Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެންޑީއެފް

އެމްއެންޑީއެފުން އއ.މަތިވެރީގައި ނިޔަމިކަމުގެ ކޯހެއް ފަށައިފި

މި ކޯހުގައި 38 ފަރާތެއް ބައިވެރިވެފައިވޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2017 | ބުދަ 18:58
މަތިވެރީގައި ކުރިއަށްގެންދާ ކޯހުގެ ތެރެއިން

މަތިވެރީގައި ކުރިއަށްގެންދާ ކޯހުގެ ތެރެއިން

އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން، އއ.މަތިވެރީގައި ނިޔަމި ކަމުގެ ކޯހެއް ފަށައިފިއެވެ.

މިމަހުގެ 12 އިން 15 އާއި ހަމައަށް އއ.މަތިވެރީގައި ކުރިއަށް ގެންދާ މި ކޯހުގައި 38 ފަރާތެއް ބައިވެރިވެފައިވެއެވެ. އެމްއެންޑީއެފުން ބުނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޔަމި ކަމުގެ ކޯހުގެ ދެވަނަ މިންގަނޑަށް ހިންގާ މި ކޯހުގައި، 30 ގަޑިއިރުގެ ކުލާސްތަކެއް ނަގައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ކޯހުގައި ކަނޑު އުޅަނދުފަހަރުގެ ތެރެއިން ބީ، ސީ، ޑީ އަދި އީ ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގައި އަމަލުކުރަން ޖެހޭ ގޮތްތައް އުނގަންނައިދޭނެ ކަމަށްވެސް އެ ބާރުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މި ކޯހުގައި އުނގަންނައި ދެމުންދާ ބައިތަކުގެ ތެރޭގައި، ނެވިގޭޝަން، ކޮމިޔުނިކޭޝަން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ޞިއްޙީ ފުރަތަމައެހީ، ކަނޑުގެ ޤާނޫނާއި ޤަވާޢިދު އަދި ޗާޓް ވަރކްސް ހިމެނެއެވެ. ސިފައިން ބުނީ މިކޯހުގައި ކިޔަވާދެއްވަނީ، ނެވިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކޮށްފައިވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ކަމަށެވެ.

ނިޔަމިކަމުގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ގޮތުން އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް އާއި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން ކުރިއަށްގެންދާ ކޯސްތަކުގެ ތެރެއިން، މިއީ، މިއަހަރުގެ ތެރޭގައި ހިންގޭ މިފަދަ 39 ވަނަ ނިޔަމިކަމުގެ ކޯހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު