Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން

މީޑިއާ ކޮމިޝަނުން ސޯޝަލް މީޑިއާ ވެސް ކޮންޓްރޯލް ކުރަން މަސައްކަތް ކުރުމުން ފާޑުކިޔުން ބޮޑުވެ، ކޮމިޝަންގެ އިއުލާނުު ގެއްލިއްޖެ

މީޑިއާ ކޮމިޝަނުން އަދަދު ނޫހުގެ ސޯޝަލް މީޑިއާގައި ޝާއިއުކުރި ސިޔާސީ ކާޓޫން ދައުރު ނުކުރުމަށް އާންމުންނަށް އަންގައި ފާޑުކިޔުން ބޮޑުވުމުން އެ އިއުލާން ޑިލީޓުކޮށް އިއުލާނު ބަދަލު ކޮށްފައިވޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2026 | އާދީއްތަ 14:56
މީޑިއާ ކޮމިޝަން ގެ ބައްދަލުވުމެއްގެ ތެރެއިން

މީޑިއާ ކޮމިޝަން ގެ ބައްދަލުވުމެއްގެ ތެރެއިން | ސޯޝަލްމީޑިއާ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ސޯޝަލް މީޑިއާ ވެސް ކޮންޓްރޯލް ކުރަން  މަސައްކަތް ކުރުމުން ފާޑުކިޔުން ބޮޑުވެ، ކޮމިޝަނުން ނެރުނު އިއުލާން ކުއްލިއަކަށް ގެއްލިއްޖެ އެވެ.

މީޑިއާ ކޮމިޝަނުން ނެރުނު އިއުލާނުގައި، އަދަދު ނޫހު ގެ ފޭސްބުކް ޕޭޖާއި އެކްސް އެކައުންޓުގައި އާއްމުކޮށްފައި ވާ "ސިޔާސީ ކާޓޫން" ގެ ވޮލިއުމް 22 އެއްވެސް މީހަކު ދައުރު ނުކުރުމަށް ވަނީ އަންގާފަ އެވެ.   އެކަން ހާމަ ކުރުމަށް އެ ކޮމިޝަންގެ ރަސްމީ ޓްވިޓަރ އެކައުންޓުގައި އެ އިއުލާން އާއްމު ވެސް ކުރި އެވެ. 

Advertisement - newsAdvertisement

ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އާއްމު ކުރި އެ ކާޓޫނަކީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ނަގަން އަންގާފައިވާ ކާޓޫނެއް ކަމަށް އެ ކޮމިޝަނުން ބުނެފައި ވެ އެވެ. އެހެންކަމުން އެއްވެސް ފަރާތަކުން އެ ކާޓޫނު ދައުރު ނުކުރުމަށް އަންގާފައިވެ އެވެ. 

ނަމަވެސް އެ އިއުލާން ފަހުން އެ ކޮމިޝަނުން ވަނީ ޑިލީޓު ކޮށްފަ އެވެ. އަދި އާ އިއުލާނެއް މީސްމީޑި އާ އަށް ވަނީ އަޕލޯޑްކޮށްފަ އެވެ. ކުރިން ކުރި އިއުލާނުގައި "އެއްވެސް ފަރާތަކުން ދައުރު ނުކުރުމަށް" އަންގާފައިވާ އެންގުން ބަދަލުކޮށް އެބައި "އެއްވެސް މީޑިއާ އަކުން ދައުރު ނުކުރުމަށް" މިފަދައިން ވަނީ ބަދަލުކޮށްފަ އެވެ.

ފުރަތަމަ ކުރި އިއުލާނަކީ ކޮމިޝަނަށް ލިބިފައި ނެތް ބާރެއް ބޭނުންކޮށްގެން ހިންގި ޣައިރު ޤާނޫނީ އެންގުމަކަށް ވާތީ އެކަން އާއްމުންނާއި ސިޔާސީ ފަރާތްތަކުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އެގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

މީގެ އިތުރުން މީޑިއާ ކޮންޓްރޯލް ގާނޫނާ މެދު މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާ އިން އެންމެ ކަންބޮޑުވީ އެއް ކަމަކީ އަދި އެ ގާނޫނާ ދެކޮޅުވީ އެންމެ ބޮޑު ސަބަބަކީ ސޯޝަލް މީޑިއާގައި އާންމުން ހިޔާލުފާޅުކުރުން ހަނިކޮށް އަދަބު ދެވޭ ގޮތަށް އެ ގާނޫނުން މީޑިއާ ކޮމިޝަނަށް ބާރުތައް ދީފައިވާތީ ކަމަށް އެމްޖޭއޭ އިން ބުނެ އެވެ. އެހެން ނަމަވެސް އެ ގާނޫނު ފާސްކުރި އިރު ސަރުކާރުން އާންމުންނާއި ބޭރުގެ ފަރާތްތަކަށް ދެމުން ދިޔަ ޔަގީންކަމަކީ އެ ގާނޫނުގައި އެފަދަ މާއްދާއެއް ނެތް ކަމަށާއި އެ ގާނޫނު އެފަދަ ގޮތަކަށް ބޭނުން ނުކުރާނެ ކަމެވެ.

އެހެން ނަމަވެސް ސޯޝަލް މީޑިއާ ހިމެނޭ ގޮތުން މިއަދު މީޑިއާ ކޮންޓްރޯލް ކޮމިޝަނުން އެންމެހާ ރައްޔިތުންގެ މައްޗަށް އަދަދުގެ ކާޓޫން ދައުރު ނުކުރާން ނެރުނު އަމުރާ ނެރުމުން ސާބިތުވެފައި ވަނީ އެ ގާނޫނު ބޭނުންކޮށް ސޯޝަލް މީޑިއާ ހުއްޓުވަން ކޮމިޝަނުން މަސައްކަތް ކުރަން ފަށާފައިވާ ކަން ކަމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ. އަދި އެ ގާނޫނު ސަރުކާރުން ފާސްކުރުމުގެ މައިގަނޑު ބޭނުމަކީ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ ހައްގު ނިގުޅައިގަތުން ކަމަށް އެމްޖޭއޭ އިން ބުނެފައިވެ އެވެ. މީޑިއާ ކައުންސިލުން ކުރިން ނެރުނު އިއުލާން ޑިލީޓްކޮށް އާ އިއުލާނެއް ނެރުނީ މި ފާޑުކިޔުންތަކަށް ފަހުގަ އެވެ.

އަދަދު ނޫހުން ޝާއިރު ކުރި ކާޓޫނުގެ މައްސަލަ ބަލަމުންދާކަން މީޑިއާ ކޮންޓްރޯލް ކޮމިޝަނުން އެ ނޫހަށް އަންގާފައި ވަނީ ބުރާސްފަތި ދުވަހު ރަސްމީ ގަޑި ނިމި އިރުއޮއްސެން ކައިރިވި ފަހުންނެވެ. އެއާ އެކު  އިސްލާމް ދީނުގެ އަސްލަކާ ހިލާފު ކޮންޓެންޓެއް ކަމަށް ނިންމި ގާނޫނީ ސަބަބުތައް ސާފުކޮށްދޭން އަދަދު ނޫހުން އެ ކޮމިޝަނަށް ފޮނުވި ސިޓީ އެއްގައި އެދިފައި ވެ އެވެ. 

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންއަދަދު ނޫސްމިނިވަން މީޑިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ. ސަވާދު: ދީނުގެ ނަމުގައި ފަސާދަ ފަތުރާ މީހުންނާމެދު ރައްޔިތުން ހޭވެރި ކުރުވުމަކީ ދީނަށް ފުރައްސާރަ ކުރުމަށް ވާނެތޯ؟

ޑރ. ސަވާދު: ދީނުގެ ނަމުގައި ފަސާދަ ފަތުރާ މީހުންނާމެދު ރައްޔިތުން ހޭވެރި ކުރުވުމަކީ ދީނަށް ފުރައްސާރަ ކުރުމަށް ވާނެތޯ؟

25 ޖެނުއަރީ 2026
އެންމެ ދެ ދުވަސް ތެރޭގައި އެހީ ދޭނެ މީޑިއާތައް ނިންމީ ރަނގަޅަށް

އެންމެ ދެ ދުވަސް ތެރޭގައި އެހީ ދޭނެ މީޑިއާތައް ނިންމީ ރަނގަޅަށް

30 ޑިސެމްބަރު 2025
މީޑިއާ ގްރާންޓް: އަވަސް އަރުވާލައިގެން މީޑިއާ ގްރާންޓަށް 41 މީޑިއާ އެއް ޝަރުތު ހަމަވާކަމަށް ކަނޑައަޅައިފި

މީޑިއާ ގްރާންޓް: އަވަސް އަރުވާލައިގެން މީޑިއާ ގްރާންޓަށް 41 މީޑިއާ އެއް ޝަރުތު ހަމަވާކަމަށް ކަނޑައަޅައިފި

30 ޑިސެމްބަރު 2025
ރާއްޖޭ ގައި މިނިވަން މީޑިއާ އަށް ފުރުސަތު ދިނުމަށް އެތައް ގައުމަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި

ރާއްޖޭ ގައި މިނިވަން މީޑިއާ އަށް ފުރުސަތު ދިނުމަށް އެތައް ގައުމަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި

06 ނޮވެމްބަރު 2025
މީޑިއާ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުން, އެމަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މީޑިއާ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުން, އެމަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

30 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު