Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބާހަމް ސާލިހް

އދ ގެ ރެފިއުޖީންގެ ހައި ކޮމިޝަނަރަކަށް އިރާގުގެ ކުރީގެ ރައީސް ސާލިހް

14 ޑިސެމްބަރު 2025 | އާދީއްތަ 04:00

އެ މަގާމށް ސާލިހް އައްޔަން ކުރައްވާފައި ވަނީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި އިޓަލީގެ ފިލިޕޯ ގްރޭންޑީގެ ބަދަލުގައި. އދ ގެ ތަޖުރިބާކާރު އޮފިޝަލެއް ކަމަށް ގްރޭންޑީ އެ މަގާމުގައި ހުންނަވަނީ 2016 ވަނަ އަހަރުން ފެށިގެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޑިސެމްބަރު 2025 | އާދީއްތަ 04:00
އިރާގުގެ ކުރީގެ ރައީސް ބާހަމް ސާލިހް

އިރާގުގެ ކުރީގެ ރައީސް ބާހަމް ސާލިހް

އދ ގެ ރެފިއުޖީންގެ ކަންތައްތަކާ ބެހޭ އިދާރާގެ ހައި ކޮމިޝަނަރަކަށް އިރާގުގެ ކުރީގެ ރައީސް ބާހަމް ސާލިހް އައްޔަން ކުރައްވައިފި އެވެ. 

އެ މަގާމަށް ސާލިހް އައްޔަން ކުރައްވާފައި ވަނީ ހުކުރު ދުވަހު އެވެ. އެއާއެކު، އދ އަށް އެހީތެރިކަން ދެމުން އަންނަ ބޮޑެތި ޤައުމު ތަކުން ލީޑަރުން އައްޔަން ކުރުމުގެ އާންމު ގޮތެއްގައި އަމަލު ކުރަމުން އަންނަ އުސޫލު ނުވަތަ ޤަވާއިދަށް ވެސް ވަނީ ބަދަލު އައިސްފަ އެވެ. 

އދ ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރޭސް ސޮއި ކުރައްވައި، ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އެ މަގާމަށް ސާލިހް އައްޔަން ކުރައްވާފައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި އޭނާ މަގާމާ ހަވާލުވެ ވަޑައިގެން، ރަސްމީކޮށް މަސައްކަތް ފައްޓަވާނީ އަންނަ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހު ކަމަށް ވެސް ވިދާޅުވެފައިވ އެވެ. 

އެ މަގާމށް ސާލިހް އައްޔަން ކުރައްވާފައި ވަނީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި އިޓަލީގެ ފިލިޕޯ ގްރޭންޑީގެ ބަދަލުގަ އެވެ. އދ ގެ ތަޖުރިބާކާރު އޮފިޝަލެއް ކަމަށް ގްރޭންޑީ އެ މަގާމުގައި ހުންނަވަނީ 2016 ވަނަ އަހަރުން ފެށިގެންނެވެ. އެ މަގާމަށް ސާލިހް އައްޔަން ކުރައްވާފައިވާއިރު، އެކަން ދާއިމީ ގޮތެއްގައި ހަމަޖެހޭނީ އދ ގެ ރެފިއުޖީންގެ ހައި ކޮމިޝަނަރުގެ ހިންގާ ކޮމެޓީ އިން ފާސް ކުރުމަށް ފަހު އެވެ. 

އިނގިރޭސިވިލާތުގައި ތައުލީމު ހާސިލު ކުރައްވައި، އިންޖިނިއަރިންގެ ދާއިރާ އިން ތައުލީމު ހާސިލު ކުރައްވާފައިވާ ސާލިހް އަކީ އިރާގުގެ ކުރުދީ ސަރަހައްދަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އދ ގެ ރެފިއުޖީންނާ ބެހޭ ހައި ކޮމިޝަނަރުގެ މަގާމަށް އޭނާ އައްޔަން ކުރައްވާފައިވާއިރު، އެ މަގާމުގައި އޭނާ އަށް އެތައް ގޮންޖެހުން ތަކެއް ކުރިމަތިވާނެ އެވެ. އެގޮތުން މިހާރު ދުނިޔެގައި ގެދޮރުން މަހުރޫމު ވެފައިވާ މީހުންގެ އަދަދު ރެކޯޑު މިންވަރަކަށް އަރާފައިވާއިރު، ގްރޭންޑީ މަސައްކަތް ފެއްޓެވި ދުވަސްވަރާ އަޅާ ބަލާއިރު މިހާރު އެ އަދަދު ދެ ގުނަ އަށް އަރާފައިވެ އެވެ. 

މީގެ އިތުރުން، މިއަހަރުގެ އދ ގެ ފަންޑިން ވެސް ދަށަށް ގޮސްފައިވާކަން ފާހަގަ ކުރެވެ އެވެ. އެމެރިކާ ފަދަ މުހިންމު ޤައުމު ތަކުން ދެމުން އަައި ފައިސާ މަދު ކުރުމާއި، އިތުރު ބައެއް ދފާއީ ކަންތައްތަކަށް ފައިސާ ބަދަލު ކުރުމުގެ ސަބަބުން މި ދަތިކަން ވަނީ ދިމާވެފަ އެވެ. 

އދ ގެ ރެފިއުޖީންނާ ބެހޭ ހައި ކޮމިޝަނަރުގެ މަގާމަށް ވާދަ ކުރެއްވި ބޭފުޅުންގެ ތެރޭގައި 12 ބޭފުޅުން ހިމެނެ އެވެ. އޭގެ ތެރޭގައި ސިޔާސީ ބޭފުޅުންނާއި، އައިކީއާގެ އެގްޒެކްޓިވް އަކާއި، އީއާރު ޑޮކްޓަރަކާއި އަދި ޓީވީ ޕްރެޒެންޓަރެއް ވެސް ހިމެނެ އެވެ. މި ބޭފުޅުންގެ ތެރެއިން ދެ ބައި ކުޅަ އެއް ބައި ނިސްބަތް ވަނީ ޔޫރަޕަށެވެ. 

މަސްދަރު: ރޮއިޓާސް

ބާހަމް ސާލިހްއދ ރެފިއުޖީ ހައި ކޮމިޝަނަރުއިރާގުއެންޓޯނިއޯ ގުޓެރެސްޔޫއެން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އދގެ އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ބައްދަލުވުމުގައި ޝާހިދު ބައިވެރިވެވަޑައިގެންފި

08 ޑިސެމްބަރު 2025
އދގެ އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ބައްދަލުވުމުގައި ޝާހިދު ބައިވެރިވެވަޑައިގެންފި
05 ޑިސެމްބަރު 2025

ޝާހިދު، އދ ގެ ސެކެރެޓަރީ ޖެނެރަލް އާއި ބައްދަލުކުރައްވައިފި

05 ޑިސެމްބަރު 2025
ޝާހިދު، އދ ގެ ސެކެރެޓަރީ ޖެނެރަލް އާއި ބައްދަލުކުރައްވައިފި
06 ނޮވެމްބަރު 2025

ރާއްޖޭ ގައި މިނިވަން މީޑިއާ އަށް ފުރުސަތު ދިނުމަށް އެތައް ގައުމަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި

06 ނޮވެމްބަރު 2025
ރާއްޖޭ ގައި މިނިވަން މީޑިއާ އަށް ފުރުސަތު ދިނުމަށް އެތައް ގައުމަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި
08 އޮކްޓޯބަރު 2025

ނޯބެލް ސުލްޙައިގެ އިނާމު، ޓްރަމްޕް އަށް ލިބުމުގެ ފުރުސަތު ކުޑަ

08 އޮކްޓޯބަރު 2025
ނޯބެލް ސުލްޙައިގެ އިނާމު، ޓްރަމްޕް އަށް ލިބުމުގެ ފުރުސަތު ކުޑަ
22 އޯގަސްޓު 2025

ފަލަސްތީނުގެ ވެސްޓް ބޭންކް ގައި ޔަހޫދީ އާބާދީ އެއް ގާއިމު ކުރުމުގެ ޕްލޭނަށް ހުޅަނގުގެ ގައުމުތަކުން ދެކޮޅު ހަދައިފި

22 އޯގަސްޓު 2025
ފަލަސްތީނުގެ ވެސްޓް ބޭންކް ގައި ޔަހޫދީ އާބާދީ އެއް ގާއިމު ކުރުމުގެ ޕްލޭނަށް ހުޅަނގުގެ ގައުމުތަކުން ދެކޮޅު ހަދައިފި
21 އޯގަސްޓު 2025

ޣައްޒާ ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓާލުމަށް ގުޓަރޭސް ގޮވާލައްވައިފި

21 އޯގަސްޓު 2025
ޣައްޒާ ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓާލުމަށް ގުޓަރޭސް ގޮވާލައްވައިފި
30 ޖޫން 2025

ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

30 ޖޫން 2025
ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި
14 އޮކްޓޯބަރު 2024

އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

14 އޮކްޓޯބަރު 2024
އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް
27 އެޕްރީލު 2024

ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

27 އެޕްރީލު 2024
ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!
02 އެޕްރީލު 2024

ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!

02 އެޕްރީލު 2024
ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް