Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކެނދިކުޅުދޫގައި މާޒިޔާގެ ކޭމްޕް

ކޭމްޕުގެ ފަހު މެޗުންވެސް މާޒިޔާއަށް ފަސޭހަ މޮޅެއް

ކެނދިކުޅުދޫ ޓީމުގެ ރާއިފް ވަނީ މާޒިޔާއަށް ސޮއިކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2021 | ހޮނިހިރު 10:37
މާޒިޔާ އާއި ކެނދިކުޅުދޫ ބައްދަލުކުރި މެޗަށްފަހު ދެ ޓީމުގެ ކުޅުންތެރިން އެކުގައި

މާޒިޔާ އާއި ކެނދިކުޅުދޫ ބައްދަލުކުރި މެޗަށްފަހު ދެ ޓީމުގެ ކުޅުންތެރިން އެކުގައި

ނ. ކެނދިކުޅުދޫގައި ކުރިއަށްގެންދިޔަ ކޭމްޕުގައި ކުޅުނު އެކުވެރިކަމުގެ ފަހު މެޗުގައި ކެނދިކުޅުދޫ ފުޓްބޯލް ކުލަބު އަތުން ފަސޭހަކަމާއެކު އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ހަވީރު ކެނދިކުޅުދޫ ޓާފް ދަނޑުގައި ކުޅުނު މި މެޗުން މާޒިޔާ މޮޅުވީ 9-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި މާޒިޔާއިން މޮޅު ކުޅުމެއް ދެއްކިއިރު، މާޒިޔާގެ ލަނޑުތައް ޖަހައިދިނީ ހެޓްރިކް ހެދި އަބްދުﷲ ޖުނައިދާއި، ދެ ލަނޑު ޖެހި ހައިޝަމް ހަސަން (ބިޑި) ގެ އިތުރުން ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އާއި، ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސަކޮ) އަދި މުޙައްމަދު އުމެއިރެވެ. އަދި މި މެޗުގައި ކެނދިކުޅުދޫގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަނީ ލަނޑެއް ވަދެފައެވެ.

މި މެޗުން މާޒިޔާ މޮޅުވިއިރު، މި ކޭމްޕުގައި ކުޅުނު ފުރަތަމަ މެޗުގައިވެސް މާޒިޔާ ވާދަކުރީ ކެނދިކުޅުދޫއާއެވެ. އެ މެޗުން މާޒިޔާ މޮޅުވީ 9-0 ގެ ނަތީޖާއަކުންނެވެ. އަދި ކޭމްޕުގެ ދެވަނަ މެޗުގައި މާޅެންދޫ އަތުން 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މާޒޮޔާ މޮޅުވިއިރު، ތިންވަނަ މެޗުން ވަނީ މާފަރު އަތުން 9-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

މާޒިޔާއިން ކެނދިކުޅުދޫގައި ކުރިއަށްގެންދިޔަ ކޭމްޕުން ފާހަގަކޮށްލެވުނު ކެނދިކުޅުދޫ ޓީމުގެ އުމުރުން 19 އަހަރުގެ ގޯލްކީޕަރު އިސްމާޢީލް ރާއިފް މިހާރު ވަނީ މާޒިޔާއަށް ސޮއިކޮށްފައެވެ. މާޒިޔާއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގައިވެސް މީގެ ކުރިން ރާއިފް ބައިވެރިވިއިރު، އޭނާ ވަނީ މާޒިޔާއާ ދެކޮޅަށް ކުޅުނު ދެ މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން މާޒިޔާއިން ކެނދިކުޅުދޫގައި ކޭމްޕުކުރިއިރު، އައު ސީޒަނާ މާޒިޔާއިން ކުރިމަތިލާނީ ޕްރޯ ލައިސަންސް ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުންނެވެ. އަދި އައު ސީޒަނަށް ސްކޮޑު ވަރުގަދަކުރުމުގެ ގޮތުން މާޒިޔާއިން ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި، ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) އަދި ނޭޕާލުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ގޯލްކީޕަރު ކިރަން ކުމާރް ލިމްބޫ އެ ޓީމަށް ގެނެސްފައެވެ.

މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާއިރު، ސީޒަން ފެށުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި މިދިޔަ ސީޒަނުގެ ލީގުގެ ދެވަނަ ހޯދި ކުލަބު ވެލެންސިއާއެވެ. މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައިވެސް މާޒިޔާ ވާދަކުރިއިރު، އެ މެޗުން ކުލަބު އީގަލްސް ވަނީ މާޒިޔާ ބަލިކޮށް މުޅިން އަލަށް ޗެރިޓީ ޝީލްޑް އުފުލާލާފައެވެ. އޭރު އީގަލްސްގެ ކޯޗަކަށް ހުރީ މިހާރު މާޒިޔާގެ ކޯޗު މޯހަންއެވެ.

ޗެރިޓީ ޝީލްޑް މެޗަށްފަހު މި މަހުގެ 19 ވަނަ ދުވަހު ޕްރެޒިޑެންޓްސް ލީގު ފަށާއިރު، ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މާޒިޔާއަކީ އެންމެ ފަހުގެ ދެ ސީޒަނުގެވެސް ލީގު ޗެމްޕިއަނުންނެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންނ. ކެނދިކުޅުދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު