Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ތޮއްޑޫ

ތޮއްޑޫ އޮޑިޓް: ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި ވަނީ ބޮއްސުންލާފައި

ތޮއްޑޫ ކައުންސިލްގެ އިދާރާ އިން މިހާތަނަށް އެ ކުންފުންޏަށް ދޫ ކޮށްފައިވާ ފައިސާގެ ޖުމްލަ އަދަދު އެނގޭނެ ފަދަ ގޮތަކަށް އެ އިދާރާގެ ލިޔެކިޔުންތައް ތަރުތީބު ކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓު ގައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2026 | ބުދަ 12:50
އއ. ތޮއްޑޫ

އއ. ތޮއްޑޫ | ދަ އެޑިޝަން

އއ. ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި މާލީ ގޮތުން ކުރިއަށް ގެންދިއުމަށް އެ ރަށު ކައުންސިލް އިދާރާ އިން ގިނަ އަދަދެއްގެ ފައިސާ ދެމުން ގޮސްފައިވާ ކަމަށާއި އެ ކުންފުނި ވަނީ ބޮއްސުންލާފައި ކަމަށް އޮޑިޓަރ ޖެނެރަލް ގެ އޮފީހުން ބުނެފި އެވެ. 

އެ އޮފީހުން އާންމު ކޮށްފައިވާ ތޮއްޑޫ ކައުންސިލް ގެ އިދާރާ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުންް އަހަރެއް ވެގެން ދިޔަ އިރު ވެސް ކައުންސިލް އިދާރާ އަށް ބަރޯސާނުވެ ކުންފުންޏަށް ލިބޭ އެއްޗަކުން ކުންފުނި ހިންގުމުގެ ނިޒާމެއް ގާއިމު ކޮށްފައި ނުވާ ކަމަށެވެ. 

Advertisement - newsAdvertisement

ރިޕޯޓުގައި ވަނީ ކުންފުނީގެ ހިންގުން ވަރަށް ބޮޑަށް ބޮއްސުންލާފައި ވާ ކަން ވެސް ފާހަގަ ކޮށްފަ އެވެ. އެގޮތުން ކުންފުނީގެ ކެޕިޓަލް ގެ ގޮތުގައި ދޭ ފައިސާ ބަޖެޓުގައި ހިމަނައިގެން ފާސް ކުރަން ޖެހޭ ކަމަށް ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލް ގެ ގޮތުގައި ކައުންސިލްތަކުން ޚަރަދުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައި ބަޔާން ކޮށްފައި ވީ ނަމަވެސް އެ ކަން ފާސް ކޮށްފައިވާ ނުވާ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެ އެވެ. 

އޭގެ އިތުރުން ކުންފުނީގެ މާލީ ބަޔާން ތައްޔާރު ކޮށްފައި ނުވުމާއެކު މާލީ ހާލަތު ވަޒަންކުރެވޭނެ އަސާސެއް ނެތް ކަމަށް ވެސް އޮޑިޓް އޮފީހުން ވަނީ ބުނެފަ އެވެ. 

އޮޑިޓް ރިޕޯޓުގައި ބުނީ ފިނޭންސް މިނިސްޓްރީ ގެ އުސޫލުގައި ބަޔާން ކޮށްފައިވާ ގޮތުން ކައުންސިލް ތަކުން ވިޔަފާރިތަކުގައި އިންވެސްޓް ކުރެވޭނީ އިންވެސްޓް ކުރާ ކުންފުނީގެ ހިއްސާގެ ނިސްބަތުން އެ ކައުންސިލެއްގެ ޖުމްލަ ހިއްސާއަށް ޖެހޭ މިންވަރަށް ވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިން ކަމަށެވެ.

އެގޮތުން ކައުންސިލްގެ އިދާރާއިން އުފައްދާފައިވާ ކުންފުނީގެ އަސާސީ ގަވާއިދުގެ 4 ވަނަ މާއްދާފައި ބަޔާން ކޮށްފައިވާ ގޮތުން ކުންފުނީގެ ހުއްދަ ކުރެވިފައިވާ ރައުސުލްމާލަކީ 2 ލައްކަ ރުފިޔާ ކަމުގައި ވީ ނަމަވެސް ތޮއްޑޫ ކައުންސިލުން 2024 ސެޕްޓެމްބަރު ގެ ނިޔަލަށް ކުންފުނީގެ ހުއްދަ ކުރެވިފައިވާ ރައުސުލްމާލުގެ އިތުރަށް ނަގުދު ފައިސާގެ ގޮތުގައި 1.1 މިލިއަން އަދި 2.5 މިލިއަން ގެ ހަރުމުދަލާއެކު 3.7 މިލިއަން ރުފިޔާ ކެޕިޓަލްގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ވެ އެވެ.

އޭގެ އިތުރުން ތޮއްޑޫ ކައުންސިލްގެ އިދާރާ އިން މިހާތަނަށް އެ ކުންފުންޏަށް ދޫ ކޮށްފައިވާ ފައިސާގެ ޖުމްލަ އަދަދު އެނގޭނެ ފަދަ ގޮތަކަށް އެ އިދާރާގެ ލިޔެކިޔުންތައް ތަރުތީބު ކޮށްފައި ނުވާއިރު މިހާތަނަށް ދޫކުރެވުނު ފައިސާއާ ތަކެތި އިންވެސްޓްމަންޓް ރަޖިސްޓަރ ނުވާ ކަމަށް ވެސް އޮޑިޓަރ ޖެނެރަލް ގެ އޮފީހުން ވަނީ ބުނެފަ އެވެ. 

އއ. ތޮއްޑޫއޮޑިޓް އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތޮއްޑޫ ކައުންސިލުން 2023 ވަނަ އަހަރުގެ އީދު ފާހަގަ ކުރަން ހަވާލު ކުރި ކުންފުންޏަށް އިތުރަށް ދިން ފައިސާ ހޯދަން އޮޑިޓަރ ޖެނެރަލް އަންގައިފި

ތޮއްޑޫ ކައުންސިލުން 2023 ވަނަ އަހަރުގެ އީދު ފާހަގަ ކުރަން ހަވާލު ކުރި ކުންފުންޏަށް އިތުރަށް ދިން ފައިސާ ހޯދަން އޮޑިޓަރ ޖެނެރަލް އަންގައިފި

07 ޖެނުއަރީ 2026
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
ވެރިކަމަށް ވަޑައިގެންނެވިފަހުން ތޮއްޑޫގައި ތަރައްގީގެ މަސައްކަތެއް ނުފެށޭ، ރައީސް ވިދާޅުވީ ކައުންސިލުން ބުނި ކަންކަން ބައްލަވާނެ ކަމަށް

ވެރިކަމަށް ވަޑައިގެންނެވިފަހުން ތޮއްޑޫގައި ތަރައްގީގެ މަސައްކަތެއް ނުފެށޭ، ރައީސް ވިދާޅުވީ ކައުންސިލުން ބުނި ކަންކަން ބައްލަވާނެ ކަމަށް

20 އޯގަސްޓު 2025
2 އަހަރުގެ ތެރޭގައި މި ސަރުކާރުން ތޮއްޑޫއަށް ކުރި ކަމަކީ ސިއްހީ މަރުކަޒުގެ ނަން ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ވައުދާއި އެއްބަސްވުންތަކެއްގައި ސޮއިކުރުން

2 އަހަރުގެ ތެރޭގައި މި ސަރުކާރުން ތޮއްޑޫއަށް ކުރި ކަމަކީ ސިއްހީ މަރުކަޒުގެ ނަން ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ވައުދާއި އެއްބަސްވުންތަކެއްގައި ސޮއިކުރުން

20 އޯގަސްޓު 2025
ރިޔާސީ އިންތިޚާބުގެ ވައުދުތައް ނުފުއްދެވި އުޅެނިކޮށް ތޮއްޑޫ އަށް އަނެއްކާވެސް ރައީސްގެ އިތުރު ވައުދުތަކެއް

ރިޔާސީ އިންތިޚާބުގެ ވައުދުތައް ނުފުއްދެވި އުޅެނިކޮށް ތޮއްޑޫ އަށް އަނެއްކާވެސް ރައީސްގެ އިތުރު ވައުދުތަކެއް

08 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު