Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔުނިވަރސަލް ޕީރިއޮޑިކް ރިވިއު

ރާއްޖޭ ގައި މިނިވަން މީޑިއާ އަށް ފުރުސަތު ދިނުމަށް އެތައް ގައުމަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި

6 ނޮވެމްބަރު 2025 | ބުރާސްފަތި 05:46

ޔޫކޭ، އޮސްޓްރޭލިއާ، ޖާމަނީ، ފްރާންސް އަދި އެހެން ގިނަ ގައުމުތަކުން މީޑިއާ ރެގިއުލޭޓް ކުރުމުގެ ގާނޫނާމެދު ކަންބޮޑުވުން ފާޅުކޮށް އެ ގާނޫނު ރިވިއު ކުރުމަށް މުއިއްޒު ސަރުކާރަށް ގޮވާލި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 6 ނޮވެމްބަރު 2025 | ބުރާސްފަތި 05:46
އޭޖީ އަހުމަދު އުޝާމް ޔޫޕީއާރުގެ 50 ވަނަ ސެޝަންގައި ރާއްޖޭގެ ރިޕޯޓް ހުށަހަޅުއްވަނީ

އޭޖީ އަހުމަދު އުޝާމް ޔޫޕީއާރުގެ 50 ވަނަ ސެޝަންގައި ރާއްޖޭގެ ރިޕޯޓް ހުށަހަޅުއްވަނީ

ޖެނީވާގައި ހުންނަ އދ.ގެ އޮފީހުގައި ބުދަ ދުވަހުގެރޭ ބޭއްވި ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު.) ގެ ހަތަރުވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ އިންސާނީ ހައްގުތައް ރިވިއުކުރުމުގެ ޖަލްސާގައި އދ.ގެ ގިނަ ގައުމުތަކަކުން، ރާއްޖޭގައި މިނިވަން މީޑިއާ އަށް ފުރުސަތު ދިނުމަށް ގޮވާލައިފިއެވެ.

ރެކޮމެންޑޭޝަން ހުށަހަޅަން ލިބުނު ފުރުސަތުގައި ޔޫކޭ، އޮސްޓްރޭލިއާ، ޖާމަނީ، ފްރާންސް، އެސްޓޯނިއާ، އިންޑޮނޭޝިއާ، ކެނެޑާ އަދި ސްޕެއިން ހިމެނޭހެން ގިނަ ގައުމުތަކަކުން ވަނީ ރާއްޖޭގައި ދާދި ފަހުން އަމަލު ކުރަން ފެށި މީޑިއާ ރެގިއުލޭޓް ކުރުމުގެ ގާނޫނާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ގާނޫނާ ގުޅިގެން ބައެއް ގައުމުތަކުން ވަނީ މި ގާނޫނު ރިވިއު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

Advertisement - newsAdvertisement

އެ ގާނޫނުގައިވާ ރެގިއުލޭޓަރި އޮތޯރިޓީ އަކީ ސަރުކާރުގެ ނުފޫޒުތަކުން އެއްކިބާވެފައިވާ އޮތޯރިޓީ އެއްކަން ކަށަވަރުކޮށް، ނޫސްވެރިންނަށާއި އާއްމު ރައްޔިތުންނަށް މިނިވަންކަމާ އެކު އަމިއްލަ ހިޔާލު ފާޅުކުރުމުގެ ފުރުސަތު ކަށަވަރު ކޮށްދިނުމަށް ވެސް އދ.ގެ ގައުމުތަކުން ރާއްޖެއަށް ގޮވާލިއެވެ. މީގެ އިތުރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމުގެ ޒަރިއްޔާއިން ގާނޫނީ ނިޒާމުގެ މިނިވަންކަމާއި، ޑިމޮކްރަޓިކް މުއައްސަސާތަކުގެ މިނިވަންކަން ދެމެހެއްޓުމަށްވެސް ގައުމުތަކުން ދިވެހި ސަރުކާރަށް ގޮވާލާފައިވެއެވެ.

އިނގިރޭސިވިލާތުގެ މަންދޫބު ވިދާޅުވީ ރައީސް މުއިއްޒު އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރައްވާނެ ކަމަށް ވީ ވައުދާ އެއްގޮތަށް، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މީޑިއާގެ މިނިވަންކަމާއި، އެއްވުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާކަމަށެވެ. އަދި ކޮމަންވެލްތު އުސޫލުތަކުގައި ބަޔާންކޮށްފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މީޑިއާގެ ދައުރާ ގުޅޭ ވައުދުތައް ރާއްޖޭގައި ތަންފީޒު ކުރުމަށްވެސް އިނގިރޭސިވިލާތުން ރާއްޖެއަށް ގޮވާލިއެވެ.

ޔޫޕީއާރު ގައި ޔޫކޭ ގެ ފަރާތުން ވާހަކ ދެއްކެވި މަންދޫބު

ޔޫޕީއާރު ގައި ޔޫކޭ ގެ ފަރާތުން ވާހަކ ދެއްކެވި މަންދޫބު

ޔޫ.ޕީ.އާރު. އަކީ، އދ.ގެ މެންބަރު ޤައުމުތަކުގައި އިންސާނީ ޙައްޤުތައް ރައްކާތެރި ކުރެވެމުންދާ މިންވަރާއި، އެ ޤައުމުތަކުގެ އިންސާނީ ހައްޤުތަކުގެ ޙާލަތާއި، އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތައް ތަންފީޛުކުރެވެމުންދާ މިންވަރު ދެނެގަނެ، ވަޒަންކުރުމަށްޓަކައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުރިއަށްގެންދެވޭ ރިވިއު ޕްރޮސެސްއެކެވެ.

ޔޫ.ޕީ.އާރު. ގެ ކޮންމެ ސައިކަލްއެއްގައި، އޭގެ ކުރީ ސައިކަލްގައި އެ ޤައުމަކަށް އެހެން ޤައުމުތަކުން ހުށަހަޅާފައިވާ ކަންކަން ތަންފީޒުކުރަމުންދާ މިންވަރާއި، އެ ހުށަހެޅުންތައް ތަންފީޒުކުރުމަށްޓަކައި އެ ޤައުމަކުން ކުރަމުންދާ މަސައްކަތްތަކާއި ދިމާވަމުންދާ ގޮންޖެހުންތައް ބަޔާންކޮށް، ނޭޝަނަލް ރިޕޯޓެއް ހުށަހަޅަންޖެހެއެވެ. އެގޮތުން، ޔޫ.ޕީ.އާރު. ގެ ހަތަރުވަނަ ސައިކަލްއަށް ދިވެހިރާއްޖެއިން ހުށަހަޅަންޖެހޭ ނޭޝަނަލް ރިޕޯޓު ވަނީ މިދިޔަ އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ހުށަހަޅާފައެވެ.

ބުދަ ދުވަހު ކުރިއަށްގެންދިޔަ ރިވިއު ސެޝަންގައި، ދިވެހިރާއްޖެ އިން ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތާއި، މަދަނީ ޖަމާޢަތްތަކާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑަރ ރިޕޯޓުތަކާއި، އދ.ގެ އެކި ފަރާތްތަކުން ދިވެހިރާއްޖެއާ ގުޅޭގޮތުން ހުށަހަޅާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ޔޫ.ޕީ.އާރު. ގެ ކުރިއަށްއޮތް ސައިކަލްގައި ދިވެހިރާއްޖެ އިން ތަންފީޒު ކުރުމަށް ހުށަހަޅާ ރެކޮމެންޑޭޝަންތައް އެކި ޤައުމުތަކުން ވަނީ ހުށަހަޅާފައެވެ.

އެންމެ ގިނަ ގައުމުތަކުން ރާއްޖެއަށް ރިކޮމެންޑޭޝަން ހުށަހެޅީ ދާދިފަހުން ރާއްޖޭގައި އަމަލުކުރަން ފެށި މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލާ ބެހޭގޮތުންނެވެ. ޔޫޕީއާރު ރާއްޖޭގެ ސެޝަންގައި 100 އަށްވުރެ ގިނަ ގައުމުތަކުން ރިކޮމެންޑޭޝަން ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ.

ޔޫޕީއާރު ގައި ގައުމުތަކުން ރާއްޖެ އަށް ހުށަހެޅި ހުރިހާ ރެކޮމެންޑޭޝަންތަކެއް ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އދ.ގެ ފަރާތުން އާއްމު ކުރާނެއެވެ. އަދި ނޮވެމްބަރު 14 ވަނަ ދުވަހު ބާއްވާ ސެޝަންގައި ރާއްޖެ އިން މި ރެކޮމެންޑޭޝަންތައް ބަލައިގަތުމާމެދު ގޮތެއް ނިންމާނެއެވެ.

އެންމެ ފަހުން 2020 ވަނަ އަހަރުގެ ޔޫޕީއާރު ގައި 95 ގައުމަކުން ވަނީ ދިވެހިރާއްޖެއަށް 259 ރެކޮމެންޑޭޝަން ހުށަހަޅާފައެވެ. މީގެ ތެރެއިން 187 ރެކޮމެންޑޭޝަން އެއް ރާއްޖެ ވަނީ އެފަހަރު ބަލައިގަނެފައެވެ.

ދިވެހިރާއްޖެޔުނިވާސަލް ޕީރިއޮޑިކް ރިވިއުމިނިވަން މީޑިއާޔޫއެން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އދގެ އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ބައްދަލުވުމުގައި ޝާހިދު ބައިވެރިވެވަޑައިގެންފި

08 ޑިސެމްބަރު 2025
އދގެ އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ބައްދަލުވުމުގައި ޝާހިދު ބައިވެރިވެވަޑައިގެންފި
07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
05 ޑިސެމްބަރު 2025

ޝާހިދު، އދ ގެ ސެކެރެޓަރީ ޖެނެރަލް އާއި ބައްދަލުކުރައްވައިފި

05 ޑިސެމްބަރު 2025
ޝާހިދު، އދ ގެ ސެކެރެޓަރީ ޖެނެރަލް އާއި ބައްދަލުކުރައްވައިފި
03 ޑިސެމްބަރު 2025

އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި

03 ޑިސެމްބަރު 2025
އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި
01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
28 ނޮވެމްބަރު 2025

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި
25 ނޮވެމްބަރު 2025

ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!

25 ނޮވެމްބަރު 2025
ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!
20 ނޮވެމްބަރު 2025

އަންނަ ޖެނުއަރީ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް

20 ނޮވެމްބަރު 2025
އަންނަ ޖެނުއަރީ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް
17 ނޮވެމްބަރު 2025

ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް

17 ނޮވެމްބަރު 2025
ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް