގައި އެންމެ ކުޑަމިނުން ހިދުމަތް ފަށައިލުން އެއީ މި ޗެއިން ދެކޮޅު ޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކަމަށް ވިދާޅުވިއެވެ. އަދި އެއަށްފަހު ހިދުމަތް ފުރިހަމަކޮށް ތަރައްގީކޮށް އޭގައި ޖައްސަންޖެހޭ ރީތި ކުލަތައް ޖެއްސުމަށް އެ މަސައްކަތް ފަށައިގަނެވޭނެކަމަށް ވިދާޅުވިއެވެ. އެގޮތުން މިއަދު މިކުރެވޭ މަސައްކަތަކީ އެންމެ އާދައިގެ ގޮތެއްގައި ނަމަވެސް އެ ހިދުމަތް ގާއިމު ކުރުމަށް ކުރެވޭ ބުރަ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާހަކަ ފުޅުގައި، ކެނދިކުޅުދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުމުގެ އެންމެ ބޮޑު އެއްބޭނުމަކީ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުން ކަމަށާއި އަދި ރަށަކީ ބޮޑު އާބާދީއެއް އޮތް ރަށަކަށްވުމާއި ގުޅިގެން މަދުން ނަމަވެސް ރަށުގައި ހިންގާ ކުށްތަކާއި ރަށަށް ތައާރަފު ވުމަށް އޮތް ކުށްތަކުން ރަށުގެ މުޖުތަމައު ސަލާމަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކެނދިކުޅުދޫގައި ފުލުހުން ގާއިމުވެ ތިބުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށްވުރެވެސް ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް ހިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް މިއަދު މިއަންނަނީ ފެންނަމުންކަމަށް ވިދާޅުވިއެވެ. އެގޮތުން އަތޮޅުތެރޭގައި ފުލުހުން މަސައްކަތްކުރާނެ ރަނގަޅު އޮނިގަނޑެއް އެކުލަވާލެވިފައިވާކަމަށާ އަދި ރަށުގެ މުޖުތަމައު އަށް ކައުންސިލް އަދި ރަށު ފެންވަރުގެ އެހެނިހެން އިދާރާތަކާއެކު ދެމެހެއްޓެނިވި މަސައްކަތްތަކެއް ހަރުދަނާކަމާއެކު ކުރުމަށް ކުރިއަށް އޮތްތަނުގައި މި އޮނިގަނޑުން މަގުފަހިވެގެން ދާނެކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ގެވެށި އަނިޔާއާއި ކުޑަކުދިންނާމެދު ކުރާ ކުށްތަކާއި އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު މައްސަލަތަކުގެ ސަބަބުން ނުކުންނަ އެތައް މައްސަލަތަކަށް ހައްލުހޯދައިދިނުމަށް ފަސޭހަވެ އަދި އެކި ކާރިސާތަކުގެ ހާލަތުގައި ފުލުހުންގެ އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ވެގެންދާނެކަމަށާއި އަދި ފުލުހުން ތިބުމުން އިޖުތިމާއީ އަދި އިގުތިޞާދީ ތަރައްގީއަށް ރަށުގެ ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެކަމުގައި ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްނ. ކެނދިކުޅުދޫ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު