Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ރާއްޖޭގެ ޝަރަފުވެރި ނަމޫނާ މަދުރަސާ, އިސްކަންދަރު ސްކޫލަށް 62 އަހަރު!

ދިވެހިރާއްޖޭގެ ފުރަތަމަ މޮންޓެސޫރީ އިސްކޫލް ހުޅުވުނީ މައްޗަންގޮޅީ ޗާންދަނީމަގުގައި 1940ގެ އަހަރުތަކުގައި މައްޗަންގޮޅީ އަވަށު މަދުރަސާ "މަދުރަސަތުލްޙަމީދިއްޔާ" އިމާރާތުގަ

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 8 މެއި 2023 | ހޯމަ 11:26
އިސްކަންދަރު ސްކޫލު

އިސްކަންދަރު ސްކޫލު

ދިވެހިރާއްޖޭގައި މޮންޓެސޫރީ އިސްކޫލެއް ހުޅުވުނީ 10 މޭ 1961 ގައެވެ.

އެތައްހާސް ދިވެހިންގެ ތައުލީމުގެ ފުރަތަމަ ބިންގާ ކަމުގައިވި، ރާއްޖޭގެ އެންމެ ފަޚުރުވެރި އެންމެ ގަދަރުވެރި މަދުރަސާއެއްވެސްމެއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ މޮންޓެސޫރީ އިސްކޫލް ހުޅުވުނީ މައްޗަންގޮޅީ ޗާންދަނީމަގުގައި 1940ގެ އަހަރުތަކުގައި މައްޗަންގޮޅީ އަވަށު މަދުރަސާ "މަދުރަސަތުލްޙަމީދިއްޔާ" އިމާރާތުގައެވެ.

10 މޭ 1961 ގައި "ޙަމީދިއްޔާ މޮންޓެސޫރީ ސްކޫލް" ގެ ނަމުގައި މި އިސްކޫލް ހުޅުއްވައިދެއްވީ ވަޒީރުލްމަޢާރިފްގެ ޤާއިމުމަޤާމު (އެކްޓިންގ މިނިސްޓަރ އޮފް އެޑިޔުކޭޝަން) ވަޒީރުއްދާޚިލިއްޔާ (މިނިސްޓަރ އޮފް ހޯމް އެފެއާޒް) އަދި ވަޒީރުލްއައުޒަމްގެ ނައިބު (ޑެޕިއުޓީ ޕްރައިމް މިނިސްޓަރ) ޞާޙިބުއްސަޢާދަތު އިބްރާހީމް ރަޝީދެވެ.

މޮންޓެސޫރީ އިސްކޫލުގައި ތައުލީމުދޭން ފެށުނީ 2 އަހަރާއި 6 އަހަރާ ދެމެދުގެ އެންމެ ތުއްތުކުދިންނަށެވެ.

މޮންޓެސޫރީ ސްކޫލަށް ބިނާކުރެވުނު ޚާއްޞަ އިމާރާތް އަދި "ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލް" ގެ ނަމުގައި އައު އިސްކޫލު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ 1965) އަދި އެކިލެގެފާނުގެ އަނބިކަނބަލުން (ފަސްޓްލޭޑީ) މެޑަމް އަންނަބީލާ ނަސީމާ މުޙައްމަދު (ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ 2011) އެވެ. އެއީ 1970 ވަނަ އަހަރުއެވެ.

(މި އިމާރާތް އިސްކަންދަރު ސްކޫލްގައި ފެންނަން އެބަހުއްޓެވެ. މީގެ 50 އަހަރުކުރިޔަށް ބަލާއިރު ވަރަށް ފުރިހަމަ އިމާރާތެކެވެ. މިޒަމާނަށްވެސް އެކަށޭނަ ޒަމާންތަކަށް ދެމެހެއްޓޭނެ ވަރުގަދަ ބިނާއެއްވެސްމެއެވެ.)

ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލް"ގެ ނަން "އިސްކަންދަރު މޮންޓެސޫރީ ސްކޫލް" ނަމަށް 1979 ވަނަ އަހަރު ބަދަލުކުރިއެވެ. އަދި މި ނަން "އިސްކަންދަރު ސްކޫލް" ގެ ނަމަށް ބަދަލުކުރީ 1980ގައެވެ.

އިސްކަންދަރު ސްކޫލަށް މި މޭމަހު 10ވަނަ ދުވަހު 62 އަހަރު ފުރުނީ އެވެ. މޮންޓެސޫރީން ފެށުނު ތައުލީމު ޕުރައިމަރީ ތައުލީމުން ސެކަންޑަރީ ތައުލީމުން ކުރިއެރުމުގެ ނަމޫނާ ސްކޫލެކެވެ.

ދިވެހިރާއްޖޭގެ "ރޮޔަލް" ސްކޫލެވެ! 60 އަހަރުގެ ތެރޭގައި އެެތައްހާސް ތައުލީމީ ދަރިންގެ ތައުލީމީ ބިންގަލަކީ މިފަޚުރުވެރި ޝަރަފުވެރި މަދުރަސާއެވެ.

ރާއްޖޭގެ މަދުރަަސީ ތައުލީމުގެ ތާރީޚަށް ބަލާއިރު، ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ (1932)އިން ދިވެހި ރައްޔިތުންކިޔެވުން ލާޒިމުކުރެއެވެ. އަދި އުނގެނުމާއި އުނގަންނައިދިނުމުގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް ލިބިދީފައިވެއެވެ.

ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ (1932) ގެ 14 ވަނަ މާއްދާގައިވެއެވެ. "ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް ޤުރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި، ތާނައަކުރު ލިޔާންކިޔާން ދަސްކުޅައުމަކީ މިޤާނޫނުއަސާސީ ލާޒިމުކުރާކަމެކެވެ."

15ވަނަ މާއްދާގައިވެއެވެ. "ޤާނޫނަށާއި އަދަބުތަކަށް ޚިލާފުނުވާގޮތުގެމަތިން ކިޔެވުމާއި، ކިޔަވައިދިނުމީ، މިނިވަންކަން ލިބިގެންވާ ކަމެކެވެ."

1932ން 1933ށް 1 އަހަރުގެތެރޭގައި އެންމެ ފުރަތަމަ ފާސްވި ޤާނޫނުތައް ތަޢުލީމާއި ޢިލްމާޢީ އުނގެނުމާބެހޭ ބައެއް ޤާނޫނުތައް ހިމެނެއެވެ. އެގޮތުން ޤުރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި ތާނައަކުރު ދަސްކުޅައުމުގެ ޤާނޫނު، އަމިއްލަ ސަނަދުތަކުގައި އިސްޓޭމްޕް ޖެހުމުގެ ޤާނޫނު ހިމެނެއެވެ.

ޤުރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި ތާނައަކުރު ދަސްކުޅައުމުގެ ޤާނޫނަކީ، ފުރަތަމަ ޤާނޫނުއަސާސީގެ 14ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤު ލިބިދިނުމަށްޓަކައި، ފުރަތަމަ ޤާނޫނުއަސާސީއަށް އަހަރެެއްވެސް ނުވަނީސް ހެދުނު ޤާނޫނެކެވެ.

ދިވެހިރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ވަޒީރުލް މަޢާރިފް (ރާއްޖޭގެ ފުރަތަމަ މިނިސްޓަރ އޮފް އެޑިޔުކޭޝަން) އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ، ޤާނޫނުއަސާސީގެ ތައުލީމާއި އުނގެނުމުގެ މާއްދާތަކާއި ކަމާބެހޭ ޤާނޫނުތައް ތަންފީޒު ކުރައްވަން 1932ން 1933ށް މަސައްކަތްކުރެެއްވިއެވެ.

އަދި މަދުރަސަތުއްސަނިއްޔާގަައި އަންހެން ދަރިވަރުންނަށް ތަޢުލީމު ދެއްވަން ފެށްޓެވީވެސް 1933ގަައި އެމަނިކުފާނެވެ.

އެއަށްފަހު އައީ އަލްއަމީރު ޙަސަން ފަރީދު ދީދީގެ ދައުރެވެ. ތަޢުލީމު ހީނަރުވިއެވެ. އެކަމަކު ދިވެހިބަހާއި އަދަބީ ސަގާފީ ކަންކަން ކުރިޔަށްދިޔައެވެ.

ދެންއައި އަމީނީ ދައުރުގައި ތައުލީމުދިނުން އުގަންނައިދިނުން "މެކުހަށް" ޖެއްސެވިއެވެ. ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު ސަރުކާރު ހިންގެވިއިރު (1954-1957) ގައި ހިންގެވި އިލްޒާމީ ތަޢުލީމުގެ ޤާނޫނުވެސް ހިނގަމުންދިޔައެވެ.

މިޤާނޫނުގެ ދަށުން ލާޒިމުކަންކަން އުނގަންނަައިދެއްވުމަށް ދައުލަތުގެ ފަރާތުން ރާއްޖޭގެ ކޮންމެ ރަށެއްގައި މުދައްރިސުން ކަނޑައަޅުއްވައިގެން ހުރިހާ ރަށެއްގައި އުނގަންނައިދެއްވިއެވެ.

އިސްކަންދަރު ސްކޫލްތައުލީމް

ކޮމެންޓް

އިތުރަށް ކިޔާލަން

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

28 ޖޫން 2025
ކިޔަވައިގެން ތިބި މީހުންގެ ދައުރު އަދާކުރުމުގައި ފަރުވާކުޑަވެއްޖެ ނަމަ މުޖުތަމައުދާނީ ފަހަތަށް، ޖެހޭނީ އިޖުތިމާއީ ބަލިތައް: ރައީސް

ކިޔަވައިގެން ތިބި މީހުންގެ ދައުރު އަދާކުރުމުގައި ފަރުވާކުޑަވެއްޖެ ނަމަ މުޖުތަމައުދާނީ ފަހަތަށް، ޖެހޭނީ އިޖުތިމާއީ ބަލިތައް: ރައީސް

20 އެޕްރީލު 2025
"ގާނޫނު އަސާސީގެ ދިފާއުގައި" ޖަލްސާއަށް ދާ މީހުންނަށް ހުރަސް އަޅަން ސަރުކާރުން އިވެންޓްތައް ބާއްވާ އެތަނަށް ދާން މަޖުބޫރުކުރަނީ

"ގާނޫނު އަސާސީގެ ދިފާއުގައި" ޖަލްސާއަށް ދާ މީހުންނަށް ހުރަސް އަޅަން ސަރުކާރުން އިވެންޓްތައް ބާއްވާ އެތަނަށް ދާން މަޖުބޫރުކުރަނީ

10 ޑިސެމްބަރު 2024
ދިރާސީ އާ އަހަރު ބަދަލުކުރުމުން ގާތްގަކަށް 4-5 މަސް ވަންދެން  ގްރޭޑް 10ގެ ދެ ބެޗް އޮންނާނެ - އިހުސާން

ދިރާސީ އާ އަހަރު ބަދަލުކުރުމުން ގާތްގަކަށް 4-5 މަސް ވަންދެން ގްރޭޑް 10ގެ ދެ ބެޗް އޮންނާނެ - އިހުސާން

12 ޖެނުއަރީ 2024

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު