Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާން

ޖަޕާނުގެ ބޮޑުވަޒީރު އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވާލައްވައިފި

ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ސަނައޭ ޓަކައިޗީ ފެބްރުއަރީ 8 ގައި ބާއްވާ އަވަސް އިންތިޚާބަކަށް މަގުފަހިކޮށްދެއްވައި މަޖިލިސް އުވާލެއްވި އިރު އޭނާގެ ވެރިކަމުގައި ފާއިތުވ ތިން މަހުގެ ތެރޭގައި އޭނާގެ މަގުބޫލުކަން 70% ށް މައްޗަށް ގޮސްފައިވާކަން ފާހަގަ ކުރެވޭ.

ރާއްޖެ އެމްވީ | 23 ޖެނުއަރީ 2026 | ހުކުރު 09:30
ޖަޕާނުގެ ޓޯކިޔޯގައި އޮކްޓޯބަރު 21، 2025 ގައި ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އާ ބޮޑުވަޒީރު އިންތިޚާބު ކުރުމަށް ފަހު ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ގެ ރައީސް ސަނާއޭ ޓަކައިޗީ އަށް މަރުހަބާ ކިޔަނީ.

ޖަޕާނުގެ ޓޯކިޔޯގައި އޮކްޓޯބަރު 21، 2025 ގައި ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އާ ބޮޑުވަޒީރު އިންތިޚާބު ކުރުމަށް ފަހު ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ގެ ރައީސް ސަނާއޭ ޓަކައިޗީ އަށް މަރުހަބާ ކިޔަނީ. | ގެޓީ އިމޭޖަސް

ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވާލައްވައި، އަވަސް އިންތިޚާބަކަށް މަގުފަހިކޮށްދެއްވައިފިއެވެ.

ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބާ ގުޅިގެން، ޖަޕާނުގެ ތިރިގެ (ލޯވަރ ހައުސް) ރަސްމީކޮށް އުވާލިކަން އިޢުލާންކުރެއްވީ އެ މަޖިލީހުގެ ރައީސެވެ. މަޖިލިސް އުވާލުމުގެ ސިޓީ އިއްވެވުމާއެކު، މެންބަރުން ވަނީ އާދަކާދައިގެ މަތިން "ބަންޒާއީ" އޭ ގޮވާ އަޑުއުފުލާފައެވެ. ޖަޕާނުގައި މިހެން ގޮވާ އުޅެނީ ދިގު އުމުރެއް ލިބުމަށް އެދި ބުނާ އެއްޗެއްގެ ގޮތުގަ އެވެ.

465 މެންބަރުންގެ މައްޗަށް އެކުލެވޭ ތިރިގެ އުވާލުމާއެކު، 12 ދުވަހުގެ އިންތިޚާބީ ކެމްޕޭން އަންނަ އަންގާރަ ދުވަހު ރަސްމީކޮށް ފެށޭނެ އެވެ. ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، ޓަކައިޗީ، އަވަސް އިންތިޚާބެއް ބާއްވަވާނެކަން އިޢުލާންކުރެއްވީ މިދިޔަ ހޯމަ ދުވަހު އެވެ.

ނިމިދިޔަ އޮކްޓޯބަރު މަހު މަޤާމާ ހަވާލުވެވަޑައިގަތް ޓަކައިޗީ އަށް ވެރިކަމުގައި މިވީ ތިން މަސްދުވަހުގެ ތެރޭގައި އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި އޭނާއަށް އޮތް ތަރުހީބު 70% އަށް އަރަ އެވެ. ޓަކައިޗީ އުންމީދު ކުރައްވަނީ އޭނާގެ މި މަޤްބޫލުކަމުގެ ބޭނުން ހިފައި، ފާއިތުވި އަހަރުތަކުގައި ވެރިކަން ކުރާ ޕާޓީއަށް އާންމުންގެ މެދުގައި ގެއްލިފައިވާ ތަރުހީބު އަނބުރާ ހޯދުމަށެވެ.

މިހާރު ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނެނީ ޓަކައިޗީގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލް.ޑީ.ޕީ) އާއި ޖަޕާން އިނޮވޭޝަން ޕާޓީ (ޖޭ.އައި.ޕީ) އެވެ. މި ކޯލިޝަނަށް މަޖިލީހުގައި އޮތީ ވަރަށް ހަނި އަޣުލަބިއްޔަތެކެވެ. ޔުނިވަރސިޓީ އޮފް ސުކޫބާގެ ޕޮލިޓިކްސް ޕްރޮފެސަރު ހިޑެހިރޯ ޔަމަމޯޓޯ ވިދާޅުވި ގޮތުގައި، ޓަކައިޗީގެ ކެބިނެޓަށް އޮތް ތަރުހީބު ސީދާ އެލް.ޑީ.ޕީއަށް ލިބޭނެ ކަމާމެދު ސުވާލު އުފެދެއެވެ. އަދި އާންމުން އެންމެ ބޮޑަށް ކަންބޮޑުވަނީ ތަކެތީގެ އަގު އުފުލުމާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާމެދު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޖަޕާނުގެ ދައުލަތުގެ މީޑިއާ، އެން.އެޗް.ކޭ އިން ރިޕޯޓްކުރާ ގޮތުގައި މި އިންތިޚާބުގެ މައިގަނޑު މައުޟޫޢުތަކަކަށް ވާނީ ތަކެތީގެ އަގު ކޮންޓްރޯލް ކުރުމާއި، ޗައިނާއާއެކު އޮތް ނުތަނަވަސްކަމާ ގުޅިގެން ކުރިމަތިވެފައިވާ ސަލާމަތީ މައްސަލަތަކެވެ. ޓައިވާނާ މެދު ޗައިނާ އިން އަސްކަރީ ފިޔަވަޅެއް އަޅައިފިނަމަ ޖަޕާނުން އެކަމުގެ ތެރެއަށް ވަދެދާނެ ކަމަށް ޓަކައިޗީ ނޮވެމްބަރު މަހު ވިދާޅުވި ބަހަކާ ގުޅިގެން، ޓޯކިޔޯ އާއި ބެއިޖިން އާ ދެމެދުގައި ވަނީ ޚާރިޖީ ނުތަނަވަސްކަމެއް އުފެދިފައެވެ.

އާއިލާތަކަށް ކުރިމަތިވެފައިވާ ތަކެތީގެ އަގުބޮޑުވުމުގެ މައްސަލައަށް ލުޔެއް ދިނުމުގެ ގޮތުން، ކާބޯތަކެތިން ނަގާ ކޮންސަމްޕްޝަން ޓެކްސް އުނިކުރުމުގެ ޚިޔާލު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ހުށަހަޅާފައެވެ. ކުރީގެ ބޮޑުވަޒީރު ޝިގެރޫ އިޝިބާގެ ސަރުކާރު ވެއްޓުމުގެ މައިގަނޑު އެއް ސަބަބަކީ ވެސް ތަކެތީގެ އަގު އުފުލުމުގެ ސަބަބުން އާންމުންގެ މެދުގައި އުފެދުނު ހިތްހަމަނުޖެހުންތަކެވެ.

ނިމިދިޔަ ޑިސެމްބަރު މަހު ޖަޕާނުގެ އިންފްލޭޝަން ރޭޓް ވަނީ 2.4% އަށް ދަށްވެފަ އެވެ. މިއީ ސަރުކާރުން ކަރަންޓާއި ގޭހަށް ދޭ ސަބްސިޑީގެ ސަބަބުން އައި ބަދަލެކެވެ. ނަމަވެސް، މިއީ އަދިވެސް މަރުކަޒީ ބޭންކުން އަމާޒުކުރާ 2% އަށް ވުރެ މަތީ އަދަދެކެވެ. ޚާއްޞަކޮށް ހަނޑުލުގެ އަގު ވަނީ ފާއިތުވި އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އުފުލިފަ އެވެ.

ޓަކައިޗީ ނިސްބަތްވާ އެލް.ޑީ.ޕީ އަކީ އެތައް އަހަރެއް ވަންދެން ޖަޕާނުގައި ވެރިކަން ކުރަމުން އަންނަ ޕާޓީއެވެ. އިދިކޮޅު މައި ޕާޓީ ކަމަށްވާ ކޮންސްޓިޓިއުޝަނަލް ޑިމޮކްރެޓިކް ޕާޓީ (ސީ.ޑީ.ޕީ) އިން ވަނީ ކޯމެއިޓޯ ޕާޓީއާ ގުޅިގެން "ސެންޓްރިސްޓް ރިފޯމް އެލަޔަންސް" ގެ ނަމުގައި އާ ކޯލިޝަނެއް އުފައްދާފަ އެވެ. މިއީ ޓަކައިޗީ އަށް އޮތް ތަރުހީބު ކުޑަކޮށް، ވޯޓު ހޯދުމަށް ކުރާ މަސައްކަތެކެވެ. ދިރާސާވެރިން ލަފާކުރާ ގޮތުގައި މިއީ ވަރަށް ވާދަވެރި އިންތިޚާބަކަށް ވާނެ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވުމުގެ ފުރުޞަތު އަދިވެސް ކުޑަކަމަށް ބެލެވެ އެވެ.

ޖަޕާންސަނައޭ ޓަކައިޗީލިބަރަލް ޑިމޮކްރެޓިކް ޕާޓީޖަޕާން-ޗައިނާތައިވާންކޮންސްޓިޓިއުޝަނަލް ޑިމޮކްރެޓިކް ޕާޓީ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2026

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލި މީހާ އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

21 ޖެނުއަރީ 2026
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލި މީހާ އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފި
05 ޖެނުއަރީ 2026

ޓޯކިޔޯގެ ޓޮޔޮސޫ މަސް މާރުކޭޓުގައި ކަންނެއްޔެއް 3.2 މިލިއަން ޑޮލަރަށް ވިއްކާލައިފި

05 ޖެނުއަރީ 2026
ޓޯކިޔޯގެ ޓޮޔޮސޫ މަސް މާރުކޭޓުގައި ކަންނެއްޔެއް 3.2 މިލިއަން ޑޮލަރަށް ވިއްކާލައިފި
02 ޖެނުއަރީ 2026

ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގައި އަންހެނުންނަށް ޚާއްޞަ ފާޚާނާ އިތުރުކުރުމަށް ހުށަހެޅި ޕެޓިޝަނެއް ގައި އެ ގައުމުގެ ބޮޑުވަޒީރު ސޮއި ކުރައްވައިފި

02 ޖެނުއަރީ 2026
ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގައި އަންހެނުންނަށް ޚާއްޞަ ފާޚާނާ އިތުރުކުރުމަށް ހުށަހެޅި ޕެޓިޝަނެއް ގައި އެ ގައުމުގެ ބޮޑުވަޒީރު ސޮއި ކުރައްވައިފި
31 ޑިސެމްބަރު 2025

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

31 ޑިސެމްބަރު 2025
ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
30 ޑިސެމްބަރު 2025

އިގުތިސާދީ ގޮތުން އިންޑިއާ އިން ޖަޕާނު ފަހަތައް ޖައްސާލައިފި

30 ޑިސެމްބަރު 2025
އިގުތިސާދީ ގޮތުން އިންޑިއާ އިން ޖަޕާނު ފަހަތައް ޖައްސާލައިފި
29 ޑިސެމްބަރު 2025

'ވަކިވާން މަސައްކަތްކުރާ ބާރުތަކަށް' ދޭ އިންޒާރެއްގެ ގޮތުގައި ތައިވާން ވަށައިގެން ޗައިނާ އިން އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދަނީ

29 ޑިސެމްބަރު 2025
'ވަކިވާން މަސައްކަތްކުރާ ބާރުތަކަށް' ދޭ އިންޒާރެއްގެ ގޮތުގައި ތައިވާން ވަށައިގެން ޗައިނާ އިން އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދަނީ
28 ޑިސެމްބަރު 2025

ތައިވާނަށް 7.0 ގެ ބާރު މިނުގެ ބިންހެލުމެއް އަތުވެއްޖެ

28 ޑިސެމްބަރު 2025
ތައިވާނަށް 7.0 ގެ ބާރު މިނުގެ ބިންހެލުމެއް އަތުވެއްޖެ
03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
23 ނޮވެމްބަރު 2025

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު