Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޙައްޖު 1445

ހުއްދަ ނެތި ހައްޖު ވުމަކީ ފާފައެއް: ސައުދީގެ ގްރޭންޑް މުފްތީ

ހައްޖުވެރިންނަށް އޭނާ ގޮވާލެއްވީ ސެކިއުރިޓީ އަދި އިދާރީ އޮފިޝަލުންގެ އިރުޝާދު ތަކަށް ބޯލެނބުމަށް

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 8 ޖޫން 2024 | ހޮނިހިރު 09:43
ހައްޖު ވިސާ ނޫން ވިސާއެއްގައި މެއި މަހުގެ 23ން ފެށިގެން ޖޫން 21 ގެ ނިޔަލަށް މައްކާ އަށް ދަތުރު ނުކުރެވޭނެ ކަމަށާއި މައްކާގައި ނުތިބެވޭނެ ކަމަށް ވަނީ ބުނެފައި

ހައްޖު ވިސާ ނޫން ވިސާއެއްގައި މެއި މަހުގެ 23ން ފެށިގެން ޖޫން 21 ގެ ނިޔަލަށް މައްކާ އަށް ދަތުރު ނުކުރެވޭނެ ކަމަށާއި މައްކާގައި ނުތިބެވޭނެ ކަމަށް ވަނީ ބުނެފައި

ހައްޖުގެ އަޅުކަން އަދާ ކުރުމާ ގުޅޭ ގޮތުން ސައުދީ ސަރުކާރުން އާއްމު ކޮށްފައިވާ ގަވައިދުތަކާ އެއްގޮތައް އަޅުކަމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހައްޖުގެ އަޅުކަން އަދާ ކުރާ ފަރާތްތަކަށް ސައުދީގެ ގްރޭންޑް މުފްތީ ޝެއިޚް އަބްދުލް އަޒީޒް އަލް އައްޝެއިޚް ވިދާޅުވެއްޖެއެވެ.

ހައްޖުވެރިންނަށް އޭނާ ގޮވާލެއްވީ ސެކިއުރިޓީ އަދި އިދާރީ އޮފިޝަލުންގެ އިރުޝާދު ތަކަށް ބޯލެނބުމަށެވެ.

ގްރޭންޑް މުފްތީ ޝެއިޚް އަލް އައްޝެއިޚް ވިދާޅުވީ، ސައުދީ ސަރުކާރުން ދޫކުރާ ހުއްދަ ނެތި ހައްޖުގެ އަޅުކަން އަދާ ކުރުން ވާނީ ފާފައެއް ކަމަށެވެ. އެއީ އިސްލާމީ ޝަރީއަތުގެ ހަމަތަކުން އެކަން އޮންނާނެ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ހުއްދަ ނެތި ހައްޖު ވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މުފްތީ ވިދާޅުވި ކަމަށް ސައުދީ ގެޒެޓް ނޫހުގައި ލިޔެފައިވެއެވެ.

މުފްތީ ވަނީ ހައްޖުގެ އަޅުކަން އަދާ ކުރުމަށް އަންނަ އެންމެންނަށް ވަގުތުގެ ބޭނުން އެންމެ ރަނގަޅަށް ހިފާ ދުއާ ކުރުމާ އަޅުކަމުގައި ވީހާވެސް ގިނަ ވަގުތު ހޭދަ ކުރުމަށް ގޮވާލައްވާފައެވެ.

ޙައްޖު 1445ސައޫދީ އަރަބިއްޔާމައްކާ

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2025

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

04 ނޮވެމްބަރު 2025
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ
04 ޖޫން 2025

ގަދަ ހޫނުގައި މިލިއަނަކަށް ވުރެ ގިނަ މުސްލިމުން މި އަހަރުގެ ހައްޖުގެ އަޅުކަން ފަށައިފި

04 ޖޫން 2025
ގަދަ ހޫނުގައި މިލިއަނަކަށް ވުރެ ގިނަ މުސްލިމުން މި އަހަރުގެ ހައްޖުގެ އަޅުކަން ފަށައިފި
12 ޑިސެމްބަރު 2024

ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

12 ޑިސެމްބަރު 2024
ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި
24 ޖޫން 2024

މި ހައްޖުގައި 1301 މީހުން މަރުވި ކަމަށް ސައުދީ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފި

24 ޖޫން 2024
މި ހައްޖުގައި 1301 މީހުން މަރުވި ކަމަށް ސައުދީ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފި
22 ޖޫން 2024

ގެފުޅުގެ ތަޅުދަނޑިކޮލުގެ ވެރިޔާ ޝެއިޚް ސާލިހް އަލް ޝައިބީ ނިޔާވެއްޖެ

22 ޖޫން 2024
ގެފުޅުގެ ތަޅުދަނޑިކޮލުގެ ވެރިޔާ ޝެއިޚް ސާލިހް އަލް ޝައިބީ ނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު