Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޕްރައިމަރީ

ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ އަށް މި ސަރުކާރުން ދަނީ ހުރަސް އަޅަމުން: އެމްޑީޕީ

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލާނަމަ ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ގިނަ މީހުންނަށް ދީފައިވާކަން ފަލާހު ފާހަގަކުރެއްވި. ފަލާހު ވިދާޅުވީ އެމްޑީޕީ ނޫން ފިކުރެއް ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރައްޔިތުންނަށް ބިރު ދައްކާ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2026 | ހޯމަ 09:21
ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީ ގެ މުގައްރިރު މުހައްމަދު ފަލާހު ވާހަކަ ދައްކަވަނީ

ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީ ގެ މުގައްރިރު މުހައްމަދު ފަލާހު ވާހަކަ ދައްކަވަނީ | އެމްޑީޕީ

ލޯކަން ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީ އަށް މިސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީ ގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އަކީ އާދައިގެ ޕްރައިމަރީއެއް ނޫން ކަމަށާއި، އެއީ ވަރަށް ވާދަވެރިކަމާއެކު ކުރިއަށްދާ އިންތިޚާބެއް ކަމަށެވެ. އަދި މިހާރު ވެސް ވަރަށް ގަދައަށް ކެންޕޭންގެ ހަރަކާތްތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަބަދުވެސް ޑިމޮކްރަސީގެ އުސޫލުން ޕްރައިމަރީތައް ބާއްވަނީ އެމްޑީޕީން ކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ މި ޕްރައިމަރީ އަށް ސަރުކާރުން ވަރަށް ބޮޑަށް ހުރަސް އަޅަމުންދާ ކަމަށެވެ. އަދި ޕްރައިމަރީގައި ވޯޓުލާނަމަ ވަޒީފާއިން ކަނޑާލާނެ ކަމުގެ އިންޒާރު ވަރަށް ގިނަ މީހުންނަށް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޕްރައިމަރީ ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު މިއަދުގެ ސަރުކާރުން އަޅުގަނޑުމެންގެ ޕްރައިމަރީއަށް  ހުރަސް އެޅުމަށްޓަކައި ކަންކަން ކުރަމުން އެބަ ގެންދޭ. އަޅުގަނޑަށް ކޮންމެ ދުވަހަކު ވެސް އެތައް ބައިވަރު ކޯލެއް ލިބެމުން އެބަދޭ ތިމަންނަމެން ވޯޓުލާން ގޮސްފިއްޔާމުން ވެސް ވަޒީފާ ކަނޑާލާނެ ކަމުގެ އިންޒާރު އެބައާދޭ. ވަރަށް ގިނަ އެމްޑީޕީގެ މެންބަރުން ރާއްޖޭގެ އެކި ކުންފުނިތަކުގައި މަސައްކަތް ކުރޭ. އެ ކުދިންނަށް މަސައްކަތް ކުރުމުގެ ޖާގަ ލިބިފައި އެކުދީން އެކި ފަހަރުގެ މަތީން އެކި ކަންކަމުގައި ބައިވެރިވީމަ ދެފަހަރު އިންޒާރު ދީފައި އެއްފަހަރު އިންޒާރު ދީފައި  އެއްވެސް ހަރަކާތެއްގައި ބައިވެރިވެއްޖެ ކަމަށްވަންޏާ ވަޒީފާއިން ކަނޑާލާނެކަމުގެ ބިރު އެބަ ދައްކަމުން ގެންދޭ.
ރައްޔިތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު

ފަލާހު ވިދާޅުވީ އެމްޑީޕީ ނޫން ފިކުރެއް ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރައްޔިތުންނަށް ބިރު ދައްކާ ކަމަށެވެ. އެކަން މާޒީން ވެސް ފެނިފައިވާ ކަމަށާއި، ނަމަވެސް ބިރު ދައްކައިގެން ހާސިލް ކުރަން ބޭނުންވާ ނަތީޖާ މިއަދު ހާސިލް ނުކުރެވޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

މީގެ އިތުރުން ފަލާހު ވިދާޅުވީ 16 ޖަނަވަރީ 2026 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީގައި ޖުމްލަ 65 ވޯޓު ފޮއްޓެއް ބަހައްޓާނެ ކަމަށެވެ. އަދި މިހާރު ބައެއް ބަދަލުތައް އައިސްފައިވާ ކަމަށާއި، ކަލާފާނު ސްކޫލުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތައް މަޖީދިއްޔާ ސްކޫލަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އެގޮތުން ހިތަދޫ މޫލެކެޑެ، ފޭދޫ މާދެލަ، ފުވައްމުލަކު ސިޓީގެ ދޫޑިގަން އަދި ތިނަދޫ ސިޓީގެ ފޮށިތައް ބެހެއްޓިފައި ހުންނާނީ މަޖީދިއްޔާ ސްކޫލްގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

ލޯކަލް ކައުންސިލް އިންތިހާބުއެމްޑީޕީމުހައްމަދު ފަލާހުއެމްޑީޕީ ޕްރައިމަރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރު ހިނގަނީ ކައުންސިލްތަކުގެ އިދާރާގެ ގޭޓާ ހަމައަށް: ޣަފޫރު

ރައީސް މުއިއްޒުގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރު ހިނގަނީ ކައުންސިލްތަކުގެ އިދާރާގެ ގޭޓާ ހަމައަށް: ޣަފޫރު

12 ޖެނުއަރީ 2026
އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލު އެކަހެރި ކޮށް ސަރުކާރުން ހުޅުވާލައިފި

އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލު އެކަހެރި ކޮށް ސަރުކާރުން ހުޅުވާލައިފި

11 ޖެނުއަރީ 2026
ހަޤީޤަތް އޮޅުވާލައިގެން ސަރުކާރަށް ތާއީދު އޮތްކަން ދެއްކުމަށް މެންބަރު ދާއޫދު ކުރި މަސައްކަތް ފެނަށް

ހަޤީޤަތް އޮޅުވާލައިގެން ސަރުކާރަށް ތާއީދު އޮތްކަން ދެއްކުމަށް މެންބަރު ދާއޫދު ކުރި މަސައްކަތް ފެނަށް

11 ޖެނުއަރީ 2026
އެމްޑީގެ ޕްރައިމަރީގައި 65 ވޯޓު ފޮށި ބަހައްޓާނެ، ފޮށިތައް ހުންނަ ތަންތަން އިއުލާނު ކޮށްފި

އެމްޑީގެ ޕްރައިމަރީގައި 65 ވޯޓު ފޮށި ބަހައްޓާނެ، ފޮށިތައް ހުންނަ ތަންތަން އިއުލާނު ކޮށްފި

10 ޖެނުއަރީ 2026
ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ ބަހަނާގެ ސިލްސިލާ އެއް؛ މިފަހަރު ހުރިހާ ބަދުނާމެއް ކައުންސިލްތަކުގެ ބޮލަށް!

ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ ބަހަނާގެ ސިލްސިލާ އެއް؛ މިފަހަރު ހުރިހާ ބަދުނާމެއް ކައުންސިލްތަކުގެ ބޮލަށް!

10 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު