Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުރޯދައާއި ސިއްހަތު

ދޮންކޭލުގައި ހައިރާން ކުރުވަނިވި ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ!

ދޮންކޭލުގައި ފެޓްސް އަދި ކުލޮސްޓްރޯލް އެއްވެސް ވަރަކަށް ނުހިމެނޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 6 މެއި 2019 | ހޯމަ 17:36
ދޮންކެޔޮ

ދޮންކެޔޮ

ދޮންކޭލަކީ މީރު މޭވާއެކެވެ. ދޮންކޭލަކީ ހަށިގަނޑަށް ފައިދާ ހުރި ގުދުރަތީ މާއްދާތަކެއް ގިނަ އަދަދަކަށް އެކުލެވޭ އެއް މޭވާއެވެ. ދޮންކޭލުގެ ސައިންޓިފިކް ނަމަކީ "މޫސަ އެކިޔުމިނަޓާ" އެވެ.

ދޮންކޭލުގައި ހިމެނޭ ސިއްހަތަށް ފައިދާހުރި މާއްދާތަކުގެ ތެރޭގައި ޕްރޮޓީން، މިނެރަލްސް، ޕޮޓޭސިއަމް، ކާބޯހައިޑްރޭޓްސް، ޑައިޓްރީގެ އިތުރުން ފައިބަރ ހިމެނެއެވެ. ދޮންކޭލުގައި އެކުލެވޭ ފައިބަރުގެ ސަބަބުން ބަނޑުހައިވުން ކޮންޓްރޯލްކޮށްދީ ބަނޑުހައިކަން އިހްސާސް ވުން ދުރުކޮށްދެއެވެ. އެހެންކަމުން ހިކެން ބޭނުންވާ މީހުންނަށް ދޮންކޭލަކީ ބޭނުންތެރި ކާނާއެކެވެ. އަދި ބަނޑާއި ގޮހޮރުގެ ބަލިތަކުން ދުރުކޮށްދޭ ވަސީލަތެކެވެ. އެގޮތުން ބަނޑުގައި އުފެދޭ ގޭހުގެ މައްސަލަތަކާއި ގޮހޮރުގައި ފާރު އުފެދުމުން ދުރުކޮށްދެއެވެ.

ދޮންކޭލުގައި ހިމެނޭ ޕްރޮޓީންތަކަށް ބަލާލާއިރު ވިޓަމިން ސީ، ބީ، ސިކްސްގެ އިތުރުން ރޮބޮފްލެވިން ހިމެނެއެވެ. މި މޭވާގައި ހިމެނޭ މިނެރަލްސްގެ ތެރޭގައި ފޮސްފަރެސް، ކެލްސިއަމް، މެގްނީޒިއަމް، މެންގަނިސްގެ އިތުރުން ކޮޕަރ ހިމެނެއެވެ.

މީގެ އިތުރުން ވެސް ދޮންކެޔޮ ވެފައި ވަނީ ކުޅިވަރާއި ކަސްރަތުގެ ތެރޭގައި ހަރަކާތްތެރިވާ މީހުންގެ މެދުގައި މަޤްބޫލް ކާނާ އަކަށެވެ. ސަބަބަކީ ދޮންކެޔޮ ކެއުމުގެ ސަބަބުން ހަށިހަނޑުގައި ވަރު ޖައްސައި ދޭތީއެވެ.

ޔޫއެސްއޭގެ ހައިޕަރ ޓެންޝަން އިންސްޓިޓިއުޓުން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ ބްލަޑް ޕްރެޝަރ މެނޭޖު ކުރުމުގައި ޕޮޓޭސިއަމްގެ ރޯލް ވަރަށް ބޮޑު ކަމަށާއި އަދި ދޮންކޭލުގައި އެންމެ ގިނައީ ޕްޓޭސިއަމް ކަމަށެވެ. އަދި ޕޮޓޭސިއަމްގެ ސަބަބުން ބްލަޑް ޕްރެޝަރ ދަށްކޮށްދެއެވެ.

ދޮންކޭލުގައި ފެޓްސް އަދި ކުލޮސްޓްރޯލް އެއްވެސް ވަރަކަށް ހިމެނިފައި ނުވާއިރު ރަނގަޅު ސިއްހަތެއްގައި ހުންނަން ބޭނުން ނަމަ ދޮންކެޔޮ ޑައިޓެއް ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

އެކި ކުލަ ކުލައިގެ ދޮންކެޔޮ ހުންނައިރު އޭގެ ތެރޭގައި ފެހި ކުލަޔާއި، ރަތްކުލަޔާއި، ރީނދޫކުލައިގެ އިތުރުން މުށި ކުލައިގެ ދޮންކެޔޮ ހިމެނެއެވެ

ދޮންކޭލުން ތާފަތު ބާއްވަތްތަކުގެ ކާބޯތަކެތި އުފެއްދޭއިރު ދޮންކޭލަކީ އެހެން މޭވަތަކާއި ޚިލާފަށް ދޮންވުމުގެ ކުރިން ޅަކޮށް ހުންނައިރު ވެސް ތަފާތު އެކިބާވަތްތަކުގެ ކާނާ ތައްޔާރު ކުރެވޭ މޭވާއެކެވެ.

އިތުރަށް ކިޔާލަން

11 މެއި 2019

މުރަނގަ ތޮޅީގައި ނޭނގޭ އެތައް ސިއްހީ ފައިދާތަކެއް

11 މެއި 2019
މުރަނގަ ތޮޅީގައި ނޭނގޭ އެތައް ސިއްހީ ފައިދާތަކެއް
07 މެއި 2019

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

07 މެއި 2019
ބިލެތުގެ ސިއްހީ ބައެއް ފައިދާ!
07 މެއި 2019

އާފަލުގައި ހިމެނޭ ސިއްހީ ބައެއް ފައިދާ

07 މެއި 2019
އާފަލުގައި ހިމެނޭ ސިއްހީ ބައެއް ފައިދާ
12 ޖެނުއަރީ 2019

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

12 ޖެނުއަރީ 2019
ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20 ޖުލައި 2018

ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭ ދުވަސްވަރު އިނގެން ބޭނުންތަ؟

20 ޖުލައި 2018
ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭ ދުވަސްވަރު އިނގެން ބޭނުންތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު