Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕޫޓިން މެދުއިރުމައްޗަށް

ޕޫޓިން މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން ކްރެމްލިންއިން އިއުލާންކޮށްފި

ރަޝިޔާގެ ލީޑަރު މޮސްކޯގައި އީރާނުގެ ޚާރިޖީ ވަޒީރާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ކްރެމްލިންއިން ބުނޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 5 ޑިސެމްބަރު 2023 | އަންގާރަ 15:57
ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިން

ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިން

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން ކްރެމްލިންއިން އިއުލާނުކޮށްފިއެވެ.

ޕޫޓިންގެ މި ދަތުރުފުޅުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާއި ސައޫދީ އަރަބިއްޔާއަށް ވަޑައިގެން، މެދުއިރުމަތީގެ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައި ވާކަމަށާއި، އެނބުރި ވަޑައިގަތުމަށްފަހު މޮސްކޯގައި އީރާނުގެ ރައީސާވެސް ބައްދަލުކުރައްވާނެ ކަމަށް ކްރެމްލިންއިން ބުނެއެވެ.

ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ، ރަޝިއާގެ ލީޑަރު ބުދަ ދުވަހު އެ ދެ ގައުމަށް ވަޑައިގެން، ތެލުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިސްރާއީލާއި ފަލަސްތީނުގެ މެދުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ އިތުރުން، ބައިނަލްއަގުވާމީ އަދި ސަރަހައްދީ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"އެހެން ނަމަވެސް އެންމެ ފުރަތަމަ ވެސް އޮންނާނީ ދެ ގައުމުގެ ގުޅުމުގެ މައްސަލަ،" އޯޕެކް ޕްލަސް ފޯމެޓްގެ ތެރެއިން މަޝްވަރާތައް ކުރިއަށް ގެންދާނެކަން ފާހަގަކުރައްވައި ޕެސްކޯވް ވިދާޅުވިއެވެ.

ރައީސްގެ ތަރުޖަމާނުވެސް ވިދާޅުވީ، ބުރާސްފަތި ދުވަހު ޕޫޓިން މޮސްކޯގައި އީރާނުގެ ރައީސް އިބްރާހީމް ރައީސީއާ ބައްދަލުކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އީރާނުގެ ތަސްނީމް ދައުލަތުގެ ނިއުސް އެޖެންސީން މީގެ ކުރިން ބުނެފައިވަނީ، ރައީސީގެ އަރިހުގައި ސަރުކާރުގެ އިސް ވެރިންގެ ވަފުދަކާއި އެގައުމުގެ ވިޔަފާރީގެ އަދި އިގްތިސާދީ ދާއިރާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ރަޝިޔާއާއި އީރާނުގެ ރައީސުން މޮސްކޯއާއި ތެހެރާނާ ދެމެދު ވިޔަފާރިއާއި، އިގްތިސާދީ އަދި ސިޔާސީ ގޮތުން އެއްބާރުލުން ދިނުމާއި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާއި، ޚާއްސަކޮށް ފަލަސްތީނުގެ ހާލަތާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެއެވެ.

ޕޫޓިން މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅަކީ ދުނިޔޭގެ ތެޔޮ އުފައްދާ އެންމެ ބޮޑު ގައުމުތައް ހިމެނޭ، އަދި ސައޫދީ އަރަބިއްޔާއާއި ރަޝިއާ އިސްކޮށް ހަރަކާތްތެރިވާ އޯޕެކް ޕްލަސް ގްރޫޕުން ދުނިޔޭގެ ތެލުގެ ބާޒާރު ހަމައަކަށް އެޅުވުމަށް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 2.2 މިލިއަން ފީފާއަށް ތެޔޮ އުފެއްދުން މަދުކުރާނެ ކަމަށް މިދިޔަ ހަފުތާގައި އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައި ކުރައްވާ ދަތުރުފުޅެކެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އުފެއްދުންތެރިކަމުގެ 40 އިންސައްތައަށްވުރެ ގިނަ އިންސައްތަ ހިއްސާކުރާ އެ ގްރޫޕުން އުފެއްދުންތެރިކަން ލިމިޓްކުރަން ނިންމީ، މީގެ ކުރިން އެ ގުރޫޕުން ނިންމި މިފަދަ ނިންމުމެއްގެ މުއްދަތު އަންނަ މަހު ހަމަވާތީ، ބާޒާރަށް ސަރޕްލަސްއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށެވެ.

ރަޝިއާޔޫއޭއީސައޫދީ އަރަބިއްޔާވްލަޑިމިއަރ ޕުޓިންއީރާން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
05 ޑިސެމްބަރު 2025

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު