Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުޕައިލްސްގެ މައްސަލަ

މިއީ އާދައިގެ މައްސަލައެއް ނޫން، ފަރުވާ ކުޑަކޮށްނުލާ!

ޕައިލްސް ގެ ސަބަބުން ފުރަގަސް ފަރާތުން ލޭ އާދޭ

އާލާ އިބުރާހިމް
އާލާ އިބުރާހިމް | 14 ޖެނުއަރީ 2017 | ހޮނިހިރު 20:15
ޕައިލްސް ގެ ސަބަބުން ފުރަގަސްފަރާތުން ލޭ އާދޭ

ޕައިލްސް ގެ ސަބަބުން ފުރަގަސްފަރާތުން ލޭ އާދޭ

ހެމަރޮއިޑްސް ނުވަތަ ޕައިލްސްއަކީ ފުރަގަސްފަރާތުގެ ވަށައިގެން ދުޅަވެފައި ހުންނަ ހުރުމަށް ކިޔާ ނަމެކެވެ. ޕައިލްސްގެ ޢަލާމާތްތައް ބައެއް ފަހަރު ވަރަށް މަދުން ނުވަތަ ވަގުތީ ގޮތަކަށްވެސް ފެނިދާނެއެވެ. ބައެއް ފަހަރު އެއްވެސް ފަރުވާއެއް ނުދިނަސް ބައެއް މީހުންގެ ޕައިލްސް އުފެދުމަށްފަހު ރަނގަޅުވެއެވެ. އެހެން ނަމަވެސް، ޕައިލްސްގެ ސަބަބުން ބައެއް ފަހަރު ތަފާތު އުނދަގޫތައް ތަޙައްމަލުކުރަންޖެހެ އެވެ.

ޕައިލްސް އަކީ ފުރަގަސް ފަރާތު ބޭރުގައި ނުވަތަ އެތެރޭގައިވެސް އުފެދިދާނެ އެއްޗަކަށް ވީއިރު، "އޭނަލް ކެނަލް" ގައިވެސް އުފެދިދާނެއެވެ. "އޭނަލް ކެނަލް" އަކީ ބޮޑުކަމުދާ ތަކެތި ބޭރުކުރުމަށް ފުރަގަސް ފަރާތުގައި ހުންނަ ދޮރެކެވެ. "އޭނަލް ކެނެލް" ގުޅިފައިވަނީ ބޮޑު ގޮހޮރު (ލާޖް އިންޓެސްޓައިން) އާއެވެ.

"އޭނަލް ކެނަލް" ގެ ވަށައިގެން އެތަކެއް ލޭ ނާރުތަކެއް ހުންނައިރު، މި ނާރުތައް ބައެއް ފަހަރު ފުޅާވެ، އާދަޔާ ޚިލާފަށް ގިނައިން ލެއާއެކު ފުފިފައި ހުރެއެވެ. ފުފިފައި ހުންނަ ލޭ ނާރުތަކާއި އޭގެ މަތީގައި ހުންނަ ޓިޝޫތަކުގެ ފަށަލަ ބައެއް ފަހަރު ދުޅަވެ، ޕައިލްސްއަށް މަގުފަހިވެއެވެ.

މި ބައްޔަށް މަގުފަހިވާ އަސްލު ސަބަބެއް އަދި ހޯދިފައި ނެތެވެ. ސިއްޚީ މާހިރުން ލަފާކުރާ ގޮތުގައި ޕައިލްސް އުފެދެނީ ފުރަގަސްފަރާތަށް ލާންޖެހޭ ވަރަށްވުރެ ބޮޑަށް ބާރުލުމުގެ ސަބަބުން ލޭނާރުތައް ފުއްޕާތީއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އިނގިރޭސިވިލާތުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ޕައިލްސް އުފެދިގެން އެކަމާއި ކުރިމަތިލާފައިވާ މީހުންނެވެ.

ޕައިލްސްއަށް މަގުފަހިވާ ކަމަށް ޞިއްޚީ މާހިރުން ލަފާކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި "ކޮންސްޓިޕޭޝަން" ނުވަތަ ބަނޑުހަރުވުން، މާބަނޑުވުން އަދި އުމުރުން ދުވަސްވުން ހިމެނެއެވެ.

ޕައިލްސްގެ ސަބަބުން މައިގަނޑު ގޮތެއްގައި ފެންނާނެ ޢަލާމާތަކީ ފުރަގަސްފަރާތުން ލޭއައުމެވެ. ބޮޑުކަމުދާ ވަގުތު ފުރަގަސްފަރާތުން ލޭ އައިސް ފުރަގަސް ފަރާތުގައި ރިއްސާ ނަމަ ޕައިލްސް ކަމުގައި ވެދާނެއެވެ. ބައެއް މީހުންނަށް އެފަދަ އެއްވެސް ޢަލާމާތެއް ނުފެނިވެސް ޕައިލްސް އުފެދިފައި ހުރެދާނެއެވެ.

ބައެއް ފަހަރު އުފެދިފައި ހުންނަ ޕައިލްސް ފުރަގަސް ފަރާތު ބޭރުގައި ވަކިން އިންނަ މަސްކޮޅެއްގެ ގޮތުގައި އިނދެދާނެއެވެ. އެ މަސްކޮޅު ބައެއް ފަހަރު އެތެރޭގައި ހުރެފައި، ބޮޑުކަމު ގޮސް ނިމޭއިރު ބޭރުވެފައި އިނދެދާނެއެވެ.

ކުޑަ ޕައިލްސް އުފެދިފައި ހުރެއްޖެ ނަމަ ތަދު އިޙުސާސް ނުކުރެވުނު ނަމަވެސް، ބޮޑެތި ޕައިލްސް އުފެދިފައި ހުންނަ މީހެއްގެ ފުރަގަސްފަރާތުގައި ރިއްސުމުގެ އިތުރުން ފުރަގަސް ފަރާތުން ލޭ ނުވަތަ ދޮސް އަންނާނެއެވެ. އަދި އޭގެ އިތުރަށް އެސަރަޙައްދު ކަހައި، އިށީނދެ އިންނަން އުނދަގޫވެސް ވެދާނެއެވެ. ޢާއްމު ގޮތެއްގައި ޕައިލްސް ތަޙައްމަލު ކުރަމުންދާ މީހަކަށް ބޮޑު ކަމު ދިއުމަށްފަހު ވެސް އަދި ދާންޖެހޭ ފަދަ އިޙުސާސެއް ކުރެވޭނެއެވެ.

ފުރަގަސްފަރާތުގައި މައްސަލައެއް ކުރިމަތިވެ، ދަތިތަކެއް ދިމާވާނަމަ އެންމެ ބުއްދިވެރީ ވަގުތުން ޑޮކްޓަރަކަށް ދައްކާ ލަފާ ހޯދުމެވެ. މިކަމުން ރައްކާތެރިވުމަށް އޮތް ހަމަ އެކަނި ޙައްލަކީ ކޮންސްޓިޕޭޝަންއިން ރައްކާތެރިވުން ނުވަތަ ބަނޑު ހަރުވުމުން ދުރުހެލިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް ކުރުމެވެ. އެގޮތުން ގިނައިން ފައިބަރުގެ ބާވަތްތައް ބޭނުންކޮށް، ދިޔާ ތަކެތި ބޭނުން ކުރުމަކީ ބަނޑު ހަރުވުމުން ދުރުކޮށްދޭނެ ކަންތައްތަކެވެ. ބައެއް ޞިއްޚީ މާހިރުން ލަފާ ދެއްވާ ގޮތުގައި ބަނޑު ހަރުވުމަށް މަގުފަހިވާ މާއްދާތައް އެކުލެވޭ ޕެއިންކިލާ ފަދަ ތަކެތި ބޭނުން ނުކުރުމާއި ފާޚާނާއަށް ދާންޖެހޭ ހެން ހީވާ އިރަށް ފާޚާނާއަށް ދިއުން އެއީ އެދެވިގެންވާ ކަންތައްތަކެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2020

ރެމްޑެސިވިއަރ ބޭހުން ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި އުއްމީދީ ނަތީޖާއެއް!

12 އެޕްރީލު 2020
ރެމްޑެސިވިއަރ ބޭހުން ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި އުއްމީދީ ނަތީޖާއެއް!
07 އެޕްރީލު 2020

ކޮރޯނާވައިރަސްއަށް ފަރުވާ ދިނުމަށް ހައިޑްރޮކްސިކްލޮރޯކުއިން އިންޑިއާ އިން ބޭރު ކުރަން ހުއްދަ ދެނީ

07 އެޕްރީލު 2020
ކޮރޯނާވައިރަސްއަށް ފަރުވާ ދިނުމަށް ހައިޑްރޮކްސިކްލޮރޯކުއިން އިންޑިއާ އިން ބޭރު ކުރަން ހުއްދަ ދެނީ
23 މާރިޗު 2020

ގައުމުން ބޭރު މީހުންނަށް ފަރުވާ ކުރުން ހުއްޓާލަން ޑޮކްޓަރުންނަށް ސިންގަޕޫރު ސަރުކާރުން އަންގައިފި

23 މާރިޗު 2020
ގައުމުން ބޭރު މީހުންނަށް ފަރުވާ ކުރުން ހުއްޓާލަން ޑޮކްޓަރުންނަށް ސިންގަޕޫރު ސަރުކާރުން އަންގައިފި
10 ޖޫން 2018

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

10 ޖޫން 2018
ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
30 މެއި 2018

ބޯވެލިފަތް: ނުކައި ދޫކޮށްލެވޭ ވަރުގެ ފަތެއް ނޫން!

30 މެއި 2018
ބޯވެލިފަތް: ނުކައި ދޫކޮށްލެވޭ ވަރުގެ ފަތެއް ނޫން!
31 މާރިޗު 2018

ދުވަހަކު ވެސް މުރަނގަފަތު ސައި ބުއިންތަ؟ ނުބޮއި ދޫކޮށްލާވަރު އެއްޗެއް ނޫން!

31 މާރިޗު 2018
ދުވަހަކު ވެސް މުރަނގަފަތު ސައި ބުއިންތަ؟ ނުބޮއި ދޫކޮށްލާވަރު އެއްޗެއް ނޫން!
10 ފެބުރުއަރީ 2018

ކޮންމެ ދުވަހަކު ބޯ ދޮވުން، އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫން..

10 ފެބުރުއަރީ 2018
ކޮންމެ ދުވަހަކު ބޯ ދޮވުން، އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫން..
20 އެޕްރީލު 2017

ޓީބީ: ނުރައްކާތެރި އެހެން ނަމަވެސް އަވަސް ފަރުވާއާއެކު ސަލާމަތް ވެވޭނެ ބައްޔެއް!

20 އެޕްރީލު 2017
ޓީބީ: ނުރައްކާތެރި އެހެން ނަމަވެސް އަވަސް ފަރުވާއާއެކު ސަލާމަތް ވެވޭނެ ބައްޔެއް!
29 މާރިޗު 2017

ރޯގާގެ ހާލަތު އަންނަނީ ރަގަޅުވަމުން، ބަަލީގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ 20 މީހުންނަށް: އެޗްޕީއޭ

29 މާރިޗު 2017
ރޯގާގެ ހާލަތު އަންނަނީ ރަގަޅުވަމުން، ބަަލީގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ 20 މީހުންނަށް: އެޗްޕީއޭ
21 މާރިޗު 2017

އެންމެ ވިހަގަދަ ފައިދިގު މަކުނުން ސްޓްރޯކަށް ފަރުވާ!

21 މާރިޗު 2017
އެންމެ ވިހަގަދަ ފައިދިގު މަކުނުން ސްޓްރޯކަށް ފަރުވާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު