Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިރާސީ އަހަރު ބަދަލު ކުރުމުން ލިބޭ ގެއްލުން

ދިރާސީ އަހަރު ބަދަލުކުރުމުން އެންމެ ބޮޑު ގެއްލުމެއް ވާނީ މިހާރު ގްރޭޑް 8ގައި ތިބި ކުދިންނަށް - އިހުސާން

12 ޖެނުއަރީ 2024 | ހުކުރު 13:34

އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުގެ ނިންމުމާއި ގުޅިގެން ދަރިވަރުންނަށް ލިބޭ ގެއްލުން ކަމަށް އިހުސާން ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ޖެނުއަރީ 2024 | ހުކުރު 13:34
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން

ދިރާސީ އަހަރު ބަދަލު ކުރުމުން އެންމެ ބޮޑު ގެއްލުމެއް ވާނީ ގްރޭޑް 8ގެ ކުދިންނަށް ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން ވިދާޅުވެއްޖެއެވެ.

އިހުސާން އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އިހުސާން ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުގެ ނިންމުމާއި ގުޅިގެން ދަރިވަރުންނަށް ލިބޭ ގެއްލުން ކަމަށެވެ. އިހުސާން ވިދާޅުވީ ދިރާސީ އާ އަހަރު ފަށާ ތާރީހު ބަދަލުކުރުމުން އެންމެ ބޮޑު ފައިދާ އެއް ވާނީ ގްރޭޑް 8ގެ ދަރިވަރުންނަށް ކަމަށް ބުނި ނަމަވެސް އެކަން އޮތީ އެހެން ނޫން ކަމަށެވެ. އިހުސާން ވަނީ 8ގެ ދަރިވަރުންނަށް ގެއްލުންވާނެ ކަމަށް ފާހަގަކުރައްވާ ސަބަބު ތަފްސީލްކޮށްދެއްވާފައެވެ.

މިހާރު ދަރިވަރުންގެ ކިޔެވުން ތަރުތީބުވެފައިވާ ގޮތުން، ރާއްޖޭގެ ކަރިކިއުލަމްގެ ތެރެއިން ދަރިވަރުންގެ ކިޔެވުން ކުރިއަށް ގޮސް ގްރޭޑް 8ގެ ފުރަތަމަ ޓާމް ނިމި، ދެ ވަނަ ޓާމް ފެށޭތަނުން ދަރިވަރުން ސްޓްރީމްކުރާ ކަމަށެވެ. އެހެންކަމުން ދަރިވަރުން ޖެހެނީ މިހާރު އެކުދިން ކިޔަވަމުންދާ އެއްޗެއް ހުއްޓާލާފައި ގްރޭޑް 9 ގައި އެކުދިން ކިޔަވަން ޖެހޭ ބައިތައް ފަށަން ކަމަށް އިހުސާން ވިދާޅުވިއެވެ. އެހެންކަމުން އެއީ އެއް ޓާމްގެ ކިޔެވުން ދޫކޮށްލުން ކަމަށް އިހުސާން ވަނީ ފާހަގަކުރައްވާފައެވެ.

އިހުސާން ވިދާޅުވީ އެ ނިންމުމަށް ތާއީދުކުރާ ބައެއް މުދައްރިސުން ވިދާޅުވާ ގޮތުން އެކުދިން ކޮމްބައިންޑް ސައިންސާއި، ކޮމްބައިންޑް ބިޒްނަސް ސްޓްރީމް ކިޔަވާނެ ކަމަށެވެ. އެހެންވީމަ އެމާއްދާތަކުގައި ހިމެނިފައި ހުރި ބައިތަކަކީ މިހާރު ވެސް އޯލެވަލްގައި ހިމެނޭ ބައިތައް ކަމަށް އެފަދަ ބޭބޭފުޅުން ވިދާޅުވާ ކަމަށެވެ. އެހެންވީމަ އެކުދިންނަށް އެކަމުގެ ސަބަބުން ގެއްލުމެއް ނުވާނެ ކަމަށް އެކަމަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުންދާ ކަމަށެވެ.

އެކަމާއި ގުޅޭގޮތުން އިހުސާން ވިދާޅުވީ އެ ދަރިވަރުން ކިޔަވަނީ ހަމައެކަނި ކޮމްބަައިންޑް ސައިންސްއާއި ކޮމްބައިންޑް ބިޒްނަސް ނޫން ކަމަށެވެ. އެ ކުދިން މެތަމެޓިކްސް، ދިވެހި އިސްލާމް، ސޯޝަލް ސްޓަޑީސް އަދި އެ ނޫން މާއްދާތައް ވެސް ގްރޭޑް 8 ގައި ކިޔަވާނެކަން އިހުސާން ފާހަގަކުރެއްވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ ދަރިވަރުންނަށް އެކަށީގެންވާ ސްޓްރީމެއް ރަނގަޅަށް ޚިޔާރު ކުރެވޭނީ ދެވަނަ ޓާމްގެ އިމްތިހާން ހަދައި އޭގެ ނަތީޖާ ނުކުތީމަ ކަމަށެވެ. އެހެންނަމަވެސް އެ ފުރުސަތު އެކުދިންނަށް ނުލިބުނު ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. އެ ފުރުސަތު ނުލިބުމުން ސްޓްރީމެއް ޚިޔާރުކުރުމުގެ ނިންމުން ކުއްލިއަކަށް ނިންމަންޖެހުނީމަ އެކުދިން ގެ ނިންމުމަކީ ކުރިން ދެވަނަ ޓާރމްގެ އިމްތިހާނަށް ފަހު ނިންމި ނިންމުމާއި އެއްގޮތް ވާނެތޯ އިހުސާން ސުވާލު އުފެއްދެވިއެވެ. އެހެންކަމުން އެ އެފުރުސަތު ދަރިވަރުންނަށް ނުލިބުމުން އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

ނިމިދިޔަ ސަރުކާރުން ކަރިކިއުލަމްގެ މުޅި މަންހަޖު ފަރުމާ ކޮށްފައި އޮތީ އެގޮތަށް ކަމަށާއި ގްރޭޑް 7،8 އެއީ އޯލަވަލް ކުދިން ކިޔަވާ މާއްދާތަކަށް ތައްޔާރުވުމަށްޓަކައި ބޭނުންވާ އަސާސީ ބައިތައް ހިމަނައިގެން އެކުލަވާފައިވާ ސިލަބަސްތަކެއް ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އެހެންވީމަ އެ ގްރޭގްގައި ހިމެނޭ ބައިތައް ފުރިހަމަ ކުރުމުގެ ފުރުސަތު އެކުދިންނަށް ނުދީ ދެން އެކުދިން ކުރިއަށް އޮތް އޯލަވަލްގެ ސިލަބަސްތައް ކިޔަވަން ފެށުމަކީ ލިބޭ ބޮޑު ގެއްލުމެއް ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

ތައުލީމް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2025

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ
28 ޖޫން 2025

މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

28 ޖޫން 2025
މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު
20 އެޕްރީލު 2025

ކިޔަވައިގެން ތިބި މީހުންގެ ދައުރު އަދާކުރުމުގައި ފަރުވާކުޑަވެއްޖެ ނަމަ މުޖުތަމައުދާނީ ފަހަތަށް، ޖެހޭނީ އިޖުތިމާއީ ބަލިތައް: ރައީސް

20 އެޕްރީލު 2025
ކިޔަވައިގެން ތިބި މީހުންގެ ދައުރު އަދާކުރުމުގައި ފަރުވާކުޑަވެއްޖެ ނަމަ މުޖުތަމައުދާނީ ފަހަތަށް، ޖެހޭނީ އިޖުތިމާއީ ބަލިތައް: ރައީސް
12 ޖެނުއަރީ 2024

ދިރާސީ އާ އަހަރު ބަދަލުކުރުމުން ގާތްގަކަށް 4-5 މަސް ވަންދެން ގްރޭޑް 10ގެ ދެ ބެޗް އޮންނާނެ - އިހުސާން

12 ޖެނުއަރީ 2024
ދިރާސީ އާ އަހަރު ބަދަލުކުރުމުން ގާތްގަކަށް 4-5 މަސް ވަންދެން  ގްރޭޑް 10ގެ ދެ ބެޗް އޮންނާނެ - އިހުސާން
26 މެއި 2023

ތައުލީމީ ދާއިރާގެ ތަރައްގީ ސުމަކުން ސަތޭކަޔަށް

26 މެއި 2023
ތައުލީމީ ދާއިރާގެ ތަރައްގީ ސުމަކުން ސަތޭކަޔަށް
08 މެއި 2023

ރާއްޖޭގެ ޝަރަފުވެރި ނަމޫނާ މަދުރަސާ, އިސްކަންދަރު ސްކޫލަށް 62 އަހަރު!

08 މެއި 2023
ރާއްޖޭގެ ޝަރަފުވެރި ނަމޫނާ މަދުރަސާ, އިސްކަންދަރު ސްކޫލަށް 62 އަހަރު!
08 ފެބުރުއަރީ 2023

ހެޔޮ ރަނގަޅު މުޖުތަމައެެއް ބިނާކުރުމަށް ޒުވާނުންނަށް އިޖުތިމާއީ ތައުލީމު ދޭންޖެހިފައި

08 ފެބުރުއަރީ 2023
ހެޔޮ ރަނގަޅު މުޖުތަމައެެއް ބިނާކުރުމަށް ޒުވާނުންނަށް އިޖުތިމާއީ ތައުލީމު ދޭންޖެހިފައި
07 ސެޕްޓެމްބަރު 2022

ލިޔަންކިޔަން ނުދަންނަ ކަމަށް ފާހަގަކުރެވޭ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމުގެ މަސައްކަތް ފަށައިފި

07 ސެޕްޓެމްބަރު 2022
ލިޔަންކިޔަން ނުދަންނަ ކަމަށް ފާހަގަކުރެވޭ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމުގެ މަސައްކަތް ފަށައިފި
30 އޯގަސްޓު 2022

ވޭމަންޑޫ ސްކޫލްގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް ނުނިންމާތީ އެއްބަސްވުން އުވާލާނެކަމުގެ އިންޒާރު ދީފި

30 އޯގަސްޓު 2022
ވޭމަންޑޫ ސްކޫލްގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް ނުނިންމާތީ އެއްބަސްވުން އުވާލާނެކަމުގެ އިންޒާރު ދީފި
12 އޯގަސްޓު 2022

ދަރިވަރުންގެ އުނގެނުމާއި، އިއްފަތްތެރިކަމާއި އަހުލާގާއި ސްލޫކަށް މުދައްރިސުން ސަމާލުކަންދޭންޖެހޭ - ޚުތުބާ

12 އޯގަސްޓު 2022
ދަރިވަރުންގެ އުނގެނުމާއި، އިއްފަތްތެރިކަމާއި އަހުލާގާއި ސްލޫކަށް މުދައްރިސުން ސަމާލުކަންދޭންޖެހޭ - ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް