Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ޑރ. އަހްމަދު އަލީ ސަވާދު

ޑރ. ސަވާދު: ދީނުގެ ނަމުގައި ފަސާދަ ފަތުރާ މީހުންނާމެދު ރައްޔިތުން ހޭވެރި ކުރުވުމަކީ ދީނަށް ފުރައްސާރަ ކުރުމަށް ވާނެތޯ؟

25 ޖެނުއަރީ 2026 | އާދީއްތަ 03:23

އަދަދު ނޫހުން ޝާއިޢުކުރި ކާޓޫނަކާ ގުޅިގެން ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ބައެއް މީހުން ދަނީ ދީނީ ކާޑު ނަގައިގެން އެ ކާޓުނަށް ފާޑު ކިޔަމުން.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 25 ޖެނުއަރީ 2026 | އާދީއްތަ 03:23
ކުރީގެ ބަންޑާރަ ނައިބު ޑރ. އަހްމަދު އަލީ ސަވާދު؛ މިޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ނޫސްވެރިން ކުރިއަށް ގެންދިޔަ ފޯރަމެއްގައި ވާހަކަދައްކަވަނީ

ކުރީގެ ބަންޑާރަ ނައިބު ޑރ. އަހްމަދު އަލީ ސަވާދު؛ މިޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ނޫސްވެރިން ކުރިއަށް ގެންދިޔަ ފޯރަމެއްގައި ވާހަކަދައްކަވަނީ | ސަން އޮންލައިން

އިސްލާމް ދީނުގެ ނަމުގައި ފަސާދަ ފަތުރާ މީހުން އުޅޭ ކަމަށާއި އެފަދަ މީހުންނާމެދު ރައްޔިތުން އަހުލުވެރި ކުރުވުމަކީ ދީނަށް ފުރައްސާރަ ކުރުންތޯ ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބު ޑރ. އަހްމަދު އަލީ ސަވާދު ސުވާލު އުފައްދަވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަވާދު ވިދާޅުވީ ތަވާޟުޢުވެރިންގެ ސިފައިގަ މަގުފޭރޭ މީހުން އުޅޭކަމާއި ޒާހިދުކަން ދައްކައިގެން ފޮށިފަޅާ މީހުން އުޅޭކަމީ ދުނިޔެވީ ޙަޤީޤަތެއް ކަމަށެވެ. އަދި މިފަދަ މީހުންނާ މެދު ސަމާލުވުމަށް ވައްބަހުންނާ މަޖާޒީ ކުރެހުމުން ރައްޔިތުން ހޭވެރިކުރުވުމަކީ ދީނަށް ފުރައްސާރަ ކުރުމަށް ވާނެތޯ ސަވާދު ވަނީ ސުވާލު އުފައްދަވާފަ އެވެ.

Advertisement - newsAdvertisement

މިދިޔަ ބުރާސްފަތި ދުވަހު އަދަދު ނޫހުން ޝާއިޢުކުރި ކާޓޫނަކާ ގުޅިގެން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް މީހުން ދަނީ ސަރުކާރު ތެރޭ ހިންގާ ފަސާދަތައް ފޮރުވުމަށް ދީނީ ކާޑު ނަގައިގެން ފާޑު ކިޔަމުންނެވެ. ރިޝްވަތުގެ ހަރާން ފައިސާ ބަހާ ތަން ފެންނަ މި ކުރެހުމުން ދައްކުވައިދެނީ ސަރުކާރުގެ ވެރިންނާއި މުއައްސަސާތަކުގެ މެދުގައި ފަސާދަ އެއްވެސް ހައްދެއް ނެތް މިންވަރަށް ވަކި ވަގުތަކާއި ޒަމާނަކަށް ބެލުމެއް ނެތި ފެތުރިފައިވާ މިންވަރެވެ.

ހާއްސަކޮށް ރައީސް މުއިއްޒުގެ ސަރުކާރަކީ އިސްލާމީ ފިކުރަށް ތަބާވާ ސަރުކާރެއް ކަމަށް ވަކާލާތުކޮށް ދައުވާކުރަމުންދާ ސަރުކާރަކަށް ވާއިރު މި ސަރުކާރުގެ ހުރިހާ ގުނަވަނެއްގައި ހައްދުފަނައަޅާފައިވާ މިންވަރަށް ފަސާދަ އަށަގެންފައިވާ ކަން އަންގައި ދިނުމަށް މި ކުރެހުމުން އަންގައިދޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. 

މީޑިއާތައް ކޮންޓްރޯލް ކުރުމަށް ރައީސް މުއިއްޒު އުފައްދާފައިވާ ކޮމިޝަނުން ވަނީ އެ ކުރެހުމަކީ އިސްލާމްދީނުގެ އަސްލުތަކާ ހިލާފު ކުރެހުމެއް ކަމަށް ބުނެ އެ ކުރެހުން ނަގަން އަންގާފަ އެވެ. ނަމަވެސް އެ ކުރެހުމުގައި މައްސަލައެއް ނޫޅޭ ކަމަށާއި އެ ކާޓޫނާ ދީނާ ގުޅުވައި ވާހަކަ ދައްކަނީ ވަކި ބައެއްގެ ސިޔާސީ ފިކުރު ހިމާޔަތް ކުރަން ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ މި ކުރެހުމަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ކާޓޫނެއް ކަމަށް ބުނެވޭނެ ޝަރުއީ އަދި ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި އިސްލާމްދީނުގެ އަސްލަކާ ޚިލާފުވާ ކަމަކީ މިފަދަ ކުރެހުންތަކުގެ އަސްލު މަގްސަދު އޮޅުވާލާ ސަރުކާރުގައި އަށަގެންފައިވާ މުންކަރާތްތައް ފޮރުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި ސަރުކާރުގެ ފަރާތުން ދީނީ ކާޑު ނަގައިގެން ވާހަކަދައްކަމުން ދާތީ، ގިނަ ބަޔަކު ދަނީ ސަރުކާރުގައި ހިނގަމުންދާ ފަސާދަތައް ފޮރުވުމަށް ދީން ބޭނުންކުރަމަަކީ ދީނަށް ފުރައްސާރަ ކުރުމަށް ނުވާނެތޯ އޭ ބުނެ ސުވާލު އުފައްދަމުންނެވެ.  

އަހްމަދު އަލީ ސަވާދުއަދަދު ނޫހު

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ބިލަކީ ޑިމޮކްރެޓިމް ޖުމްހޫރިއްޔަތެއްގައި ތަންފީޒު ކުރެވޭނެ ބިލެއް ނޫން: ޑރ.ސަވާދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ބިލަކީ ޑިމޮކްރެޓިމް ޖުމްހޫރިއްޔަތެއްގައި ތަންފީޒު ކުރެވޭނެ ބިލެއް ނޫން: ޑރ.ސަވާދު
14 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ބިލުން ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލިދާނެ: ސަވާދު

14 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ބިލުން ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލިދާނެ: ސަވާދު
17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
27 ފެބުރުއަރީ 2017

"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި

27 ފެބުރުއަރީ 2017
"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި
26 ފެބުރުއަރީ 2017

އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި

26 ފެބުރުއަރީ 2017
އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި
16 ފެބުރުއަރީ 2017

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް