Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުސްޓްރޯކަށް ފަރުވާ

އެންމެ ވިހަގަދަ ފައިދިގު މަކުނުން ސްޓްރޯކަށް ފަރުވާ!

ފައިދިގު މަކުނުގެ ވިހައިގައި އެކުލެވޭ ޕްރޮޓީނަކުން ސްޓްރޯކުގެ ސަބަބުން ސިކުނޑިއަށް ދޭ ގެއްލުން ރަނގަޅު ކޮށްދޭ

ރާއްޖެ އެމްވީ | 21 މާރިޗު 2017 | އަންގާރަ 22:00
ފައިދިގު މަކުނުގެ ބާވަތެއް ކަމުގައިވާ ފަނަލް ވެބް ސްޕައިޑަރ އަކީ އެންމެ ވިހަގަދަ ބާވަތް ކަމަށް ބެލޭ

ފައިދިގު މަކުނުގެ ބާވަތެއް ކަމުގައިވާ ފަނަލް ވެބް ސްޕައިޑަރ އަކީ އެންމެ ވިހަގަދަ ބާވަތް ކަމަށް ބެލޭ

ސްޓްރޯކް ޖެހުމުގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުން ރަނގަޅު ކުރުމުގެ ފަރުވާ އެންމެ ވިހަގަދަ ފައިދިގު މަކުނުގެ ވިހައިގައި އެކުލެވިގެންވާ ކަމަށް ސައިންސް ވެރިންގެ ހޯދުންތަކުން ހާމަވެއްޖެއެވެ.

ސައިންސްވެރިން ބުނަނީ ފައިދިގު މަކުނުގެ ވިހައިގައި އެކުލެވޭ ޕްރޮޓީންއެއް ބޭނުން ކޮށްގެން ކުރެވުނު ދިރާސާތަކުން ސްޓްރޯކް ޖެހުމުން ސިކުނޑިއަށް ލިބޭ ގެއްލުންތަކަށް ފަރުވާ ހޯދުމުގައި ވަރަށް ބޮޑު އުއްމީދެއް ލިބިގެން ހިނގައްޖެ ކަމަށެވެ.

ސައިންސްވެރިން މި ޓެސްޓްތައް ކުރިއަށް ގެންގޮސްފައިވަނީ މީދާ ބޭނުން ކޮށްގެންނެވެ.

ދިރާސާގައި ބޭނުން ކުރި ފައިދިގު މަކުނުގެ ބާވަތަކީ "ފަނަލް ވެބް ސްޕައިޑަރ" އެވެ. މިއީ ދުނިޔޭގައިވާ އެންމެ ވިހަގަދަ ފައިދިގު މަކުނު ކަމަށް ރެކޯޑު ކުރެވިފައިވާ ބާވަތެވެ. ފަނަލް ވެބް ސްޕައިޑަރގެ ވިހަ އިންސާނެއްގެ ހަށިގަނޑުގެ ތެރެއަށް ހިނގައްޖެނަމަ 15 ވަރަކަށް މިނެޓުގެ ތެރޭގައި މަރާ ކުރިމަތިލާންޖެހޭ ކަން ހޯދުންތަކުން ހާމަވެފައިވެއެވެ.

ޔުނިވަރސިޓީ އޮފް ކުއީންސްލޭންޑާއި މޮނާޝް ޔުނިވަރސިޓީގެ ސައިންސްވެރިން މި ދިރާސާތަކުގައި ބޭނުން ކޮށްފައިވަނީ އޮސްޓްރޭލިއާގެ ޖަޒީރާއެއް ކަމުގައިވާ ފްރޭޒަރ އައިލެންޑްގައި އުޅޭ ފަނަލް ވެބް ސްޕައިޑަރގެ ހަށިގަނޑުން އެއްކުރި ވިހައެވެ.

އިންސާނުންނަށް ސްޓްރޯކް ޖެހެނީ ސިކުނޑީގެ ވަކި ހިސާބަކަށް އޮކްސިޖަން ލިބުން ހުއްޓުމުން ނުވަތަ ސިކުނޑިއަށް ލޭ ފޭދިގެންނެވެ. ސްޓްރޯކްގެ 85 އިންސައްތަ އަކީ ސިކުނޑިއަށް ލޭ ފޮނުވައިދޭ ހޮޅިއެއްގައި ލޭ ގަނޑުވެގެން ޖެހޭ ސްޓްރޯކް އެކެވެ.

އިނގިރޭސި ވިލާތުގެ ސްޓްރޯކް އެސޯސިއޭޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު:

  • ކޮންމެ 2 ސިކުންތަކުން ދުނިޔޭގެ ކޮންމެވެސް ތަނެއްގެ ކޮންމެވެސް މީހަކަށް ސްޓްރޯކް ޖެހެއެވެ.
  • ދުނިޔޭގައި 2 ވަނަ އަށް އެންމެ ގިނައިން މީހުން މަރުވަނީ ސްޓްރޯކް ޖެހިގެންނެވެ. އެއީ އަހަރަކު 6.7 މިލިއަން މަރެވެ. ކޮންމެ 5 ސިކުންތަކުން ސްޓްރޯކް ޖެހިގެން މީހަކު މަރުވެއެވެ.
  • މަރުވާ ކޮންމެ 8 މީހެއްގެ ތެރެއިން އެކަކު މަރުވަނީ ސްޓްރޯކް ޖެހިގެންނެވެ.

މިދިރާސާގައި އިސްކޮށް ހަރަކާތްތެރިވާ ޕްރޮފެސަރ ގްލެން ކިންގް ހާމަކޮށްފައިވާ ގޮތުގައި، ފައިދިގު މަކުނުގެ ވިހައިގައި އެކުލެވޭ ޚާއްސަ ޕްރޮޓީންގެ ހަގީގަތްތައް ދެނެގަނެވުމުގެ ސަބަބުން ސްޓްރޯކަށް ފަރުވާއެއް ހޯދުމުގެ އުއްމީދު ފުރަތަމަ ފަހަރަށް ލިބިއްޖެ ކަމުގައެވެ.

ސްޓްރޯކް ޖެހުމުގެ ސަބަބުން ސިކުނޑިއަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ބަޔަށް ވެސް ފައިދިގު މަކުނުގެ ވިހައިގައި އެކުލެވޭ ޕްރޮޓީން ބޭނުން ކޮށްގެން ރަނގަޅު ކުރެވިދާނެކަމަށް އުއްމީދު ކުރާ ކަމަށްވެސް ދިރާސާ ކުރި ޓީމުން ހާމަކޮށްފައިވެއެވެ.

މިދިރާސާ ޝާއިއު ކޮށްފައިވަނީ "ޕްރޮސީޑިންގްސް އޮފް ނެޝަނަލް އެކަޑަމީ އޮފް ސައިންސަސް ގައެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2024

3 ވައްތަރެއްގެ ކެންސަރަށް ދެމުންދާ ވަރުގަދަ ފަރުވާތައް ދޫކޮށްލުމުގެ ފައިދާތައް އިންތިހާ!

05 ޖޫން 2024
3 ވައްތަރެއްގެ ކެންސަރަށް ދެމުންދާ ވަރުގަދަ ފަރުވާތައް ދޫކޮށްލުމުގެ ފައިދާތައް އިންތިހާ!
07 ޖޫން 2022

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

07 ޖޫން 2022
ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
01 މެއި 2020

ޔޫއޭއީން ބުނަނީ ހާލަތު ބަދަލު ކޮށްލާނެ ފަރުވާއެއް ކޮވިޑް-19 އަށް ހޯދިއްޖެ ކަމަށް

01 މެއި 2020
ޔޫއޭއީން ބުނަނީ ހާލަތު ބަދަލު ކޮށްލާނެ ފަރުވާއެއް ކޮވިޑް-19 އަށް ހޯދިއްޖެ ކަމަށް
12 އެޕްރީލު 2020

ރެމްޑެސިވިއަރ ބޭހުން ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި އުއްމީދީ ނަތީޖާއެއް!

12 އެޕްރީލު 2020
ރެމްޑެސިވިއަރ ބޭހުން ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި އުއްމީދީ ނަތީޖާއެއް!
07 އެޕްރީލު 2020

ކޮރޯނާވައިރަސްއަށް ފަރުވާ ދިނުމަށް ހައިޑްރޮކްސިކްލޮރޯކުއިން އިންޑިއާ އިން ބޭރު ކުރަން ހުއްދަ ދެނީ

07 އެޕްރީލު 2020
ކޮރޯނާވައިރަސްއަށް ފަރުވާ ދިނުމަށް ހައިޑްރޮކްސިކްލޮރޯކުއިން އިންޑިއާ އިން ބޭރު ކުރަން ހުއްދަ ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު