Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތެލަސީމިއާ

ލޭ ދޭ ފަރާތްތަކުގެ ދަފްތަރެއް ގާއިމް ނުކުރެވި ގިނަދުވަސް ވާތީ މިނިސްޓަރާ ސުވާލު ކުރަނީ

26 ޖެނުއަރީ 2026 | ހޯމަ 14:45

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަނީ ތެލަސީމިއާ ކުދިންނަށް ލޭ ދޭނެ ފަރާތްތަކުގެ ތަފްސީލު ދަފްތަރެއް ގާއިމް ނުކުރެވިގެން މިހާ ގިނަ ދުވަސް ދަނީ ކީއްވެތޯ ހެލްތު މިނިސްޓަރާ ސުވާލު ކުރުމަށް މަޖިލީހަށް ހުށަހަޅުއްވާފައި. ލޭ ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާތީ މޯލްޑިވްސް ބްލަޑް ސާވިސް އިން ވީހާ ވެސް ގިނަ ފަރާތްތަކުން ލޭ ހަދިޔާ ކޮށްދިނުމަށް އިލްތިމާސް ކޮށްފައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 ޖެނުއަރީ 2026 | ހޯމަ 14:45
ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް

ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް | ރައްޔިތުންގެ މަޖިލިސް

 ތެލަސީމިއާ ކުދިންނަށް ލޭ ދޭނެ ފަރާތްތަކުގެ ގޮތުގައި އެ ކުދިން ސެންޓަރަށް ތައާރަފު ކޮށްދޭ ފަރާތްތަކާ އެ ފަރާތްތަކުގެ ލޭ ގެ ތަފްސީލް ދަފްތަރެއް ގާއިމް ނުކުރެވި ގިނަ ދުވަސް ވާތީ އެކަމާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އާ ސުވާލު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ސުވާލު މިނިސްޓަރާ ކުރެއްވުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

Advertisement - newsAdvertisement

ކުޑޫ ވަނީ ސިއްހީ ޚިދުމަތް ދިނުުމުގެ ގާނޫނު އަދި ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނުގައި ކަނޑައެޅިގެން ބަޔާން ކުރެވިފައި ވިޔަސް ސިއްހީ ޚިދުމަތް ދޭ މަރުކަޒުތަކުގައި ދޭ ލޭގެ ޚިދުމަތާ ބެހޭ ގައުމީ ނިޒާމު ގާއިމުކޮށް ތެލަސީމިއާ ކުދިންނަށް ލޭ ދޭނެ ފަރާތްތަކުގެ ގޮތުގައި އެ ކުދިން ސެންޓަރަށް ތައާރަފު ކޮށްދޭ ފަރާތްތަކާ އެ ފަރާތްތަކުގެ ލޭގެ ތަފްސީލް ދަފްތަރެއް ގާއިމް ނުކުރެވިގެން މިހާ ގިނަ ދުވަސް މި ދަނީ ކީއްވެ ތޯ މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފަ އެވެ. އަދި ލޭ ހޯދުމާ ދިނުމުގައި މިހާރު މި ދިމާވާ ދަތިތަކަށް ޒަމާނީ ހައްލެއް ނުގެނެވިގެން އުޅެނީ ކީއްވެ ތޯ ސުވާލު ކުރެއްވުމަށް ވެސް މެންބަރު ހުށަހަޅުއްވާފައި ވެ އެވެ. 

ކުޑޫ ވިދާޅުވީ ލޭގެ ޚިދުމަތާ ބެހޭ ގައުމީ ނިޒާމު ގާއިމުކޮށް ތެލަސީމިއާ ކުދިންނަށް ލޭ ދޭނެ ފަރާތްތަކުގެ ގޮތުގައި އެ ކުދިން ސެންޓަރަށް ތަޢާރުފުކޮށްދޭ ފަރާތްތަކާއި އެ ފަރާތްތަކުގެ ލޭގެ ތަފްސީލު ދަފްތަރެއް ގާއިމް ކުރެވިފައި ނުވާއިރު ލޭ ހޯދުމާއި ދިނުމުގައި މިހާރު މި ދިމާވާ ދަތިތަކަށް ޒަމާނީ ހައްލެއް ގެންނަން ޖެހޭ ކަމަށެވެ. 

މި ދުވަސްވަރު ލޭ ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާތީ، ވީހާ ވެސް ގިނަ ފަރާތްތަކުން ލޭ ހަދިޔާ ކޮށްދިނުމަށް މޯލްޑިވްސް ބްލަޑް ސާވިސް އިން ވަނީ މިފަހުން ވެސް އިލްތިމާސް ކޮށްފަ އެވެ. 

އެމްބީއެސް އިން އާންމުކުރި ޕޯސްޓުގައި ވާ ގޮތުން ލޭ އެންމެ ބޭނުންވާ ގްރޫޕްތަކަކީ އޭ ޕޮޒިޓިވް، އޯ ޕޮޒިޓިވް، އޯ ނެގެޓިވް، ބީ ޕޮޒިޓިވް، ބީ ނެގެޓިވް އަދި އޭބީ ޕޮޒިޓިވް ގްރޫޕްގެ ލޭ އެވެ. މި ގްރޫޕްތަކުގެ ލޭ ހަދިޔާކުރުމަށް ބްލަޑް ސާވިސް އިން ވަކިން ހާއްސަ ކޮށް ވަނީ އެދިފަ އެވެ. 

ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާއަށް އެ ގަޑިތަކުގައި ދިއުމުން ލޭ ހަދިޔާ ކުރެވޭނެ އެވެ. ނަމަވެސް ލޭ ހަދިޔާ ކުރެވޭނީ އުމުރުން 18 އަހަރު ވެފައިވާ މީހުންގެ ތެރެއިން 45 ކިލޯއަށް ވުރެ ބަރު މީހުންނަށެވެ.

ލޭ ހަދިޔާކުރަން ދާއިރު މަދުވެގެން ހަ ގަޑިއިރުގެ ނިދި ހަމަކުރުމަށާއި، އަދި ލޭ ހަދިޔާކުރަން ދިއުމުގެ އެއްގަޑިއިރު ކުރިން ކެއުމަށް ބްލަޑް ސާވިސް އިން އެދިފައިވެ އެވެ. 

ކޮންމެ ހަފްތާއެއްގެ ވެސް އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00ން ރޭގަނޑު 8:00 އާ ހަމައަށް ލޭ ހަދިޔާ ކުރެވޭނެ ކަމަށް ބްލަޑް ސާވިސް އިން ބުނެފައިވެ އެވެ. ލޭ ހަދިޔާކުރުމަށް ބޭނުންވާ މީހުން މި ގަޑިތަކުގައި އޮރެންޖް ހިޔާއަށް ޒިޔާރަތްކުރުމަށް އެ އިދާރާއިން ގޮވާލައިފައިވެ އެވެ.

ލޭ ހަދިޔާކުރުމަކީ ފަރުވާއަށް ބޭނުންވާ މީހުންނަށް ދިރިހުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރެވޭ މާތް ސަދަގާތެކެވެ. ލޭގެ ބޭނުންވާ ހާލަތްތަކުގައި ލޭ ލިބުން ދަތިވުމަކީ ފަރުވާ ދިނުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމެކެވެ.

ތެލަސީމިއާއަބްދުﷲ ނާޒިމްމުހައްމަދު އިބްރާހިމްރައްޔިތުންގެ މަޖިލިސްމޯލްޑިވްސް ބްލަޑް ސަރވިސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2026

ލޭ ލިބުން ދަތިވެއްޖެ ކަމަށް ބްލަޑް ސާވިސް އިން ބުނެފި

23 ޖެނުއަރީ 2026
ލޭ ލިބުން ދަތިވެއްޖެ ކަމަށް ބްލަޑް ސާވިސް އިން ބުނެފި
13 ޖެނުއަރީ 2026

މޯލްޑިވް ގޭސް ގެ އެމްޑީ މަޖިލީހުގެ ދެ މެންބަރަކަށް ބިރުދެއްކި މައްސަލަ ބަލައިދޭން އެދެފި

13 ޖެނުއަރީ 2026
މޯލްޑިވް ގޭސް ގެ އެމްޑީ މަޖިލީހުގެ ދެ މެންބަރަކަށް ބިރުދެއްކި މައްސަލަ ބަލައިދޭން އެދެފި
13 ޖެނުއަރީ 2026

ބަންދު ނުވާނެކަމަށް ރައީސް ވިދާޅުވި ރިޔާސީ ބަޔާން އިއްވާ ދުވަސް ރައީސް ބަންދު ކުރައްވައިފި

13 ޖެނުއަރީ 2026
ބަންދު ނުވާނެކަމަށް ރައީސް ވިދާޅުވި ރިޔާސީ ބަޔާން އިއްވާ ދުވަސް ރައީސް ބަންދު ކުރައްވައިފި
11 ޖެނުއަރީ 2026

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވަނީ

11 ޖެނުއަރީ 2026
ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވަނީ
11 ޖެނުއަރީ 2026

ކަމުންރެކި ކައުންސިލް ހޯދަން މުއިއްޒު ޖަހާ ބޮޑުމަޅި

11 ޖެނުއަރީ 2026
ކަމުންރެކި ކައުންސިލް ހޯދަން މުއިއްޒު ޖަހާ ބޮޑުމަޅި
09 ޖެނުއަރީ 2026

ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް

09 ޖެނުއަރީ 2026
ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް
08 ޖެނުއަރީ 2026

އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ރީ-އެމްޕްލޯއިމަންޓްގެ ބިލު ތަސްދީގު ކުރައްވައިފި

08 ޖެނުއަރީ 2026
އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ރީ-އެމްޕްލޯއިމަންޓްގެ ބިލު ތަސްދީގު ކުރައްވައިފި
08 ޖެނުއަރީ 2026

މި ސަރުކާރުން ޤަބޫލު ކުރާ ޤާނޫނީ ޕްރޮސެސް އަކީ 9 ގަޑި އިރު ތެރޭގައި ޤާނޫނު އަސާސީ އިސްލާހު ކުރުން: އަލީ ހުސައިން

08 ޖެނުއަރީ 2026
މި ސަރުކާރުން ޤަބޫލު ކުރާ ޤާނޫނީ ޕްރޮސެސް އަކީ 9 ގަޑި އިރު ތެރޭގައި ޤާނޫނު އަސާސީ އިސްލާހު ކުރުން: އަލީ ހުސައިން
07 ޖެނުއަރީ 2026

ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް

07 ޖެނުއަރީ 2026
ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް
06 ޖެނުއަރީ 2026

ރައްޔިތުންގެ މަޖިލީހުގައި ވެރި މީހާ ވިދާޅުވާހާ ބަތަކަށް ރިހަ އަޅަންޏާ، މީޑިއާ ވެސް އާއްމުން ވެސް ބަސް ބުނާނެ!

06 ޖެނުއަރީ 2026
ރައްޔިތުންގެ މަޖިލީހުގައި ވެރި މީހާ ވިދާޅުވާހާ ބަތަކަށް ރިހަ އަޅަންޏާ، މީޑިއާ ވެސް އާއްމުން ވެސް ބަސް ބުނާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް