Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ކެންސަރު ފަރުވާ

ތިން ބާވަތެއްގެ ބޭސް އެކުލެވޭ ފަރުވާ އެއް ބޭނުން ކޮށްގެން ސްޕެއިންގެ ސައިންސްވެރިޔަކު ޕެންކްރިއެޓިކް ކެންސަރު ނައްތާލާ ބޮޑު ކާމިޔާބީ އެއް ހޯދައިފި

ކަމާ ބެހޭ މާހިރުން އެއްބަސްވާ ގޮތުގައި، މިއީ ޕެންކްރިއެޓިކް ކެންސަރާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި މިހާތަނަށް ލިބުނު އެންމެ ވަރުގަދަ އަދި އުންމީދީ ކުރިއެރުން.

ރާއްޖެ އެމްވީ | 29 ޖެނުއަރީ 2026 | ބުރާސްފަތި 02:28
ޑރ. މާރިއާނޯ ބާބާސިޑް

ޑރ. މާރިއާނޯ ބާބާސިޑް | ގެޓީ އިމޭޖަސް

ސްޕެއިންގެ މަޝްހޫރު ކެންސަރު ބަލީގެ ސައިންސްވެރިޔާ ޑރ. މަރިއާނޯ ބާބާސިޑް އާއި އޭނާގެ ޓީމުން، ތިން ބާވަތެއްގެ ބޭސް އެކުލެވޭ ފަރުވާއެއް ބޭނުންކޮށްގެން މީދަލުގެ ހަށިގަނޑުގައި ހުރި ނުރައްކާތެރި ޕެންކްރިއެޓިކް ކެންސަރުގެ ޓިއުމަރ މުޅިން ނައްތާލުމުގައި ބޮޑު ކާމިޔާބީ އެއް ހޯދައިފި އެވެ. މިއީ އިންސާނުންނަށް ދެވޭ ފަރުވާއެއްގެ ގޮތުގައި އަދި ކަނޑަނޭޅުނު ނަމަވެސް، މި ބައްޔަށް ފަރުވާ ހޯދުމުގައި މިހާތަނަށް ކުރެވުނު އެންމެ އުންމީދީ މަސައްކަތް ކަމުގައި ބެލެވެ އެވެ.

މި ދިރާސާގައި ބޭނުންކޮށްފައި ވަނީ "ކޭއާރުއެސް" ކިޔާ ޖީން އެއްގެ މަގުން ކެންސަރު ފެތުރޭ ތިން ދިމާލަކަށް އަމާޒުކޮށްގެން ދެވޭ ޚާއްޞަ ފަރުވާއެކެވެ. މި ދިރާސާގެ ހޯދުންތައް ސައިންޓިފިކް މަޖައްލާ އެއް ކަމަށްވާ 'ޕްރޮސީޑިންގްސް އޮފް ދަ ނޭޝަނަލް އެކަޑަމީ އޮފް ސައިންސަސް (ޕީއެންއޭސް)' ގައި މިހާރު ވަނީ ޝާއިއުކޮށްފަ އެވެ.

މިދިރާސާ ގައި އިންސާނުންގެ ކެންސަރުގެ ޓިއުމަރު މީދަލުގެ ހަށިގަނޑަށް ތައާރުފް ކޮށްގެން ކުރި ތަހުލީލުތަކުން، ބޭސްތައް އެއްކޮށްގެން ދިން ފަރުވާ ކާމިޔާބުވެފައިވާކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. މުޅި ދުނިޔެ އަށް ބޮޑު ބަދަލެއް ގެނުވާނެ މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ ސްޕެއިންގެ ނޭޝަނަލް ކެންސަރ ރިސާޗް ސެންޓަރު (ސީއެންއައިއޯ) ގެ އެކްސްޕެރިމެންޓަލް އޮންކޮލޮޖީ ގްރޫޕްގެ ޑައިރެކްޓަރު މަރިއާނޯ ބާބަސިޑް އިސްވެ ހުންނަވައިގެން އެކުލަވައިލި ޓީމަކުންނެވެ. މި މަސައްކަތަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ކެންސަރުގެ ދިރާސާތަކުގައި އިސް ދައުރެއް އަދާކުރާ 'ކްރިސް އެގެއިންސްޓް ކެންސަރ ފައުންޑޭޝަން' އިންނެވެ.

ޑރ. މަރިއާނޯ ބާބަސިޑް ވިދާޅުވި ގޮތުގައި، މިއީ ލެބޯޓްރީ ތަހުލީލުތަކުން ޕެންކްރިއަޓިކް ކެންސަރާ ދެކޮޅަށް، ހަށިގަނޑަށް ސައިޑް އިފެެކްޓް ކުޑަ، ދާއިމީ އަދި ފުރިހަމަ ނަތީޖާ އެއް ހާސިލްކުރެވުނު ފުރަތަމަ ފަހަރެވެ. 

ޕެންކްރިއެޓިކް ކެންސަރަކީ ފަރުވާ ދޭން އެންމެ އުނދަގޫ އަދި ފުރާނަ އަށް ނުރައްކާ ބޮޑު ބައްޔެކެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މި ބައްޔަށް ދޭ ފަރުވާތަކަށް ހަށިގަނޑު ހޭނި، ފަރުވާގެ އަސަރު ކެންސަރު ސެލްތަކަށް ނުކުރުމެވެ. ނަމަވެސް، ސީއެންއައިއޯ އިން ހެދި މި ދިރާސާ އިން ދައްކާ ގޮތުގައި، ތިން ބާވަތުގެ ބޭސް އެކުލެވޭ މި ފަރުވާގެ ސަބަބުން ކެންސަރުގެ ޓިއުމަރ މުޅިން ނެތިގެން ދިއުމުގެ އިތުރުން، ބަލި އަލުން އަނބުރާ އައުން ވެސް ހުއްޓުވައިދެއެވެ. އަދި މި ފަރުވާގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް (ސައިޑް އިފެކްޓްސް) ވެސް ވަރަށް ކުޑަކަން ވަނީ ފާހަގަކުރެވިފަ އެވެ.

މި ދިރާސާ ކުރި ފަރާތްތަކުން ހާމަކުރި ގޮތުގައި، މި ހޯދުމުގެ ސަބަބުން ޕެންކްރިއެޓިކް ކެންސަރު ޖެހިފައިވާ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އާ ފަރުވާތަކެއް ފަރުމާކުރުމުގެ މަގު ފަހިވެގެންދާނެ އެވެ. ސްޕެއިންގައި އެކަނިވެސް އަހަރަކު 10,300 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހޭއިރު، ފަސް އަހަރަށްވުރެ ގިނަ ދުވަހު ދިރިތިބެނީ ބަލިޖެހޭ މީހުންގެ ތެރެއިން އެންމެ 10 އިންސައްތަ އަށް ވުރެ މަދު ބައެކެވެ.

މި އުއްމީދީ ދިރާސާ ކުރި ސައިންސްވެރިން އިތުރަށް ބުނި ގޮތުގައި، މިއީ ވަރަށް ބޮޑު ކުރިއެރުމެއް ނަމަވެސް، މި ފަރުވާ އިންސާނުން ބޭނުންކުރަން ފެށުމުގެ ކުރިން އަދި ގިނަ ތަޖުރިބާތަކެއް ކުރަން ޖެހެ އެވެ. އިންސާނުންނަށް އެންމެ އެކަށޭނަ ގޮތަށް މި ބޭސްތައް ތައްޔާރުކުރުމަކީ އުނދަގޫ މަސައްކަތަކަށް ވީނަމަވެސް، މި ދިރާސާ އިން ދައްކައިދިނީ ކުރިމަގުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ދާންވީ ސީދާ މިސްރާބެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ ސައިންޓިފިކް ހަމަތަކުގެ މަތިން މިނިވަން ތަޖުރިބާކާރުންގެ ބެލުމުގެ ދަށުންނެވެ. ކަމާބެހޭ މާހިރުން އެއްބަސްވާ ގޮތުގައި، މިއީ ޕެންކްރިއެޓިކް ކެންސަރާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި މިހާތަނަށް ލިބުނު އެންމެ ވަރުގަދަ އަދި އުންމީދީ ކުރިއެރުމެވެ.

ޑރ. މަރިއާނޯ ބާބާސިޑްޕެންކްރިއެޓިކް ކެންސަރުނޭޝަނަލް ކެންސަރު ރިސާޗް ސެންޓަރުކްރިސް އެގެއިންސްޓް ކެންސަރ ފައުންޑޭޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދޮންކޭލުގައި ހައިރާން ކުރުވަނިވި ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ!

ދޮންކޭލުގައި ހައިރާން ކުރުވަނިވި ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ!

06 މެއި 2019
ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

12 ޖެނުއަރީ 2019
ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

10 ޖޫން 2018
ރޯދަ އަށް ހުރެގެން ވެސް ބޭސް ބޭނުން ކުރެވިދާނެތަ؟

ރޯދަ އަށް ހުރެގެން ވެސް ބޭސް ބޭނުން ކުރެވިދާނެތަ؟

06 ޖޫން 2018
ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

04 ޖޫން 2018

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު