Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިރާގުގައި ފަށާ އަރަބި ގަލްފް ކަޕް

އިރާގޭ ބުނުމުން ބޮލުގައި ކުރެހޭ ތަސްވީރު ބަދަލުކޮށްލި ބަސްރާ!

އިރާގުގެ މުއްސަނދި ސަގާފަތާއި ކާބޯތަކެތި ތަޖުރިބާކުރުމަކީވެސް މިއަދު ބަސްރާގައި ވަރަށް އާންމު މަންޒަރެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 14 ޖެނުއަރީ 2023 | ހޮނިހިރު 16:40
އިރާގާއި އަރަބި ގަލްފް ކަޕްގެ މެޗުތައް ކުޅެމުން ދާ ދުވަސްވަރު ކަމުން، އެތައް ބަޔަކު ދަނީ، މެޗުތައް ހޮސްޓް ކުރާ ބަސްރާއަށް ޒިޔާރަތް ކުރަމުން

އިރާގާއި އަރަބި ގަލްފް ކަޕްގެ މެޗުތައް ކުޅެމުން ދާ ދުވަސްވަރު ކަމުން، އެތައް ބަޔަކު ދަނީ، މެޗުތައް ހޮސްޓް ކުރާ ބަސްރާއަށް ޒިޔާރަތް ކުރަމުން

ކުވައިތަށް ނިސްބަތްވާ އަބްދުއްލަތީފް އައްސުރައިޚަކީ ގިނައިން ދަތުރުފަތުރުކޮށް އުޅޭ މީހެކެވެ. ނަމަވެސް، އޭނާއާ އެންމެ ގާތުން އޮތް އަވައްޓެރި އެއް މަންޒިލް ކަމުގައިވާ އިރާގަށް ދުވަހަކުވެސް ދަތުރު ކޮށްފައެއް ނުވެއެވެ. ސިޔާސީ ހަމަނުޖެހުންތަކުގެ ބިރާ ހެދިއެވެ.

އިރާގުގެ ސަގާފަތް، އޭގެ އެންމެ ފުރިހަމައަށް ސިފަވެގެން ދާ ގޮތަށް އާބާތުރަ ފިލުވާފައިވާ އަލްހައްސޫން މިއުޒިއަމް ކެފޭގައި އިނދެ ރޮއިޓަރޒްއާ ވާހަކަދައްކަމުން ސުރައިޚް ބުނީ، އިރާގަށް ދަތުރު ކުރުމުގައި، އަބަދުވެސް ހުރަހެއް އޮތް ކަމުގެ އިހްސާސް ކުރެވޭ ކަމަށެވެ.

ކަން އެހެން އޮތް ކަމުގައި ވީނަމަވެސް، ސުރައިޚް މިއަދު ހިމެނެނީ އިރާގުގައި މިއަދު ތިބި އެތައް ހާސް މެހެމާނުންތަކެއްގެ ތެރޭގައެވެ. މި ދުވަސްވަރަކީ، ގާތްގަނޑަކަށް 40 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު، އިރާގާއި އަރަބި ގަލްފް ކަޕްގެ މެޗުތައް ކުޅެމުން ދާ ދުވަސްވަރުކަމުން، އެތައް ބަޔަކު ދަނީ، މެޗުތައް ހޮސްޓް ކުރާ ބަސްރާއަށް ޒިޔާރަތް ކުރަމުންނެވެ.

25 ވަނަ އަރަބި ގަލްފް ކަޕާއެކު ބަސްރާގެ ފަތުރުވެރިކަމުގެ ސިނާއަތަށް އީދު އައިސްފައިވާފަދައެވެ. ސުރައިޚް މަޑުކޮށްލައިގެން އިން ކެފޭގެ އޯނަރުގެ ފިރިހެން ދަރިފުޅު، މުހައްމަދު ހައްސޫންގެ ވާހަކަތައް އެކަމަށް ހެކިދެއެވެ. ގަލްފް ކަޕާއެކު ވިޔަފާރިތަކަށް ލިބެމުންދާ ފައިދާއާއެކު، ވިޔަފާރިވެރިންގެ ހިތްތަކަށް ވަނީ އުޖާލަކަން ގެނުވާފައެވެ.

ބަސްރާއަށް މިހާރު ޒިޔާރަތް ކުރަމުންދާ މީހުންނަކީ ހަމައެކަނި ފުޓުބޯޅައިގެ ފޯރިއަށް، އެ ގައުމަށް ޒިޔާރަތްކޮށްގެން އުޅޭ މީހުންނެއް ނޫނެވެ. އިރާގުގެ މުއްސަނދި ސަގާފަތާއި ކާބޯތަކެތި ތަޖުރިބާ ކުރުމަކީވެސް މިއަދު ބަސްރާގައި ވަރަށް އާންމު މަންޒަރެކެވެ. ބަސްރާއަކީ ކަދުރު ބޭނުން ކޮށްގެން ތަފާތު އެކި ބާވަތްތަކުގެ ފޮނިކާތަކެތި ތައްޔާރުކުރުމަށް މަޝްހޫރު ސިޓީއެކެވެ.

ޔަމަނަށް ނިސްބަތްވާ އައްބާސް އަލްފަޒްލީ ބުނިގޮތުގައި، ފުރަތަމަ ފަހަރަށް އޭނާ އިރާގަށް ކުރި ދަތުރު އޭނާ އާޝޯޚް ކުރުވައިފިއެވެ. ބަސްރާ ކަދުރުގެ ހިތްގައިމު ރަހަ، އޭނާގެ އަރުތެރެއިން ފިލައި ނުދާނެ ކަމަށާއި، މުބާރާތުގެ ތެރެއިން އޭނާއަށް ލިބުނު ހޫނު މަރުހަބާއަކީ ދުވަހަކުވެސް ހިތުން ފިލައިގެންދާނެ ކަންތައްތަކެއް ނޫން ކަމަށް ފަޒްލީ ބުނެއެވެ.

ޖެނުއަރީ 19 ވަނަ ދުވަހުގެ ނިޔަލަށް އިރާގުގައި ކުރިއަށް ގެންދާ 25 ވަނަ އެރޭބިއަން ގަލްފްކަޕްއާ ދިމާކޮށް، 34000އެއްހާ މީހުން، ސަފްވާން ބޯޑަރ ކްރޮސިންގއާ ބަސްރާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަގުން ބަސްރާއަށް އެތެރެވެފައި ވާކަމަށް، އިރާގުގެ ބޯޑަރ ޕޯރޓްސް އޮތޯރިޓީން ޖެނުއަރީ 7 ވަނަ ދުވަހު ވަނީ ހާމަ ކޮށްފައެވެ.

އެރޭބިއަން ގަލްފް ކަޕްއިރާގުބަޞަރާ

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2024

އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

14 އޮކްޓޯބަރު 2024
އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް
27 އެޕްރީލު 2024

ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

27 އެޕްރީލު 2024
ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!
02 އެޕްރީލު 2024

ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!

02 އެޕްރީލު 2024
ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!
21 މާރިޗު 2024

"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

21 މާރިޗު 2024
"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."
03 ފެބުރުއަރީ 2024

އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ

03 ފެބުރުއަރީ 2024
އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ
04 އޮކްޓޯބަރު 2023

ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!

04 އޮކްޓޯބަރު 2023
ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!
17 ޖުލައި 2023

ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!

17 ޖުލައި 2023
ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!
11 މެއި 2023

މާމުއިގެ ފޮނި މީރުކަން ގެއްލި، އެތައް ބަޔަކު ހާސްކަމުގެ ތެރެއަށް!

11 މެއި 2023
މާމުއިގެ ފޮނި މީރުކަން ގެއްލި، އެތައް ބަޔަކު ހާސްކަމުގެ ތެރެއަށް!
11 ޖެނުއަރީ 2023

ބަޞްރާގެ މަގުތަކުން އަނެއްކާވެސް 'ސިންދުބާދު' ފެންނަން ފަށައިފި: ކީއްވެ ކަން އެނގޭތަ؟

11 ޖެނުއަރީ 2023
ބަޞްރާގެ މަގުތަކުން އަނެއްކާވެސް 'ސިންދުބާދު' ފެންނަން ފަށައިފި: ކީއްވެ ކަން އެނގޭތަ؟
25 އޮކްޓޯބަރު 2022

ކުރިއަކަށް ފަހު ކުރިއެއް: މުޅި ބަޣުދާދު ފެހި ކުރުމުގައި ފަރުދީ އޭޖެންޓެއް!

25 އޮކްޓޯބަރު 2022
ކުރިއަކަށް ފަހު ކުރިއެއް: މުޅި ބަޣުދާދު ފެހި ކުރުމުގައި ފަރުދީ އޭޖެންޓެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު