Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސައުދީ އަރަބިއްޔާ

ސައޫދީ އަރަބިއްޔާ އިން ޖަމަލަށް ޕާސްޕޯޓު ހަދައިދެނީ

ޖަމަލުގެ ޕާސްޕޯޓަކީ އޭ ވަނަވަރު އަންގައިދޭ ފުރިހަމަ ލިޔުމެއް. މީގެ ތެރޭގައި މައިކްރޯޗިޕް ނަންބަރާއި، ޕާސްޕޯޓް ނަންބަރާއި، ޖަމަލަށް ކިޔާ ނަމާއި، އުފަން ތާރީޚާއި، ނަސްލާއި، ޖިންސް ބަޔާންކުރުމުގެ އިތުރުން، ކުލަޔާއި، އުފަންވި ތަނާއި، ޕާސްޕޯޓް ދޫކުރި ތާރީޚާއި، ދީފައިވާ ވެކްސިންގެ މައުލޫމާތާއި ޖަމަލުފެ ފޮޓޯވެސް މި ޕާސްޕޯޓުގައި ހިމެނޭ.

ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 18:25
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟް އާ ގާތްގަނޑަކަށް 1500 ކިލޯމީޓަރު ދުރުގައި އޮންނަ ތަބޫކް ސިޓީ ކައިރީގައި ހުރި ތަމްރީނު މަރުކަޒަކުން، 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ސައުދީ ފިރިހެނަކު ޖަމަލުތަކެއް ގޮވައިގެން ހިނގާފައި ދަނީ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟް އާ ގާތްގަނޑަކަށް 1500 ކިލޯމީޓަރު ދުރުގައި އޮންނަ ތަބޫކް ސިޓީ ކައިރީގައި ހުރި ތަމްރީނު މަރުކަޒަކުން، 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ސައުދީ ފިރިހެނަކު ޖަމަލުތަކެއް ގޮވައިގެން ހިނގާފައި ދަނީ. | އޭއެފްޕީ

ސައޫދީ އަރަބިއްޔާގެ ޖަމަލުގެ ސިނާއަތް ތަރުތީބުކޮށް، ޖަމަލުގެ މިލްކުވެރިކަމާއި އޭގެ ވަނަވަރު ދެނެގަތުމުގެ އިތުރުން، މި ދާއިރާ އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ބާޒާރުގެ އިތުބާރު ދެމެހެއްޓުމަށް އަމާޒުކޮށްގެން "ކެމަލް ޕާސްޕޯޓް" ނުވަތަ ޖަމަލު ޕާސްޕޯޓްގެ ނަމުގައި އާ ޕާސްޕޯޓެއް އަންގާރަ ދުވަހު އެ ގައުމުން ތައާރަފުކޮށްފި އެވެ.

މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ވޯޓަރ އެންޑް އެގްރިކަލްޗަރގެ ނައިބު މަންސޫރު އަލް މުޝައިތީ އެވެ. މިއީ އެ މިނިސްޓްރީގެ ދަށުން ހިންގާ "ނޭޝަނަލް ޕްރޮގްރާމް ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ލައިވްސްޓޮކް އެންޑް ފިޝަރީޒް ސެކްޓަރ" ގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ބައެއް ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

މި އިސްނެގުމުގެ މައިގަނޑު މަގްސަދަކީ ޖަމާލާ ގުޅޭ މައުލޫމާތާއި، މިލްކުވެރިކަމާއި، ޖަމަލުގެ ނަސްލާއި ސިއްހީ ރެކޯޑުތައް އެއްތަނަކުން ބެލެހެއްޓޭނެ ރެގިއުލޭޓަރީ އަދި ޑިޖިޓަލް ނިޒާމެއް ގާއިމުކުރުން ކަމަށް ބުނެފައިވެ އެވެ. މީގެ ސަބަބުން ޖަމަލަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމުގައާއި، ބާޒާރުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމުގެ އިތުރުން، ކަމާބެހޭ އިދާރާތަކުން މި ދާއިރާ ބެލެހެއްޓުމަށް ރަސްމީކޮށް އަމަލު ކުރާނެ އުސޫލެއް ގާއިމު ކުރުން ކަމަށް ސައުދީ ގެޒެޓް އިން ބުނެފައިވެ އެވެ.

ސައޫދީ ސަރުކާރުން ހާމަކުރި ގޮތުގައި، ޖަމަލުގެ ޕާސްޕޯޓަކީ އޭ ވަނަވަރު އަންގައިދޭ ފުރިހަމަ ލިޔުމެކެވެ. މީގެ ތެރޭގައި މައިކްރޯޗިޕް ނަންބަރާއި، ޕާސްޕޯޓް ނަންބަރާއި، ޖަމަލަށް ކިޔާ ނަމާއި، އުފަން ތާރީޚާއި، ނަސްލާއި، ޖިންސް ބަޔާންކުރުމުގެ އިތުރުން، ކުލަޔާއި، އުފަންވި ތަނާއި، ޕާސްޕޯޓް ދޫކުރި ތާރީޚާއި ތަން ހިމެނެއެވެ. އަދި ޖަމަލުގެ ވަނަވަރު ކަށަވަރުކުރުމަށްޓަކައި އޭގެ ދެ ފަރާތުން ނަގާފައިވާ ފޮޓޯވެސް މި ޕާސްޕޯޓުގައި ހިމެނެ އެވެ.

މީގެ އިތުރުން، މި ޕާސްޕޯޓުގައި ޖަމަލަށް ދީފައިވާ ވެކްސިންތަކުގެ ތަފްސީލު ހިމެނޭ ހާއްސަ ބައެއް ހިމެނެ އެވެ. މި ބައިގައި ވެކްސިން ދިން ޑޮކްޓަރުގެ ނަމާއި، ސޮޔާއި އަދި ރަސްމީ ތައްގަނޑު ޖަހާފައި ހުންނާނެ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި ފިޔަވަޅުގެ ސަބަބުން ޖަމަލު އެއްތަނުން އަނެއްތަނަށް ގެންދިއުމާއި، މިލްކުވެރިކަން ބަދަލުކުރުމާއި، ރަސްމީ ލިޔެކިޔުންތައް ތަރުތީބުކުރެވި، ޖަމަލު ގަނެވިއްކުމުގެ މުއާމަލާތްތައް ހަރުދަނާވެގެންދާނެ އެވެ. މީގެ ސަބަބުން ޖަމަލުގެ ވެރިފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރެވި، ބާޒާރުގައި މުއާމަލާތްކުރާ ފަރާތްތަކުގެ މެދުގައި އިތުބާރު ބޮޑުވެގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މަސްދަރު: ސައުދީ ގެޒެޓް

ޖަމަލު ޕާސްޕޯޓްސައޫދީ އަރަބިއްޔާޖަމަލު

ކޮމެންޓް

އިތުރަށް ކިޔާލަން

އެފް-15 ބޯޓުތައް މަރާމާތު ކުރުމަށް ސައުދީ އިން އެމެރިކާ އަށް ތިން ބިލިއަން ޑޮލަރު

އެފް-15 ބޯޓުތައް މަރާމާތު ކުރުމަށް ސައުދީ އިން އެމެރިކާ އަށް ތިން ބިލިއަން ޑޮލަރު

04 ފެބުރުއަރީ 2026
ޔަމަންގެ ދެކުނު ފެކްޝަނަށް ސައުދީ އިން ގޮވާލީ ރިޔާޟް ކޮންފަރެންސްގައި ބައިވެރިވުމަށް

ޔަމަންގެ ދެކުނު ފެކްޝަނަށް ސައުދީ އިން ގޮވާލީ ރިޔާޟް ކޮންފަރެންސްގައި ބައިވެރިވުމަށް

03 ޖެނުއަރީ 2026
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

04 ނޮވެމްބަރު 2025
ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

12 ޑިސެމްބަރު 2024
މި ހައްޖުގައި 1301 މީހުން މަރުވި ކަމަށް ސައުދީ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފި

މި ހައްޖުގައި 1301 މީހުން މަރުވި ކަމަށް ސައުދީ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފި

24 ޖޫން 2024

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު