Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް

ހުސްވި އަހަރުގެ ހަތަރު ވަނަ ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ބީއެމްއެލް އަށް 837.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހާމަ ކޮށްފި

ބީއެމްއެލް ގެ 2025 ވަނަ އަހަރު ޖުމްލަ އާމްދަނީ 16.1 އިންސައްތަ އިތުރުވެ 5.5 ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ޖުމްލަ އެސެޓް ގެ އަގު 15 އިންސައްތަ އިތުރުވެ 55.7 ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ގޮސްފައިވޭ. އަހަރު ތެރޭގައި ބޭންކުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 10 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވޭ.

ރާއްޖެ އެމްވީ | 30 ޖެނުއަރީ 2026 | ހުކުރު 08:41
ބޭންކް އޮފް މޯލްޑިވްސް ގެ 2025 ވަނަ އަހަރު ޖުމްލަ އާމްދަނީ 16.1 އިންސައްތަ އިތުރުވެ 5.5 ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ގޮސްފައިވޭ.

ބޭންކް އޮފް މޯލްޑިވްސް ގެ 2025 ވަނަ އަހަރު ޖުމްލަ އާމްދަނީ 16.1 އިންސައްތަ އިތުރުވެ 5.5 ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ގޮސްފައިވޭ. | ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އެ ބޭންކަށް މިދިޔަ އަހަރު ރެކޯޑް މިންވަރެއްގެ މާލީ ކުރިއެރުމެއް ލިބިފައިވާކަން ހާމަވެއްޖެ އެވެ.

ބޭންކުން ބުނެފައިވާ ގޮތުގައި ހުސްވި އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ބޭންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 828.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި ވަނީ 837.5 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ. ބޭންކުން ހާމަކޮށްފައިވާ ގޮތުގައި މި ނަތީޖާ ހާސިލްކުރެވުނީ ބޭންކަށް ލިބޭ އާމްދަނީ އިތުރުވުމާ އެކު، ހިންގުމުގެ ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުގެ ސަބަބުންނެވެ.

2025 ވަނަ އަހަރުގެ މުޅި އަހަރަށް ބަލާއިރު، ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 16.1 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ޓެކްސް އަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 10 އިންސައްތަ އިތުރުވެ، 3.2 ބިލިއަން ރުފިޔާ އަށް އަރާފައެވެ. އަހަރު ނިމުނުއިރު ބޭންކުގެ ޖުމްލަ މުދަލުގެ އަގު (ޓޯޓަލް އެސެޓްސް) ވަނީ 15 އިންސައްތައިގެ ކުރިއެރުމަކާއެކު 55.7 ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އަދި އާމްދަނީއާ އަޅާބަލާއިރު ޚަރަދު ހުރި ނިސްބަތް (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ހުރީ 27 އިންސައްތައިގަ އެވެ.

މިދިޔަ 2025 ވަނަ އަހަރުގެ ތެރޭގައި ބޭންކުން ވަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އައު ލޯނުގެ ގޮތުގައި 10 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ. މީގެ އިތުރުން، ބޭންކުގެ ރައުސްމާލާއި ނަގުދު ފައިސާ ހުރި މިންވަރު (ކެޕިޓަލް އެޑިކުއަސީ އެންޑް ލިކުއިޑިޓީ ރޭޝިއޯ) ވަނީ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ މަތީގައި ހިފެހެއްޓިފައި ކަމަށް ބީއެމްއެލް އިން ހާމަ ކޮށްފައިވެ އެވެ. 

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2026

ދިވެހީންގެ ރާއްޖެ، ދިވެހީންގެ ބޭންކު، އެކަމަކު ހުރިހާ މޮޅެއް ޗައިނާ ގެ ކުންފުނިތަކަށް!

24 ޖެނުއަރީ 2026
ދިވެހީންގެ ރާއްޖެ، ދިވެހީންގެ ބޭންކު، އެކަމަކު ހުރިހާ މޮޅެއް ޗައިނާ ގެ ކުންފުނިތަކަށް!
29 ޑިސެމްބަރު 2025

"ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން 2000 އަށްވުރެ ގިނަ ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މިއަންނަ ޖަނަވަރީ މަހު ފަށާނެ"

29 ޑިސެމްބަރު 2025
"ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން 2000 އަށްވުރެ ގިނަ ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މިއަންނަ ޖަނަވަރީ މަހު ފަށާނެ"
18 ޑިސެމްބަރު 2025

މިއަހަރުގެ ސްޓާޓަޕް ގްރާންޓް ލިބޭ ފަރާތްތައް ހޮވައިފި

18 ޑިސެމްބަރު 2025
މިއަހަރުގެ ސްޓާޓަޕް ގްރާންޓް ލިބޭ ފަރާތްތައް ހޮވައިފި
15 ޑިސެމްބަރު 2025

ބޭންކް އޮފް މޯލްޑިވްސްގެ އިންޓަރންޝިޕް ޕްރޮގްރާމަށް މި އަހަރު ހޮވުނު ދަރިވަރުންނަށް މަރުހަބާ ކިޔައިފި

15 ޑިސެމްބަރު 2025
ބޭންކް އޮފް މޯލްޑިވްސްގެ އިންޓަރންޝިޕް ޕްރޮގްރާމަށް މި އަހަރު ހޮވުނު ދަރިވަރުންނަށް މަރުހަބާ ކިޔައިފި
03 ޖުލައި 2025

"ބީއެމްއެލްގެ 30 އިންސައްތައިގެ ފީ އަކީ ނުސީދާ ޓެކްސް އެއް، އެއީ ޤައިރު ޤާނޫނީ ކަމެއް"

03 ޖުލައި 2025
"ބީއެމްއެލްގެ 30 އިންސައްތައިގެ ފީ އަކީ ނުސީދާ ޓެކްސް އެއް، އެއީ ޤައިރު ޤާނޫނީ ކަމެއް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު