Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތޮއްޑޫ

ތޮއްޑޫ ކައުންސިލުން 2023 ވަނަ އަހަރުގެ އީދު ފާހަގަ ކުރަން ހަވާލު ކުރި ކުންފުންޏަށް އިތުރަށް ދިން ފައިސާ ހޯދަން އޮޑިޓަރ ޖެނެރަލް އަންގައިފި

7 ޖެނުއަރީ 2026 | ބުދަ 12:56

އީދު ފާހަގަ ކުރުމުގެ ގޮތުން ހަވާ އެރުމަށް 57،307 ރުފިޔާ، މިއުޒިކް ޝޯ އަދި އެކިއެކި ހަރަކާތްތަކަށް 205،500 ރުފިޔާ ގެ އިތުރުން އީދު ފާހަގަ ކުރުމަށް ދިއަ ފަންނާނުންނާއި ކްރޫ އަށް 83،475 ރުފިޔާ ވެސް ޚަރަދު ކޮށްފައިވާ ކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 7 ޖެނުއަރީ 2026 | ބުދަ 12:56
އީދުގައި ހަވާ އެރުވުމަށް 57،307 ރުފިޔާ ތޮއްޑޫ ކައުންސިލުން 2023 ވަނަ އަހަރު ޚަރަދު ކުރި

އީދުގައި ހަވާ އެރުވުމަށް 57،307 ރުފިޔާ ތޮއްޑޫ ކައުންސިލުން 2023 ވަނަ އަހަރު ޚަރަދު ކުރި | ސޯޝަލް މީޑިއާ

އއ. ތޮއްޑޫގައި 2023 ވަނަ އަހަރު ގެ އަޟްހާ އީދު ފާހަގަ ކުރުމަށް އެ ރަށު ކައުންސިލްގެ ބަޖެޓުގެ ބޮޑު ބައެއް ޚަރަދު ކޮށްފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފި އެވެ. 

އެ އޮފީހުން ނެރުނު ތޮއްޑޫ ކައުންސިލްގެ އިދާރާ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ 2023 ވަނަ އަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ބަލާފައި ނުވާ ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން ކައުންސިލް އިދާރާ އިން އެ އަހަރު ގެ އީދު ފާހަގަ ކުރުމަށް 719،742 ރުފިޔާ ޚަރަދު ކޮށްފައިވާއިރު އޭގެތެރެއިން 509،742 ރުފިޔާ ޚަރަދު ކޮށްފައިވަނީ ކައުންސިލް ގެ ބަޖެޓުން ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެ އެވެ. 

ރިޕޯޓުގައި ބުނީ އެ އަދަދީ 2023 ވަނަ އަހަރު ކައުންސިލް އިދާރާގެ މުސާރަ ފިޔަވައި ބްލޮކް ގްރާންޓާއި ކައުންސިލްގެ އާމްދަނީ އިން ކޮށްފައިވާ ޖުމްލަ ޚަރަދުގެ 8.4 އިންސައްތަ ކަމަށެވެ. އެއީ ކައުންސިލްގެ ބަޖެޓުގެ ނިސްބަތުން ބަލާނަމަ ބޮޑު އަދަދެެއް ކަމަށް ވެސް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެ އެވެ. 

އީދު ފާހަގަ ކުރުމުގެ ގޮތުން ހަވާ އެރުމަށް 57،307 ރުފިޔާ، މިއުޒިކް ޝޯ އަދި އެކިއެކި ހަރަކާތްތަކަށް 205،500 ރުފިޔާ ގެ އިތުރުން އީދު ފާހަގަ ކުރުމަށް ދިޔަ ފަންނާނުންނާއި ކްރޫ އަށް 83،475 ރުފިޔާ ވެސް ޚަރަދު ކޮށްފައިވާ ކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

މީގެ އިތުރުން ވެސް އެހިނިހެން ޚަރަދުތަކުގެ ތަފްސީލު ވެސް އެ ރިޕޯޓުގައި ވެ އެވެ. 

އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ އިތުރު ކަންކަމުގެ ތެރޭގައި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއަށް ކުންފުންޏަށް އެކަން ހަވާލު ކޮށްފައި ވަނީ 270،000 ރުފިޔާ އަށް ކަން ހިމެނެ އެވެ. އެހާ ބޮޑު ޚަރަދެއް ކުރި ނަމަވެސް ބައެއް ކަންކަން އީދު ފާހަގަކުރުމުގައި ކޮށްފައިވަނީ ފެންވަރު ދަށް ކޮށް ކަމަށާ އީދު ފާހަގަ ކުރަން އެހީގެ ގޮތުގައި ކައުންސިލުން ހޯދި 210،000 ރުފިޔާ ވެސް އެ ކުންފުންޏަށް ދީފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ. 

މިއީ އެ ކުންފުންޏަށް ދޭން އެއްބަސްވި ފައިސާގެ އިތުރުން ދީފައިވާ ފައިސާ ކަމަށާ އެ ފައިސާ އަނބުރާ ހޯދުމަށް ވެސް އޮޑިޓް އޮފީހުން ވަނީ އެ ކައުންސިލަށް ލަފާ ދީފަ އެވެ. މީގެ އިތުރުން ހަރަދު ކުޑަ ކުރުމަށް ހަރުދަނާ ފިޔަވަޅު އެޅުމަށް ވެސް އެ ކައުންސިލަށް އިލްތިމާސް ކޮށްފަ އެވެ. 

އއ. ތޮއްޑޫއޮޑިޓް އޮފީސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2026

ތޮއްޑޫ އޮޑިޓް: ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި ވަނީ ބޮއްސުންލާފައި

07 ޖެނުއަރީ 2026
ތޮއްޑޫ އޮޑިޓް: ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި ވަނީ ބޮއްސުންލާފައި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
12 ފެބުރުއަރީ 2022

ތޮއްޑޫ ކައުންސިލުން ޓޫރިޒަމް މިނިސްޓަރާއި ބައްދަލުކުރައްވައިފި

12 ފެބުރުއަރީ 2022
ތޮއްޑޫ ކައުންސިލުން ޓޫރިޒަމް މިނިސްޓަރާއި ބައްދަލުކުރައްވައިފި
20 ޖެނުއަރީ 2022

ތޮއްޑޫއަށް ގެންދިޔަ އައު ޖަނަރޭޓަރުސެޓް ބޭނުން ކުރަންފަށައިފި

20 ޖެނުއަރީ 2022
ތޮއްޑޫއަށް ގެންދިޔަ އައު ޖަނަރޭޓަރުސެޓް ބޭނުން ކުރަންފަށައިފި
09 ޖެނުއަރީ 2022

ތޮއްޑޫ ކައުންސިލުގެ ފުޓްސެލް ޗެމްޕިއަންކަން ޔަންގް ސްޓާ، އަދި ހޭންޑްބޯލް ޗެމްޕިއަންކަން ފްލެމިންގޯއިން ހޯދައިފި

09 ޖެނުއަރީ 2022
ތޮއްޑޫ ކައުންސިލުގެ ފުޓްސެލް ޗެމްޕިއަންކަން ޔަންގް ސްޓާ، އަދި ހޭންޑްބޯލް ޗެމްޕިއަންކަން ފްލެމިންގޯއިން ހޯދައިފި
07 ޖެނުއަރީ 2022

ތޮއްޑޫ ގެސްޓްހައުސްއަކުން ބަނގުރާފުޅިތަކެއް އަތުލައިގެންފި

07 ޖެނުއަރީ 2022
ތޮއްޑޫ ގެސްޓްހައުސްއަކުން ބަނގުރާފުޅިތަކެއް އަތުލައިގެންފި
04 ޖެނުއަރީ 2022

ތޮއްޑޫ ކައުންސިލުން ޓޫރިސްޓުންނަށް ހެދުން އެޅުމުގެ ގަވާއިދު އަންގައިދެނީ

04 ޖެނުއަރީ 2022
ތޮއްޑޫ ކައުންސިލުން ޓޫރިސްޓުންނަށް ހެދުން އެޅުމުގެ ގަވާއިދު އަންގައިދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް