Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި ވެރި މީހާ ވިދާޅުވާހާ ބަތަކަށް ރިހަ އަޅަންޏާ، މީޑިއާ ވެސް އާއްމުން ވެސް ބަސް ބުނާނެ!

6 ޖެނުއަރީ 2026 | އަންގާރަ 14:23

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލު ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅައި ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސް ނިންމާލީ އަވަސް އަރުވާލައިގެން.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ޖެނުއަރީ 2026 | އަންގާރަ 14:23
މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން

މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން | ރައްޔިތުންގެ މަޖިލިސް

ހޯމަ ދުވަހު ފެނިގެން ދިޔަ މަންޒަރަކީ ޖަލްސާ ނިންމަވާލައްވަމުން މީޑިއާ އިން ޚަބަރު ގެނެސްފާނެ ގޮތަކާ މެދު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިކަން ފިކުރު ބޮޑުވެގެން އުޅުއްވި މަންޒަރެވެ. ދައުރުން ބޭރުން ބޭއްވި ދެ ވަނަ ޖަލްސާ ފެށިތާ 20 ވަރަކަށް މިނިޓު ތެރޭ ނިންމާލަމުން މަޖިލީހުގެ މަސައްކަތެއް ނެތް ކަމަށް ބުނެވެން ނެތް ކަމަށް ދައްކަން ނިކަން މަސައްކަތް ކުރެއްވި އެވެެ.

ވެގެން އުޅޭ ގޮތް ރައްޔިތުންނަށް ނިކަން ސާފެވެ. ބޭނުމީ ވެރި މީހާ ރުއްސާށެވެ. އެކަމަކު މަޖިލީހުގެ މަސައްކަތެއް ނެތިގެން ޖަލްސާ ކުރުވާ ކަމަށް މީޑިއާ އިން ބުނެފާނެތީ އެކަމާއި މަޖިލީހުގެ ރައީސް އުޅުއްވަނީ ބިރުންނެވެ. 

ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް މުޅި ސަރުކާރު ކެކި އުތުރެނީ އެވެ.  ހުށަހަޅާފައިވާ ބިލު 10 ދުވަސް ތެރޭ ދިރާސާ ކޮށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިންނިންމާފައިވާ އިރު އެ ބަދަލު ގެނައުން ދައުރު ފެށުމާއި ހަމަ އަށް ވެސް ފަސްކޮށްލުން ވީ ސަރުކާރަށް ނުކަތާ ވަރުގެ ކަމަކަށެވެ. 

ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އަށް ގެންނަ އިސްލާހުގެ ބިލު މަޖިލިހަށް ހުށަހެޅި ހޯމަ ދުވަހު އެވެ. އަދި ބިލު ހުށަހަޅުއްވާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް އެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު ބިލުގެ އިބްތިދާއީ ބަހުސް ފަށާ ފަޓާސް ބަރި އެއް ހެން އެ މަސައްކަތް ކުރިއަށް ގެންދެވީ އެވެ. އަވަސް އަވަހަށް އެ ބަހުސް ނިންމުމަށް ފަހު ބިލު ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެހީ ވެސް ރާސްލާފައި ކަންކަން ނިންމާލާ އުސޫލުންނެވެ. އެހެންވީމަ އާއްމުން މަޖިލީހަށް ބަދު ބަސް ނުބުނާނެ ކަމަށް ހީކުރާނެ ޖާގަ އެއް ނެތެވެ.

މިހާ އަވަސް އަރުވާލައިގެން ކަންކަން ކުރަނީ ގައިމު ކުރަން ހުރި މަސައްކަތްތަކަށް އިސްކަން ދެއްވާތީ އެއް ނޫނެވެ. އެހެން ނޫން ނަމަ އާއްމުންނާއި ގުޅުން ހުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ވަޒީރުން ހާޒިރުކުރާނެ އެވެ. މި މޭރުމުން ކަންކަން ކޮށް ރައްޔިތުންގެ މަޖިލީހުގައި ވެރި މީހާ ވިދާޅުވާހާ ބަތަކަށް ރިހަ އަޅަންޏާ، މީޑިއާ ވެސް އާއްމުން ވެސް ބަސް ބުނާނެ އެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2026

ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް

07 ޖެނުއަރީ 2026
ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް
06 ޖެނުއަރީ 2026

ދުވަސްވީ މީހުންގެ ޕެންޝަނަށް ލިބޭ ފައިސާ އަށް ވުރެ އާމްދަނީ ބޮޑު ނަމަ ޕެންޝަން ކަނޑާލަން ހުށަހެޅި ބިލުގެ މަސައްކަތް މި މަހު ނިންމަނީ

06 ޖެނުއަރީ 2026
ދުވަސްވީ މީހުންގެ ޕެންޝަނަށް ލިބޭ ފައިސާ އަށް ވުރެ އާމްދަނީ ބޮޑު ނަމަ ޕެންޝަން ކަނޑާލަން ހުށަހެޅި ބިލުގެ މަސައްކަތް މި މަހު ނިންމަނީ
06 ޖެނުއަރީ 2026

ގާނޫނު އަސާސީ އަށް ބަދަލު ގެންނަ ބިލު 10 ދުވަހުން ދިރާސާ ކޮށް ނިންމަން ފާސް ކުރީ 6 މިނެޓުން!

06 ޖެނުއަރީ 2026
ގާނޫނު އަސާސީ އަށް ބަދަލު ގެންނަ ބިލު 10 ދުވަހުން ދިރާސާ ކޮށް ނިންމަން ފާސް ކުރީ 6 މިނެޓުން!
06 ޖެނުއަރީ 2026

އެޗްއާރްސީއެމްގެ ރައީސް އަކަށް ރަމީލާ އައްޔަނު ކުރުމަށް ފަހު 15 މިނެޓުން މަޖިލީހުގެ ޖަލްސާ ނިންމާލައިފި

06 ޖެނުއަރީ 2026
އެޗްއާރްސީއެމްގެ ރައީސް އަކަށް ރަމީލާ އައްޔަނު ކުރުމަށް ފަހު 15 މިނެޓުން މަޖިލީހުގެ ޖަލްސާ ނިންމާލައިފި
06 ޖެނުއަރީ 2026

ދައުރުން ބޭރުގައި ޖަލްސާ ބާއްވަން ޖެހޭ ފަދަ ހާލަތެއް ނެތް، މިއީ ސަރުކާރުން އަމިއްލަ މަންފާ އަށް އެކަނި ކުރާ ކަމެއް: މެމްބަރު ކުޑޫ

06 ޖެނުއަރީ 2026
ދައުރުން ބޭރުގައި ޖަލްސާ ބާއްވަން ޖެހޭ ފަދަ ހާލަތެއް ނެތް، މިއީ ސަރުކާރުން އަމިއްލަ މަންފާ އަށް އެކަނި ކުރާ ކަމެއް: މެމްބަރު ކުޑޫ
05 ޖެނުއަރީ 2026

ދައުރުން ބޭރުން ބާއްވާ ޖަލްސާތައް ޣައިރު ގާނޫނީ، އެމްޑީޕީ އިން ބޮއިކޮޓް ކުރަން ނިންމައިފި

05 ޖެނުއަރީ 2026
ދައުރުން ބޭރުން ބާއްވާ ޖަލްސާތައް ޣައިރު ގާނޫނީ، އެމްޑީޕީ އިން ބޮއިކޮޓް ކުރަން ނިންމައިފި
05 ޖެނުއަރީ 2026

އެމްއެމްޕީއާރުސީގެ ފައިސާ ގޯނި އުފުއްލި ކަމަށް އިއުތިރާފުވެވަޑައިގެންނެވި މެމްބަރު މުހައްމަދު އިސްމާއިލް، އަތްފައި ބުރިކުރަން ޖެހޭ ކަމަށް ވިދާޅުވީ އެހެން މެންބަރުންގެ

05 ޖެނުއަރީ 2026
އެމްއެމްޕީއާރުސީގެ ފައިސާ ގޯނި އުފުއްލި ކަމަށް އިއުތިރާފުވެވަޑައިގެންނެވި މެމްބަރު މުހައްމަދު އިސްމާއިލް، އަތްފައި ބުރިކުރަން ޖެހޭ ކަމަށް ވިދާޅުވީ އެހެން މެންބަރުންގެ
05 ޖެނުއަރީ 2026

އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަން ކުރުމަށް ރުހުން ދިނުމަށް އަންގާރަ ދުވަހު ޖަލްސާ އެއް ބާއްވަނީ

05 ޖެނުއަރީ 2026
އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަން ކުރުމަށް ރުހުން ދިނުމަށް އަންގާރަ ދުވަހު ޖަލްސާ އެއް ބާއްވަނީ
05 ޖެނުއަރީ 2026

2025 ވަނަ އަހަރު އެކަނިވެސް ވައްކަމުގެ ތެރެއިން 2 ބިލިއަން ރުފިޔާ ގެއްލުނު: މެންބަރު ޣަފޫރު

05 ޖެނުއަރީ 2026
2025 ވަނަ އަހަރު އެކަނިވެސް ވައްކަމުގެ ތެރެއިން 2 ބިލިއަން ރުފިޔާ ގެއްލުނު: މެންބަރު ޣަފޫރު
05 ޖެނުއަރީ 2026

ރައީސް މުއިއްޒު މޫނަކަށް ކަނދުރާ އަކަށް ނުބައްލަވާ، ބައްލަވަނީ ވޮލެޓާ ބޭންކް ބެލެންސަށް: މެންބަރު ޒިޔާދު

05 ޖެނުއަރީ 2026
ރައީސް މުއިއްޒު މޫނަކަށް ކަނދުރާ އަކަށް ނުބައްލަވާ، ބައްލަވަނީ ވޮލެޓާ ބޭންކް ބެލެންސަށް: މެންބަރު ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް