Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަރަބް ލީގް ސަމިޓް

ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި

ރަފާ ސިޓީއަށް އަރާ ތިބި އިޒްރޭލް ސިފައިން ވަގުތުން ފޭބުމަށާއި، ގާޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލާ ސުލްހަ ގާއިމް ކުރުމަށްވެސް އަރަބް ލީގް ސަމިޓުން ފާސްކުރި

ރާއްޖެ އެމްވީ | 17 މެއި 2024 | ހުކުރު 04:49
މަނަމާގައި ބޭއްވި 33 ވަނަ އަރަބި ލީގު ސަމިޓްގައި އަރަބި ލީޑަރުންތައް

މަނަމާގައި ބޭއްވި 33 ވަނަ އަރަބި ލީގު ސަމިޓްގައި އަރަބި ލީޑަރުންތައް

ގާޒާ އަށް އަރާ ތިބި އިޒްރޭލް ސިފައިން ވަގުތުން ފޭބުމަށާއި، އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖެއް ފަލަސްތީނުގެ ހިފާފައިވާ ބިންތަކަށް ފޮނުވުމަށް އަރަބް ލީގް ގެ ގައުމުތަކުން ތާއީދު ކުރާ ކަމަށް އަރަބް ލީގްގެ 33 ވަނަ ސަމިޓުން ފާސް ކޮށްފި އެވެ.

ބަހްރެއިންގެ މަނާމާގައި ބުރާސްފަތި ދުވަހު އެއް ދުވަހުގެ މުއްދަތައް ބޭއްވި އަރަބް ލީގް ސަމިޓުން ފާސްކުރި "މަނާމާ ޑެކްލަރޭޝަން" ގައި ފަލަސްތީނުގެ މައްސަލަ ހައްލު ކުރުމަށް ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ގޮވާލައްވާފައިވާ ފަދައިން ބައިނަލް އަގްވާމީ ސުލްހައިގެ ކޮންފަރެންސެއް ބޭއްވުމަށް އަރަބް ލީގުގައި ހިމެނޭ 22 ގައުމުން ތާއީދު ކޮށްފައި ވެއެވެ.

ފަލަސްތީން ދައުލަތެއްގެ ގޮތުގައި ވީހާވެސް އަވަހަކަށް ބަލައިގަތުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލާ ބާރު އެޅުމަށް އަރަބް ލީގުގައި ހިމެނޭ ގައުމުތަކުގެ ޚާރިޖީ ވަޒީރުންނަށް ދެންނެވުމަށް ވެސް ކޮންފަރެންސްގައި ފާސްކުރި ގަރާރުގައި ވެއެވެ.

ރަފާ ސިޓީއަށް އަރާ ތިބި އިޒްރޭލް ސިފައިން ވަގުތުން އެތަނުން ފޭބުމަށާއި، ގާޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލާ ސުލްހަ ގާއިމް ކުރުމަށްވެސް އަރަބް ލީގް ސަމިޓުން ފާސްކުރި ގަރާރުގައި ވެއެވެ.

އދ. ގެ ފުރިހަމަ މެމްބަރުކަން ދިނުމާ ބެހޭ ގޮތުން 10 މެއި 2024 ގައި އދ. ގެ އާއްމު މަޖިލީހުން ފާސް ކުރި ކުރުމަށް އަރަބް ލީގުން މަރުހަބާ ކިޔާ ކަމަށާއި، ހަމަ މި ބީދައިން 18 އޭޕްރީލް 2024 ގައި އދ. ސެކުރިޓީ ކައުންސިލަށް ހުށަހެޅިފައިވާ ގޮތައް ފަލަސްތީންގެ މިނިވަންކަން ސެކިއުރިޓީ ކައުންސިލުން ބަލައިގަތުމަށްވެސް ގަރާރުގައި ގޮވާލާފައިވެއެވެ.

މީގެ އިތުރުން ސޫދާން އާއި ސީރިއާ އާއި ޔަމަން އާއި ލެބަނަން އާއި ލީބިޔާގައި ހިނގަމުންދާ ދާޚިލީ ހަމަ ނުޖެހުންތައް ނިމުމަކަށް ގެނައުމަށް ހުރިހާ ފަރާތްތަކަކުން މަސައްކަތް ކުރުމަށްވެސް ގަރާރުގައި ގޮވާލައިފައިވެއެވެ.

އަރަބި ލީގުސައޫދީ އަރަބިއްޔާފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޣައްޒާއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު