Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މީިޑިއާ ކޮންޓްރޯލް ކުރުން

މިނިވަން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމާއި މީޑިޔާގެ މިނިވަންކަމަށް ހުރަސް އެޅުމާއި ރިސޯޓް ވޯކާރސް ވެސް ދެކޮޅު

އދ އާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން މި ގާނޫނު އުވާލުމަށް ގޮވާލައްވައިފި

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2025 | އަންގާރަ 07:45
ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން މިނިވަން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމާއި މީޑިޔާގެ މިނިވަންކަމަށް ހުރަސް އެޅުމާއި ދެކޮޅުކަން ހާމަކޮށްފި އެވެ.

ޓީމް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިނިވަން މީޑިއާތައް ނެތިކޮށްލާ ބިލު ތަސްދީގުކޮށް އެ ގާނޫނަށް އަމަލުކުރަން އަވަސްވެގަނެފައިވާތީ އެކަމާ އެ އެސޯސިއޭޝަނުން ކަންބޮޑުވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުން އެ ގާނޫނު އުވާލުމަށް ގޮވާލަމުންދާ މި ދަނޑިވަޅުގައި ޓީމްގެ މެންބަރުން ތިބީ ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތު ކުރުމުގެ ގޮތުން ނޫސްވެރިންނާއެކުގައި ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

އެ އެސޯސިއޭޝަނުން ވަނީ އެކްސްގައި އެ އެސޯސިއޭޝަނުގެ މެންބަރުން ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއި ބެނާއެއް ހިފައިގެން ތިބި ފޮޓޯއެއް ވެސް އާންމުކޮށްފައެވެ. މެންބަރުން ހިފައިގެން ތިބި ބެނާގައި ލިޔެފައިވަނީ "މިނިވަން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅުމާއި ރިސޯޓު ވޯކާސް ދެކޮޅު" މިފަދައިންނެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ މި ގާނޫނަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ގާނޫނެއް ކަމަށް ބުނެ އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކް އިން ވަނީ އެ ގާނޫނު އަނބުރާ ގެންދިޔުމަށް ދިވެހި ސަރުކާރަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަން، އެމެރިކާ އަދި އިނގިރޭސިވިލާތުގެ އިތުރުން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް، ރިޕޯޓާސް ވިތައުޓް ބޯޑާސް އަދި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް ފަދަ ޖަމިއްޔާތަކުން ވެސް ވަނީ އެ ގާނޫނާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ގާނޫނު އަނބުރާ ގެންދިޔުމަށް ގޮވާލައްވާފައެވެ.

ސަރުކާރު ފަހަތުގައި އޮވެގެން އަމިއްލަ މެންބަރެއް ލައްވާ މަޖިލީހަށް ހުށަހަޅައި، ބައިނަލްއަގުވާމީ އިދާރާތަކުގެ ކަންބޮޑުވުންތަކަށް ބެލުމެއްނެތި، ސަރުކާރުގެ ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ދައުރުން ބޭރުގައި ޖަލްސާތަކެއް ބާއްވައި މި ބިލު ވަނީ ފާސްކޮށްފައެވެ. އަދި މީޑިއާތަކުން ލިޔާ ހަބަރާއި ގެނެސްދޭ ޕްރޮގްރާމުތަކުގެ ސަބަބުން މީޑިއާތައް ބަންދުކުރުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ ބާރު ކޮމިޝަނަކަށް ލިބިދޭ މި ގާނޫނު ރައީސް މުއިއްޒު ތަސްދީގުކުރެއްވީ މިމަހުގެ ކުރީކޮޅު އެވެ.

މުޙައްމަދު މުއިއްޒު ވިއެމްމިނިވަން މީޑިއާއދޔޫރަޕިއަން ޔޫނިއަންމީޑިއާ ޤާނޫނު

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ހާރިޖީ ގުޅުން ގާއިމުކުރުމުގައި އިސްކަން ދޭނީ ދިވެހިންނަށް: ރައީސް މުއިއްޒު

ހާރިޖީ ގުޅުން ގާއިމުކުރުމުގައި އިސްކަން ދޭނީ ދިވެހިންނަށް: ރައީސް މުއިއްޒު

17 ނޮވެމްބަރު 2025
ރާއްޖޭ ގައި މިނިވަން މީޑިއާ އަށް ފުރުސަތު ދިނުމަށް އެތައް ގައުމަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި

ރާއްޖޭ ގައި މިނިވަން މީޑިއާ އަށް ފުރުސަތު ދިނުމަށް އެތައް ގައުމަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި

06 ނޮވެމްބަރު 2025
ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
ޣައްޒާގައި ބައިނަލްއަޤުވާމީ ބާރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

ޣައްޒާގައި ބައިނަލްއަޤުވާމީ ބާރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

26 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު