Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކަށިކުންނާރު ދަނޑުތައް

ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!

އާފަލު ޒާތުގެ މި މޭވާގެ ހޯލްސޭލް އަގު އުޅެނީ މަރކެޓް ރޭޓުން ބަލަންޏާ 3-4 ޑޮލަރަށް ކިލޯއެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 އެޕްރީލު 2024 | އަންގާރަ 09:55
2 އަހަރުގެ ތެރޭގައި ސިދްރު ގަހުން މޭވާ ލިބޭ

2 އަހަރުގެ ތެރޭގައި ސިދްރު ގަހުން މޭވާ ލިބޭ

ވަސީލަތްތަކުގެ ދަތިކަމާ ހެދި ކަދުރު ދަނޑުތައް ހެދުމުގެ ވިޔަފާރި ހީނަރު ވަމުން ދިއުމުގެ ސަބަބުން މާޔޫސްކަމާ ކުރިމަތިލާން ޖެހިފައިވާ މެދުއިރުމަތީގެ ދަނޑުވެރިންގެ ތެރެއިން، ފަސް އެނބުރި ބެލުމެއް ނެތި، ކުރިއަށް ދިއުމަށް ގަދަ އަޅާ މަސައްކަތް ކުރާ އެކަކީ އިސްމާޢީލު އިބްރާހީމްއެވެ. ފެން ލިބުމުގެ ދަތިކަން އޭގެ އެންމެ އިންތިހާއަށް ކުރިމަތިވެ، ކާރިޘީ ދަރަޖައަކަށް ކަންކަން ގޮސްފައި އޮތުމުގެ ސަބަބުން އިސްމާޢީލު މިޞްރާބު ޖެހީ ކަށިކުންނާރު ނުވަތަ ސިދްރު ގަސް އިންދުމާ ދިމާއަށެވެ. އިނގިރޭސި ބަހުން ކަށިކުންނާރަށް ކިޔައި އުޅެނީ ޖުޖޫބޭއެވެ.

ޢިރާޤަކީ މެޑިޓަރޭނިއަންއިން ފަށައިގެން ގަލްފާ ހިސާބަށް، ހުޅެވިހަނދު ބައްޓަމަށް ދެމިގެންދާ ބިމުގެ ދިރުން ތަނަވަސް ސަރަހައްދު ނުވަތަ 'ފަރޓައިލް ކްރެސެންޓް' ބެލްޓުގައި އޮންނަ ޤައުމެކެވެ. އެ ސަރަހައްދުގެ ޤައުމުތަކަކީ، މީގެ އެތައް ހާސް އަހަރެއް ކުރީއްސުރެވެސް ދަނޑުވެރިކަމުގެ މަސައްކަތަށް މަޝްހޫރު ޤައުމުތަކެކެވެ.

އަދުގެ ހާލަތު ބަދަލުވެއްޖެއެވެ. މައި 2 ކޯރުގެ ގޮތުގައި އޮތް ދިޖާލާއާއި ފުރާތު ކޯރުގެ މަތީ ކޮޅުގައި ޑޭމް އެޅުމުގެ ސަބަބުން އެ ސަރަހައްދުގެ ޖިއޮގްރަފީއަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އޭގެ އިތުރަށް، ވާރޭ ވެހޭ މިންވަރު މަދުވުމާއި، އެތައް އަހަރަކަށް ދިގުލައިގެން ދިޔަ ކުރިމަތިލުންތަކާއި ހަނގުރާމަތަކުގެ ސަބަބުން އިސްމާޢީލު ފަދަ އެތައް ބައެއްގެ އާންމު ދިރިއުޅުމަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.

ދަނޑުގައި ފަސްގަނޑު ޖަހަން ހުރެ ވާހަކަދައްކަމުން އިސްމާޢީލު ބުނީ، މެދުއިރުމަތީގެ ޤައުމުތަކުން އެންމެ ފުރަތަމަ ފާހަގަ ކުރެވުނު ސިދްރު ގަސްތަކަކީ، އެ ގަސްތައް ހެއްދުމަށް މާ ގިނައިން ފެން ބޭނުންވާ ގަސްތަކެއް ނޫން ކަމަށެވެ. އަދި ބިމުގެ އަޑިން ނަގާ ލޮނު ފެނަށް ބަރޯސާވެގެންވެސް ސިދްރު ނުވަތަ ކަށިކުންނާރު ގަސް ހެއްދޭ ކަން އޭނާ ފާހަގަ ކުރިއެވެ.

 2 ވަނަ އަހަރުގެ ތެރޭގައި ސިދްރު ގަހުން މޭވާ ލިބޭ އިރު، ރުށްދަނޑުތަކުން އެއްޗެއް ލިބޭ ވަރު ވަނީ 5 އަހަރުން ކަންވެސް އިސްމާޢީލު ފާހަގަ ކުރިއެވެ.

ރުށްދަނޑުގެ ދަނޑުވެރިކަން ކުރުމަކީ މާ ގިނަ ދުވަހަށް ދެމިގެން ދާ ގޮތަށް ކުރެވޭ ކަމެއް ނޫން ކަމަށް އިސްމާޢީލު ބުނެއެވެ.  

ޢައްބާސް ޢަލީއަކީ ރުއްދަނޑުތައް ހެއްދުމަށްޓަކައި އެތައް އަހަރެއް ވަންދެން ބޮޑެތި އިންވެސްޓްމަންޓްތަކެއް ނުވަތަ ވުނަ ކޮށްފައި ވާ މީހެކެވެ. ނަމަވެސް، މިއަދު އޭނާއަށް ޤަބޫލު ކުރަން ޖެހިފައި އޮތީ ހިތި ޙަޤީޤަތެކެވެ. ފެން ލޮނުވުމުގެ ޝިކާރައަކަށް އެ ދަނޑުބިންތައް ވެއްޖެކަމަށް ޤަބޫލު ކުރަން މަޖުބޫރުވެއްޖެއެވެ.

ދަންޖައްސާ އަވަހާރަކޮށްލާފައި ވާ ޢިރާޤުގެ ކުރީގެ ރައީސް ސައްދާމް ހުސެއިން، 1990 ވަނަ އަހަރު ކުވައިތަށް އަރައިގަތުމުން ފެށިގެން، 2003 ވަނަ އަހަރު އެމެރިކާ އިސްވެ އޮވެ އޭނާގެ ވެރިކަން ވައްޓާލުމަށް ޢިރާޤު ހިފުމާއި، އައިސިސްގެ ހަނގުރާމަވެރިން ހިންގި އަނިޔާވެރިކަމުން ހަފުސްވި ޤައުމާއި، ސުންނާފަތިވި އިޤްތިޞާދު ނެގެހެއްޓުމަށް ޢިރާޤުން މިހާރުވެސް ދަނީ ގަދަ އަޅާ މަސައްކަތް ކުރަމުންނެވެ. އެފަދަ ހާލެއްގައި ވަނިކޮށް، ފެނުގެ ދަތިކަން ކުރިމަތިވުމަކީ ދަނޑުވެރިންގެ ވިޔަފާރިއަށް ކުރިމަތިވި އިތުރު ގޮންޖެހުމެކެވެ.

ސިދްރުއިރާގު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

14 އޮކްޓޯބަރު 2024
ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

27 އެޕްރީލު 2024
"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

21 މާރިޗު 2024
އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ

އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ

03 ފެބުރުއަރީ 2024
ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!

ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!

04 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު