Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް

ރަމަޟާން އުމްރާވެރިންނަށް ފަސޭހައިން ބީއެމްއެލްއިން ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖައްސައިފި

ރަމަޟާން މަހު އުމްރާއަށްދާ ފަރާތްތަކަށް ޑޮލަރު ދޫކުރުމަށް ބީއެމްއެލް އިން ހަމަޖައްސާފައިވަނީ ފެބްރުއަރީ 8 އިން 26 އަށް، އަމީނީ މަގުގައި ހުންނަ ކަސްޓަމަރ ސަރވިސް ސެންޓަރުން. ގްރޫޕްތަކުގެ ލިސްޓުގައި ހިމެނޭ ކޮންމެ އުމްރާވެރިއަކަށް 500 ޑޮލަރު ގަނެވޭއިރު، ފައިސާ ދެއްކުމަށް ބޭނުންކުރެވޭނީ ހަމައެކަނި ބީއެމްއެލްގެ ޑެބިޓް ކާޑް. އަމިއްލަ ގޮތުން އުމްރާއަށްދާ ފަރާތްތަކުން ބޭންކުގެ ޕޯޓަލް މެދުވެރިކޮށް ޑޮލަރު ބުކްކުރުމުން، އެއާޕޯޓުން ޑޮލަރު ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައި.

ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 07:29
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި ބީއެމްއެލް 49 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައި ސަޕޯޓަރުން ތަރުހީބު ދެނީ - ޑިސެމްބަރު 24, 2025.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި ބީއެމްއެލް 49 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައި ސަޕޯޓަރުން ތަރުހީބު ދެނީ - ޑިސެމްބަރު 24, 2025. | ބީއެމްއެލް

ރަމަޟާން މަހު އުމްރާއަށްދާ ފަރާތްތަކަށް ޚާއްޞަކޮށްގެން، ރަޖިސްޓްރީކޮށްފައިވާ އުމްރާ ގްރޫޕްތަކާއެކު ދަތުރުކުރާ ފަރާތްތަކަށް ޑޮލަރު ގަނެވޭނެ އިންތިޒާމު 2026 ފެބްރުއަރީ 8 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފި ކަމަށް ބޭންކުން ބުނެފި އެވެ.

މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 8 އިން 26 އަށް، ބޭންކް ހުޅުވާފައި ހުންނަ ދުވަސްތަކުގައި އަމީނީ މަގުގައި ހުންނަ ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ސެންޓަރުންނެވެ. މި މުއްދަތުގައި ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރު 12:30 އަށް ޚިދުމަތް ދޭއިރު، ޑޮލަރު ގަތުމަށް ބޭނުންވާ ފަރާތްތަކަށް ނަންބަރު ދޫކުރާނީ އެ ސެންޓަރަށް ދިއުމުން އެވަގުތުގަ އެވެ.

މި އިންތިޒާމުގެ ދަށުން ޑޮލަރު ދޫކުރާނީ އުމްރާ ގްރޫޕްތަކުން ބޭންކަށް ހުށަހަޅާފައިވާ ރަސްމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް އެކަނި ކަމަށް ވެސް ބީއެމްއެލް އިން ބުނެފައިވެ އެވެ. ޑޮލަރު ގަންނަންދާއިރު އުމްރާވެރިޔާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ އަސްލު ގެންދަންޖެހޭނެއެވެ. އަދި އުމްރާވެރިޔާގެ ބަދަލުގައި އެހެން މީހަކު ޑޮލަރު ގަންނަންދާނަމަ، އެ މީހެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ އަސްލުވެސް ހުށަހަޅަންޖެހޭނެ އެވެ.

ބޭންކުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކޮންމެ އުމްރާވެރިއަކަށް ގަނެވޭނީ ގިނަވެގެން 500 އެމެރިކާ ޑޮލަރެވެ. އަދި އެއްފަހަރާ ގިނަވެގެން ފަސް އުމްރާވެރިންނަށް ވާވަރަށް ޑޮލަރު ގަނެވޭނެ އެވެ. ޑޮލަރަށް ފައިސާ ދެއްކުމަށް ބޭނުންކުރެވޭނީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ޑެބިޓް ކާޑުތައް އެކަންޏެވެ.

އަމިއްލަ ގޮތުން އުމްރާއަށްދާ ފަރާތްތަކުން ޑޮލަރު ގަތުމަށް ބޭނުންކުރަންޖެހޭނީ ބޭންކުގެ މިހާރުވެސް އޮންނަ ޔޫއެސްޑީ ބުކިންގ ޕޯޓަލްއެވެ. މިގޮތަށް ޕޯޓަލް މެދުވެރިކޮށް ޑޮލަރު ބުކްކުރާ ފަރާތްތަކަށް ޑޮލަރު ދޫކުރާނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިޕާޗަރ ހޯލުންނެވެ.

މި ޚިދުމަތް ދޭ މުއްދަތުގައި، މާލެ ސަރަހައްދުގެ ބީއެމްއެލްގެ އެހެން އެއްވެސް ބްރާންޗަކުން އުމްރާވެރިންނަށް ޑޮލަރު ދޫނުކުރާނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށް އެ ރަށެއްގައި ހުންނަ ބޭންކުގެ ބްރާންޗުތައް މެދުވެރިކޮށް ޑޮލަރު ގަތުމުގެ ޚިދުމަތް ކުރިއެކޭ ވެސް އެއްގޮތަށް ލިބިގެންދާނެ އެވެ.

ޢުމްރާބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2026

އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ އާއިލާއަކަށް 185،250ރ. ދޭން ހުކުމްކޮށްފި

03 ފެބުރުއަރީ 2026
އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ އާއިލާއަކަށް 185،250ރ. ދޭން ހުކުމްކޮށްފި
30 ޖެނުއަރީ 2026

ހުސްވި އަހަރުގެ ހަތަރު ވަނަ ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ބީއެމްއެލް އަށް 837.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހާމަ ކޮށްފި

30 ޖެނުއަރީ 2026
ހުސްވި އަހަރުގެ ހަތަރު ވަނަ ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ބީއެމްއެލް އަށް 837.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހާމަ ކޮށްފި
29 ޖެނުއަރީ 2026

ދަމަނަވެށިން ވެކްސިން ހުސްވެ، އުމްރާ ވެރިންނަށް ބައެއްކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި

29 ޖެނުއަރީ 2026
ދަމަނަވެށިން ވެކްސިން ހުސްވެ، އުމްރާ ވެރިންނަށް ބައެއްކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި
24 ޖެނުއަރީ 2026

ދިވެހީންގެ ރާއްޖެ، ދިވެހީންގެ ބޭންކު، އެކަމަކު ހުރިހާ މޮޅެއް ޗައިނާ ގެ ކުންފުނިތަކަށް!

24 ޖެނުއަރީ 2026
ދިވެހީންގެ ރާއްޖެ، ދިވެހީންގެ ބޭންކު، އެކަމަކު ހުރިހާ މޮޅެއް ޗައިނާ ގެ ކުންފުނިތަކަށް!
07 ޖެނުއަރީ 2026

އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދެ ދިވެހީން ނިޔާވުން: އޮޑިޓުގެ ޚިދުމަތްތެރިޔާ ވައިކަރަދޫ ރަޝީދު ހިމެނޭ

07 ޖެނުއަރީ 2026
އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދެ ދިވެހީން ނިޔާވުން: އޮޑިޓުގެ ޚިދުމަތްތެރިޔާ ވައިކަރަދޫ ރަޝީދު ހިމެނޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު