Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މައިންޑް ޗެމްޕްސް ޕްރީ ސްކޫލް

ސިންގަޕޫރުގެ މަޤުބޫލު މައިންޑް ޗެމްޕްސް ޕްރީ ސްކޫލް ރާއްޖޭގައި ހުޅުވައިފި

ޕްރީ ސްކޫލްގެ ލީޑިން ޓީޗަރު ފާތިމަތު ސައީދު ވިދާޅުވީ، މައިންޑް ޗެމްޕްސްގެ ޕްރީ ސްކޫލް ރާއްޖޭގައި ހުޅުވިގެން ދިޔުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށާއި، އެއީ އެތައް ބައެއްގެ ވަރަށް ބުރަ މަސައްކަތެއް ކަމަށް. އަދި އެ ޕްރީ ސްކޫލް އިން ކިޔަވައިގެން މުޖުތަމައު އަށް ފައިދާ ވާނެ އެތައް ދަރިވަރުންނަށް ނިކުންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2026 | އާދީއްތަ 06:56
މައިންޑް ޗެމްޕްސް ޕްރީ ސްކޫލް، މިއީ ސިންގަޕޫރުގެ ބެލެނިވެރިންގެ މެދުގައި ވެސް އެންމެ މަޤުބޫލުކަން ހޯދާފައިވާ ޕްރީ ސްކޫލް

މައިންޑް ޗެމްޕްސް ޕްރީ ސްކޫލް، މިއީ ސިންގަޕޫރުގެ ބެލެނިވެރިންގެ މެދުގައި ވެސް އެންމެ މަޤުބޫލުކަން ހޯދާފައިވާ ޕްރީ ސްކޫލް | ރާއްޖެ އެމްވީ

ސިންގަޕޫރުގެ ބެލެނިވެރިންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ މައިންޑް ޗެމްޕްސް ޕްރީ ސްކޫލް ރާއްޖޭގައި ހުޅުވައިފި އެވެ.

މި ޕްރީ ސްކޫލް ހުޅުވާފައި ވަނީ އާދިއްތަ ދުވަހު އެވެ. މިއީ ރާއްޖޭގައި މައިންޑް ޗެމްޕްސްގެ ޕްރީ ސްކޫލެއް ހުޅުވި ފުރަތަމަ ފަހަރު ކަަމަށްވާއިރު، މި ޕްރީ ސްކޫލުގައި ދަރިވަރުންނަށް ގިނަ އިންތިޒާމު ތަކެއް ވަނީ ހަމަޖައްސައިފަ އެވެ.

މައިންޑް ޗެމްޕްސް ޕްރީ ސްކޫލުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައި ވަނީ ޕްލޭ ގްރޫޕްގެ އިތުރުން، ނާސަރީ އަދި ކިންޑަ ގާޑަން އަށެވެ. އެގޮތުން ޕްލޭ ގްރޫޕް އަކީ 18 މަސް ދުވަހާއި، 30 މަސް ދުވަހުގެ ކުދިންނަށް ޚާއްސަ ކްލާސް ތަކެވެ. ނާސަރީގެ ތެރެެއިން އެން ވަން އަކީ، ތިން އަހަރުގެ ކުދިންނަށް ޚާއްސަ ކުލާހެވެ. އަދި އެން ޓޫ އަކީ ހަތަރު އަހަރުގެ ކުދިންނަށް ޚާއްސަ ކުލާހެވެ. 

މީގެ އިތުރުން ކޭ ވަން އަކީ އުމުރުން ފަސް އަހަރުގެ ކުދިންނަށް ޚާއްސަ ކުލާސްތައް ކަމަށްވާއިރު، ކޭ ޓޫ އަކީ އުމުރުން ހަ އަހަރުގެ ކުދިންނަށް ޚާއްސަ ކުލާސް ތަކެވެ. ފަސް ބުރިއަށް އިމާރާތް ކޮށްފައިވާ މި ޕްރީ ސްކޫލްގެ ގްރައުންޑް ފްލޯގައި ދަރިވަރުން ކުޅޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ. އަދި އެއް ވަނަ ފްލޯ އިން ފެށިގެން ހަތަރު ވަނަ ފްލޯ އަށް ވަނީ ކުލާސްތައް އިންތިޒާމު ކޮށްފަ އެެވެ.

މައިންޑް ޗެމްޕްސް ޕްރީ ސްކޫލްގެ ކުލާސް ރޫމެއްގެ އެތެރެ
މައިންޑް ޗެމްޕްސް ޕްރީ ސްކޫލްގެ ކުލާސް ރޫމެއްގެ އެތެރެ

ޕްރީ ސްކޫލްގެ ފަސް ވަނަ ފްލޯގައި ޖިމެއް ޤާއިމު ކޮށްފައިވާއިރު، މިއީ މައިންޑް ޗެމްޕްސް އިން ޚާއްސަ ކަމެއް ދީގެން ކުރިއަށް ގެންދާ ޖިމެކެވެ. އެގޮތުން އެއީ ނިއުރޯ މޫވްސް ޕްރޮގްރާމް ކުރިއަށް ގެންދަން ޚާއްސަ ކޮށްފައިވާ ޖިމަކަށްވާއިރު، އެ ޕްރޮގްރާމްގައި ހިމެނެނީ ދަރިވަރުންގެ ހަށިގަނޑުގެ ޙަރަކާތްތެރިކަން އިތުރު ކުރުމަށް ޚާއްސަ ޙަރަކާތް ތަކެވެ. މިއީ ވަކި މިންގަނޑެއްގެ ތެރެއިން ޓީޗަރުން ތަމްރީނު ވެގެން، އެކަމުގެ ޚާއްސަ ހުއްދަ އޮންނަ ޓީޗަރުންނަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމް އެކެވެ.

ޕްރީ ސްކޫލްއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޕްރީ ސްކޫލްގެ ލީޑިން ޓީޗަރު ފާތިމަތު ސައީދު ވިދާޅުވީ، މައިންޑް ޗެމްޕްސްގެ ޕްރީ ސްކޫލް ރާއްޖޭގައި ހުޅުވިގެން ދިޔުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށާއި، އެއީ އެތައް ބައެއްގެ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އަދި އެ ޕްރީ ސްކޫލް އިން ކިޔަވައިގެން މުޖުތަމައު އަށް ފައިދާ ވާނެ އެތައް ދަރިވަރުންނަށް ނިކުންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. 

މީގެ އިތުރުން އޭނާ ވިދާޅުވީ، މައިންޑް ޗެމްޕްސް ޕްރީ ސްކޫލްގެ ހުރިހާ ޓީޗަރުންނަކީ ވެސް ވަކި ތަމްރީނު ތަކެއް ފުރިހަމަ ކޮށްފައިވާ ޓީޗަރުން ކަމަށެވެ. އެގޮތުން އެ ޓީޗަރުން ވަނީ ސިންގަޕޫރަށް ގޮސް، މައިންޑް ޗެމްޕްސްގެ ތަމްރީނުތައް ފުރިހަމަ ކޮށްފައިވާ ކަމަށާއި، އޭގެ ފަހުން މައިންޑް ޗެމްޕްސްގެ ޓީމެއް ރާއްޖެ އައިސް ވެސް ޓީޗަރުން ތަމްރީނު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. 

މައިންޑް ޗެމްޕްސް އިންޓަނޭޝަނަލް ޕްރީ ސްކޫލް ތައުލީމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓެކްސްޓް ފޮތްތައް ހަމަޔަށް ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނި ނަމަވެސް އައު އަހަރުގެ ކިޔަވައިދޭން ފެށި އިރު ސްކޫލްތަކަށް ފޮތްތައް ހަމަ އެއް ނުވޭ

ޓެކްސްޓް ފޮތްތައް ހަމަޔަށް ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނި ނަމަވެސް އައު އަހަރުގެ ކިޔަވައިދޭން ފެށި އިރު ސްކޫލްތަކަށް ފޮތްތައް ހަމަ އެއް ނުވޭ

27 ޖެނުއަރީ 2026
ތައުލީމާ ބެހޭ ވަޒީރު ފަޚުރުވެރިކަމާ އެކު ފާހަގަ ކުރައްވަނީ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ދަރިވަރުން އައިސް މާލެ ސަރަހައްދަށް ޖަމާވެއްޖެ ކަމަށް

ތައުލީމާ ބެހޭ ވަޒީރު ފަޚުރުވެރިކަމާ އެކު ފާހަގަ ކުރައްވަނީ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ދަރިވަރުން އައިސް މާލެ ސަރަހައްދަށް ޖަމާވެއްޖެ ކަމަށް

27 ޖެނުއަރީ 2026
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

28 ޖޫން 2025
ކިޔަވައިގެން ތިބި މީހުންގެ ދައުރު އަދާކުރުމުގައި ފަރުވާކުޑަވެއްޖެ ނަމަ މުޖުތަމައުދާނީ ފަހަތަށް، ޖެހޭނީ އިޖުތިމާއީ ބަލިތައް: ރައީސް

ކިޔަވައިގެން ތިބި މީހުންގެ ދައުރު އަދާކުރުމުގައި ފަރުވާކުޑަވެއްޖެ ނަމަ މުޖުތަމައުދާނީ ފަހަތަށް، ޖެހޭނީ އިޖުތިމާއީ ބަލިތައް: ރައީސް

20 އެޕްރީލު 2025

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު