Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުޕޮއިސް

ހުޅުމާލެ ފޭސް 2 ގައި ޕޮއިސްގެ އައު ފިހާރަ "ޕޮއިސް ޕާފިއުމްސް ބިއުޓީ" ހުޅުވައިފި

26 ޖެނުއަރީ 2026 | ހޯމަ 08:14

މި ފިހާރައިން ލަތާފާ، ޚަދްލަޖް، ރަސާސީ ފަދަ މަޝްހޫރު ބްރޭންޑްތަކުގެ ޕަރފިއުމް، ކޮސްމެޓިކްސް އަދި ސްކިން ކެއަރ ޕްރޮޑަކްޓްތައް ލިބެން ހުންނާނެ. 15 ދުވަހުގެ ޚާއްސަ ޕްރޮމޯޝަންގެ ދަށުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާއިރު، ލަކީ ޑްރޯއަކުން އައިފޯން 17 ޕްރޯ މެކްސް ވެސް ލިބިގެންދާނެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 ޖެނުއަރީ 2026 | ހޯމަ 08:14
ހުޅުމާލެ ފޭސް 2 ގައި ޕޮއިސްގެ އައު ފިހާރަ "ޕޮއިސް ޕާފިއުމްސް ބިއުޓީ" ހުޅުވުން

ހުޅުމާލެ ފޭސް 2 ގައި ޕޮއިސްގެ އައު ފިހާރަ "ޕޮއިސް ޕާފިއުމްސް ބިއުޓީ" ހުޅުވުން | ޕޮއިސް ޕާރފިއުމްސް

ދުނިޔޭގެ ނަން މަޝްހޫރު ކޮލެޓީ ބްރޭންޑްތަކުގެ ޕަރފިއުމްސް އަދި ކޮސްމެޓިކްސް އާއި މޭކަޕްގެ ގިނަ ވައްތަރުތަކެއް ރާއްޖެ އެތެރެކޮށް، މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރުމުގައި ގިނަ ބަޔަކު ދަންނަ "ޕޮއިސް ޕާފިއުމްސް ބިއުޓީ" ގެ ނަމުގައި އައު ފިހާރައެއް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި އެވެ.

ހުޅުމާލޭ ފޭސް 2 ގެ ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުރިމައްޗަށް ވާ ގޮތަށް ހުންނަ މި ފިހާރަ ހުޅުވީ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއަަށް މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޚާދްލާޖް ބްރޭންޑްގެ އުފައްދުންތަކުގެ ރާއްޖޭގެ ސަޕްލަޔަރު އީނާތުﷲ އެވެ.

މި ފިހާރަ އަކީ ޕޮއިސް ޕަރފިއުމްސްގެ ފަސް ވަނަ ފިހާރަ އެވެ. އެ ކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މަޝްހޫރު ބްރޭންޑްތަކުގެ ޕަރފިއުމްސް އާއި ފްރެގްރެންސްގެ ވައްތަރުތައް ޑިސްޓްރިބިއުޓް ކުރާއިރު ޕޮއިސް ފާހަގަވެގެން ދަނީ ކުރިން ފެށިގެން ވެސް ދުނިޔެ ބަލައިގެންފައިވާ މަޝްހޫރު ބްރޭންޑްތަކުގެ ޕަރފިއުމް ރާއްޖެއަށް އެތެރެ ކުރާ ކުންފުންޏެއް ގެ ގޮތުގަ އެވެ. 

ޕޮއިސް ގެ ސޭލްސް އެންޑް މާކެޓިން އެގްޒެކެޓިވް އަބްދުﷲ ހުޝާމް ވިދާޅުވީ، އެ ފިހާރަ ހުޅުވީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ޕްރޮޑަކްޓްތައް ގަތުމުގެ ފުރުސަތު ދިނުމަށްޓަކައި ކަމަށެވެ. އަދި އެ ފިހާރައިން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތައް ލިބިގެންދާނެ ކަމަށްވެސް ހުޝާމް ވިދާޅުވި އެވެ.

ހުޝާމް ވިދާޅުވީ އެ ފިހާރަ އިން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް އަދި މިހާރު އެ ބްރޭންޑްތަކަށް އެންމެ ޑިމާންޑް ބޮޑު ބައެއް ބްރޭންޑްތައް ކަމަށް ވާ ލަތާފާ، ޚަދްލަޖް، ރަސާސީ ފަދަ ބްރޭންޑް ގެ ޕްރޮޑަކްޓް ލިބޭނެ ކަމަށެވެ. އޭގެ ޕަރފިއުމް، ބޮޑީ މިސްޓް، ބޮޑީ ސްޕްރޭ ގެ އިތުރުން ޕަރފިއުމް އޮއިލް ވެސް މި ފިހާރަ އިން ލިބޭނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އޭގެ ތެރޭގައި އެންމެ ފަހުން މާކެޓަށް ނިކުތް ފްރެންގްރެންސް ތައް ވެސް ހިމެނޭނެ ކަމަށް ހުޝާމް ވިދާޅުވި އެވެ. 

ހުޅުމާލެ ފޭސް 2 ގައި ޕޮއިސްގެ އައު ފިހާރަ "ޕޮއިސް ޕާފިއުމްސް ބިއުޓީ" ހުޅުވުން

ހުޅުމާލެ ފޭސް 2 ގައި ޕޮއިސްގެ އައު ފިހާރަ "ޕޮއިސް ޕާފިއުމްސް ބިއުޓީ" ހުޅުވުން

ޕަރފިއުމްގެ އިތުރުން މި ފިހާރަ އިން ބިއުޓީ ޕްރޮޑަކްޓްސް ވެސް ލިބެ އެވެ. އެގޮތުން ކޮސްމެޓިކްސް އާ މޭކްއަޕް އަދި ސްކިން ކެއަރ ގެ ޕްރޮޑަކްޓްސް ލިބެން ހުރި އިރު މިއީ ވެސް ނަން މަޝްހޫރު، ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ ބްރޭންޑްތަކުގެ ޕްރޮޑަކްޓް ތަކެކެވެ. 

ޕޮއިސް އިން ވިއްކާ ގިނަ ޕްރޮޑަކްޓްތަކަކީ ދުނިޔޭގެ އިތުބާރު ހޯދާފައިވާ އަދި އެތައް ބައެއްގެ މަގުބޫލުކަން ވެސް ހޯދާފައިވާ ޕްރޮޑަކްޓްތަކެވެ. ޕޮއިސް އިން ބުނީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ކަސްޓަމަރުންނަށް ހެޔޮ އަގުގައި، ކޮލިޓީ ޕްރޮޑަކްޓްސް ފޯރުކޮށްދިނުން ކަމަށެވެ. އަދި ކަސްޓަމަރުންގެ ޑިމާންޑާ ރިކުއެސްޓަކާ އެކި ޓްރެންޑް ތަކަށް ބެލުމަށްފަހު ގެންނަ ޕްރޮޑަކްޓްސް އިތުރު ކުރަމުންދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ. 

ހުޅުމާލެ ފޭސް 2 ގައި ޕޮއިސްގެ އައު ފިހާރަ "ޕޮއިސް ޕާފިއުމްސް ބިއުޓީ" ހުޅުވުން

ހުޅުމާލެ ފޭސް 2 ގައި ޕޮއިސްގެ އައު ފިހާރަ "ޕޮއިސް ޕާފިއުމްސް ބިއުޓީ" ހުޅުވުން

އާދިއްތަ ދުވަހުގެ ރޭ ހުޅުވި މި ފިހާރަ އިން 15 ދުވަހަށް ކުރިއަށްގެންދާ ޚާއްސަ ޕްރޮމޯޝަނެއް ދަށުން އެ ފިހާރައިން ވިއްކާ ޕަރފިއުމް ތަކުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭއިރު މި މުއްދަތުގައި 250 ރުފިޔާ އިން މަތިން ވިޔަފާރި ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބެ އެވެ.  މި ލަކީޑްރޯ ގެ ގުރުއަތުން ހޮވެ ނަސީބުވެރިއަކަށް އައިފޯން 17 ޕްރޯ މެކްސް އެއް ލިބިގެންދާނެ އެވެ.

ޕޮއިސް ޕާފިއުމްސް ބިއުޓީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޕޮއިސްގެ ނަން މުޅި ރާއްޖޭގައި

30 ޖެނުއަރީ 2017
ޕޮއިސްގެ ނަން މުޅި ރާއްޖޭގައި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
13 ޖެނުއަރީ 2017

މަޖީދީ މަގުގައި ޕޮއިސްގެ އާ ޝޯ ރޫމެއް ހުޅުވައިފި

13 ޖެނުއަރީ 2017
މަޖީދީ މަގުގައި ޕޮއިސްގެ އާ ޝޯ ރޫމެއް ހުޅުވައިފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
10 ޖެނުއަރީ 2017

އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި

10 ޖެނުއަރީ 2017
އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް