Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ތައިވާން

އެއްވެސް ސަލާމަތީ ވަސީލަތަކާ ނުލައި ތައިވާނުގެ އެންމެ އުސް އިމާރާތް ކަމަށްވާ "ތައިޕޭ 101" އަށް މަޝްހޫރު ކްލައިމްބަރ ހަނޯލްޑް އަރައިފި

އެމެރިކާގެ މަޝްހޫރު ކްލައިމްބަރ އެލެކްސް ހަނޯލްޑް މިދިޔަ އާދީއްތަ ދުވަހު ތައިވާނުގެ 508 މީޓަރު އުސް "ތައިޕޭ 101" އިމާރާތަށް ސަލާމަތީ ވަސީލަތަކާ ނުލައި 91 މިނެޓުގެ ތެރޭގައި ވަނީ އަރާފައި.

ރާއްޖެ އެމްވީ | 25 ޖެނުއަރީ 2026 | އާދީއްތަ 11:14
އެލެކްސް ހަނޯލްޑް "ޓައިޕޭ 101" އަށް އަރަނީ.

އެލެކްސް ހަނޯލްޑް "ޓައިޕޭ 101" އަށް އަރަނީ.

އުސް ތަންތަނަށް އެރުމަށް މަޝްހޫރު އެމެރިކާގެ މީހެއް ކަމަށްވާ އެލެކްސް ހަނޯލްޑް، އެއްވެސް ސަލާމަތީ ވަސީލަތަކާ ނުލައި ތައިވާނުގެ އެންމެ އުސް އިމާރާތް ކަމަށްވާ "ތައިޕޭ 101" އަށް އަރައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހު، ދުނިޔޭގެ އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ މި އުސް ބިނާ އަށް ހަނޯލްޑް އެރީ އެއްވެސް ވާގަނޑެއް ނުވަތަ ސަލާމަތީ ވަސީލަތެއްގެ އެހީތެރިކަމާ ނުލަ އެވެ. އޭނާ މި ހަރަކާތް ކުރިއަށް ގެންދިޔަ އިރު، އެތައް ހާސް ބަޔަކު އެ ސަރަހައްދަށް އެއްވެ އޭނާއަށް ހިތްވަރުދީ އުފާފާޅުކުރަމުން ދިޔަ އެވެ.

ނެޓްފްލިކްސް އިން އިންތިޒާމުކޮށް ވަގުތުން ދައްކަމުންދިޔަ މި ހަރަކާތުގައި، 91 މިނެޓުގެ ތެރޭގައި އިމާރާތުގެ އެންމެ ކުރިއަށް އެރުމަށްފަހު، ހޮނޯލްޑް ބުނީ މިއީ ވަރަށް "ސަޅި" ތަޖުރިބާއެއް ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެއް ދުވަސް ފަސްކުރަން ޖެހުނު މި ހަރަކާތައް ފަހު އޭނާ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ، މިއީ ތައިޕޭ ސިޓީ ބަލާލުމަށް ލިބުނު ވަރަށް ސަޅި ފުރުސަތެއް ކަމަށެވެ.

508 މީޓަރު (1,667 ފޫޓު) އުސް "ތައިޕޭ 101" އަކީ 2004 އިން 2010 އަށް ދުނިޔޭގެ އެންމެ އުސް އިމާރާތުގެ މަގާމު ފުރާފައިވާ ބިނާއެކެވެ. މިހާރު އެ މަގާމުގައި އޮތީ ދުބާއީގެ ބުރުޖު ޚަލީފާ އަށެވެ.

އެއްވެސް ސަލާމަތީ ސާމާނަކާ ނުލައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ "ތައިޕޭ 101" އިމާރާތުގެ މެނޭޖްމަންޓާއި ސިޓީ ގަވަރުމަންޓުގެ ފުރިހަމަ ހުއްދަ އާއި އެއްބާރުލުމާ އެކު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ހަނޯލްޑް ހާމަކުރި ގޮތުގައި، ކުރިން އޭނާ ހުއްދަ ނުހޯދައި މި އިމާރާތަށް އެރުމަށް ވިސްނާފައިވެ އެވެ. ނަމަވެސް، އިމާރާތުގެ އަގު ވަޒަންކުރުމަށާއި މިކަމުގައި އެހީތެރިވެދިން ޓީމަށް އިހުތިރާމް ކުރުމުގެ ގޮތުން، ހުއްދަ ލިބެންދެން މަޑުކުރަން ނިންމީ ކަމަށް އޭނާ ބުންޏެވެ.

މި ހަރަކާތުގެ އެގްޒެކެޓިވް ޕްރޮޑިއުސަރު ޖޭމްސް ސްމިތު ބުނި ގޮތުގައި، މިފަދަ ނުރައްކާތެރި ކަމަކަށް އިމާރާތެއްގެ ވެރިން އިތުބާރުކޮށް ހުއްދަ ދިނުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. އަދި އޭނާ ވަނީ "ތައިޕޭ 101" އަކީ އެ ގައުމުގެ ފަހުރެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ތައިވާނުގެ ސިޔާސީ އިސް ބޭފުޅުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހަނޯލްޑް އަދި ނެޓްފްލިކްސް އަށް ޝުކުރު އަދާކޮށްފަ އެވެ. ސެމީކޮންޑަކްޓަރު އުފެއްދުމާއި ޗައިނާގެ އަސްކަރީ ނުރައްކަލުގެ ޚަބަރުތަކުން އާންމުކޮށް ފެންނަ ތައިވާން، މުޅިން ތަފާތު ގޮތަކަށް ބައިނަލްއަގުވާމީ ސަމާލުކަމަށް ގެނެސްދިނީތީ އެ ފަރާތްތަކުން ވަރަށް އުފާ ކުރި އެވެ.

ތައިވާނުގެ ރައީސް ލައި ޗިން-ޓޭ އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައި ވަނީ، "މި ބިރުކުޑަ، ހިތްވަރުގަދަ ކާމިޔާބީއަށްޓަކައި އެލެކްސް އަށް މަރުހަބާ ކިޔަން" ކަމަށެވެ. އަދި ނެޓްފްލިކްސްގެ ލައިވް ބްރޯޑްކާސްޓް މެދުވެރިކޮށް ދުނިޔެއަށް ފެނިގެންދިޔައީ ހަމައެކަނި "ތައިޕޭ 101" ނޫން ކަމަށާއި، ތައިވާނުގެ ރައްޔިތުންގެ ހިތްހެޔޮކަމާއި އެ ގައުމުގެ ގުދުރަތީ ރީތިކަން ވެސް ދުނިޔެއަށް ހާމަވެގެންދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއީ "ތައިޕޭ 101" އަށް މީހަކު އެރި ފުރަތަމަ ފަހަރެއް ނޫނެވެ. 2004 ވަނަ އަހަރު، "ސްޕައިޑަމޭން" ގެ ނަމުން މަޝްހޫރު ފްރާންސްގެ އެލެއިން ރޮބަޓް ވެސް ވަނީ މި އިމާރާތަށް އަރާފަ އެވެ. ނަމަވެސް، އޭނާ އެ ފަހަރު ސަލާމަތީ ވާގަނޑެއް ބޭނުން ކޮށްފައިވާއިރު، އެރުމަށް ހަތަރު ގަޑިއިރު ހޭދަވި އެވެ.

އެލެކްސް ހަނޯލްޑްތައިޕޭ 101ތައިވާންނެޓްފްލިކްސްބުރުޖު ޚަލީފާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޖަޕާނުގެ ބޮޑުވަޒީރު އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވާލައްވައިފި

ޖަޕާނުގެ ބޮޑުވަޒީރު އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވާލައްވައިފި

23 ޖެނުއަރީ 2026
'ވަކިވާން މަސައްކަތްކުރާ ބާރުތަކަށް' ދޭ އިންޒާރެއްގެ ގޮތުގައި ތައިވާން ވަށައިގެން ޗައިނާ އިން އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދަނީ

'ވަކިވާން މަސައްކަތްކުރާ ބާރުތަކަށް' ދޭ އިންޒާރެއްގެ ގޮތުގައި ތައިވާން ވަށައިގެން ޗައިނާ އިން އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދަނީ

29 ޑިސެމްބަރު 2025
ތައިވާނަށް 7.0 ގެ ބާރު މިނުގެ ބިންހެލުމެއް އަތުވެއްޖެ

ތައިވާނަށް 7.0 ގެ ބާރު މިނުގެ ބިންހެލުމެއް އަތުވެއްޖެ

28 ޑިސެމްބަރު 2025
ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު