Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަހުމަދު ޝަމާހު ރަޝީދު

ޝަމާހު ވަކިކުރިތާ 24 ގަޑި އިރު ނުވަނީސް އޭނާގެ މައްސަލަ އެއް އޭސީސީ އިން ބަލަން ފަށައިފި

ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަމާހު ރަޝީދުގެ މައްސަލަ އެއް އޭސީސީ އިން އަންނަނީ ބަލަމުން. އޭނާގެ މައްސަލަ އެއް އޭސީސީ އިން ބަލަން ފަށާފައިވަނީ އޭނާ މަގާމުން ވަކިކުރިތާ 24 ގަޑި އިރު ނުވަނީސް.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2026 | ހޯމަ 08:15
ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހު ރަޝީދު

ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހު ރަޝީދު | ސްޓެލްކޯ

ސްޓެލްކޯގެ މެނޭޖިންގެ ޑިރެކްޓަރު ކަމުން ޝަމާހު ރަޝީދު ވަކިކުރިތާ 24 ގަޑި އިރު ނުވަނީސް އޭނާ ގެ މައްސަލަ އެއް އޭސީސީ އިން ބަލަން ފަށައިފި އެވެ. 

އޭސީސީގެ މީޑިއާ އޮފިޝަލް އައިޝަތު ސަމާ، ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރަކަށް ތުހުމަތު ކުރެވޭ މައްސަލަ އެއް އޭސީސީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އޭސީސީ އަށް ހުށަހަޅާފައިވަނީ ސްޓެލްކޯގެ ކޮން އެމްޑީއެއްގެ މައްސަލަ އެއް ކަމަށް މީޑިއާ އޮފިޝަލް ވިދާޅެއް ނުވެ އެވެ. 

Advertisement - newsAdvertisement

ނަމަވެސް ރާއްޖެ އެމްވީ އަށް އެނގިފައިވާ ގޮތުގައި ހުށަހަޅާފައިވަނީ ޝަމާހުގެ މައްސަލަ އެކެވެ. އަދި އެ މައްސަލަ އޭސީސީ އިން އަންނަނީ ބަލަމުންނެވެ. 

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހު ރަޝީދު ވަކިކުރީ އާދީއްތަ ދުވަހު އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގައި އޭރު އެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ ވަކިކުރުމަށް ފަހު އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ ސްޓެލްކޯގެ އެމްޑީގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުން ޝަމާހް ވަކިކޮށްފައިވާ ކަމަށެވެ.

ޝަމާހްއަކީ 2024 ވަނަ އަހަރު މިފްކޯގެ ސީއީއޯ ކަމުން ވެސް ވަކިކުރި ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިކުރީ މެއި 21، 2024 ގަ އެވެ. ޝަމާހު މަގާމުން ވަކިކުރުމުގެ ކުރިން، ކޯޕަރޭޓް ގަވަރނަންސްއާ ގުޅޭ މައްސަލަތަކެއް ގައި އޭނާ ދެ ފަހަރެއްގެ މަތިން ސަސްޕެންޑުކުރި އެވެ. އެއަށްފަހު ސްޓެލްކޯގެ އެމްޑީ ކަމަށް އައްޔަން ކުރިތާ 4 މަސްތެރޭގައި ވަކި ކުރި އިރު އެ މަގާމަށް އައްޔަންކުރަނީ ކާކުކަމެއް މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.

ސްޓެލްކޯޝަމާހު ރަޝީދުޕީސީބީއެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ)

ކޮމެންޓް

އިތުރަށް ކިޔާލަން

 ވައްކަން ތަކުގެ ހަގީގަތް އެނގޭނެކަމަށް ލީކުވި އޮޑިއޯ ގައި ބުނާ ސްޓެލްކޯ ގެ ޕްރޮކިއުމަންޓް ހެޑް، އަޒްހަދު މަގާމުން ވަކިކޮށްފި

ވައްކަން ތަކުގެ ހަގީގަތް އެނގޭނެކަމަށް ލީކުވި އޮޑިއޯ ގައި ބުނާ ސްޓެލްކޯ ގެ ޕްރޮކިއުމަންޓް ހެޑް، އަޒްހަދު މަގާމުން ވަކިކޮށްފި

11 ޖެނުއަރީ 2026
ސްޓެލްކޯގެ އެމްޑީ ކަމުން ވަކި ކުރި ޝަމާހު ގެ އޯޑިއޯ އެއް ލީކު ވެއްޖެ، ބުނަނީ ސްޓެލްކޯ ގައި މިކުރާ ކަންތައް އެމީހުންނަށް އެނގޭ ނަމަ ނޯށުން ރޯނެ ކަމަށް!

ސްޓެލްކޯގެ އެމްޑީ ކަމުން ވަކި ކުރި ޝަމާހު ގެ އޯޑިއޯ އެއް ލީކު ވެއްޖެ، ބުނަނީ ސްޓެލްކޯ ގައި މިކުރާ ކަންތައް އެމީހުންނަށް އެނގޭ ނަމަ ނޯށުން ރޯނެ ކަމަށް!

11 ޖެނުއަރީ 2026
ސްޓެލްކޯ އެމްޑީގެ މަގާމަށް އައްޔަން ކުރިތާ 5 މަސް ނުވަނީސް ޝަމާހު ވަކިކޮށްފި

ސްޓެލްކޯ އެމްޑީގެ މަގާމަށް އައްޔަން ކުރިތާ 5 މަސް ނުވަނީސް ޝަމާހު ވަކިކޮށްފި

11 ޖެނުއަރީ 2026
ސްޓެލްކޯ ގެ ކޮރަޕްޝަން މިނިސްޓަރާ ހިއްސާ ކުރުމުގެ ނަތީޖާ: ޖެހިގެން އައި ހަފްތާ ގައި ވަޒީފާ އިން ކަނޑާލީ މައްސަލަ ރިޕޯޓު ކުރި މުވައްޒަފު!

ސްޓެލްކޯ ގެ ކޮރަޕްޝަން މިނިސްޓަރާ ހިއްސާ ކުރުމުގެ ނަތީޖާ: ޖެހިގެން އައި ހަފްތާ ގައި ވަޒީފާ އިން ކަނޑާލީ މައްސަލަ ރިޕޯޓު ކުރި މުވައްޒަފު!

22 ޑިސެމްބަރު 2025
ފާއިތުވެދިޔަ 17 އަހަރު އޭސީސީ ހިންގަން ޚަރަދުކުރި ކޮންމެ 1 ރުފިޔާއަކަށް، 2.85 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާގުޅޭ ފަރާތްތަކަށް ވާނީ އަންގާފައި: އޭސީސީ ގެ ރައީސް

ފާއިތުވެދިޔަ 17 އަހަރު އޭސީސީ ހިންގަން ޚަރަދުކުރި ކޮންމެ 1 ރުފިޔާއަކަށް، 2.85 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާގުޅޭ ފަރާތްތަކަށް ވާނީ އަންގާފައި: އޭސީސީ ގެ ރައީސް

14 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު