Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަރުގެ ހާދިސާ

އިނގިރޭސި ދެމަފިރިން ރާއްޖޭގައި މަރުވި މައްސަލައިގައި އެތައް ދުވަހަކު ހިމޭނުން ތިބުމަށް ފަހު، ތުހުމަތު ކުރެވޭ ފަދަ ކަމެއް ނެތް ކަމަށް ފުލުހުން ބުނެފި

އިނގިރޭސިވިލާތުގެ މި ދެމަފިރިން ރާއްޖޭގައި މަރުވިކަން ހާމަވަގެން ދިޔައީ ބޭރުގެ ދުނިޔޭގެ މީޑިއާތަކުގައި ރިޕޯޓު ކުރުމާ ގުޅިގެން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 08:15
އިލެއިން ރިޗްމަންޑް، 70،(ވ) އަދި އޭނާގެ ފިރިމީހާ މެލްކަމް، 71.

އިލެއިން ރިޗްމަންޑް، 70،(ވ) އަދި އޭނާގެ ފިރިމީހާ މެލްކަމް، 71. | ޑެއިލީ މެއިލް

60 ށް ވުރެ ގިނަ ފަހަރު ޗުއްޓީ ހޭދަ ކުރަން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާ އިނގިރޭސި ދެމަފިރިން ރާއްޖޭގައި މަރުވި ހާދިސާގައި ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި ހާދިސާ ހިނގުމުން ފުލުހުން މިމައުލޫމާތު ހާމަ ކޮށްފައިނުވެ އެވެ. އިނގިރޭސިވިލާތައް ނިސްބަތްވާ މި ދެމަފިރިން ރާއްޖޭގައި މަރުވިކަން ހާމަވަގެން ދިޔައީ ބޭރުގެ ދުނިޔޭގެ މީޑިއާތަކުގައި ރިޕޯޓު ކުރުމާ ގުޅިގެންނެވެ. މި ހާދިސާގައި ފުލުހުން މައުލޫމާތު އޭރު ހާމަނުކުރި ސަބަބެއް ނުބުނެ އެވެ.

Advertisement - newsAdvertisement

މީޑިއާތަކުގައި ރިޕޯޓު ކުރުމާ ގުޅިގެން ބުރާސްފަތި ދުވަހު ފުލުހުން ބުނީ، އއ. އަތޮޅުގައި ހިންގާ ރިސޯރޓެއްގައި ޗުއްޓީ ހޭދަ ކުރަމުން ގެންދިޔަ އިނގިރޭސިވިލާތުގެ ފަތުރުވެރިއެއް ކަމަށްވާ މރސ. އެލައިނީ ރިޗްމޮންޑް (70އ)، 2025 ޑިސެމްބަރ 19 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާ ގެ ފިރިމީހާއާ އެކު އެރިސޯރޓްގެ ފަރުކައިރިއަށް ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނިކޮށް އެސަރަހައްދުގެ މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

އަދި މރ. މެލްކޮމް ޖޯން ރިޗްމޮންޑް (71އ)، 2025 ޑިސެމްބަރ 21 ވަނަ ދުވަހު އެނބުރި ގައުމަށް ދިއުމަށް އެއަރޕޯރޓަށް ފުރަން ގޮސް ހުއްޓައި ސިއްހީ ހާލަތު ދަށްވުމާ ގުޅިގެން އެއަރޕޯރޓް ކްލިނިކްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ އަށް އޭ.ޑީ.ކޭ ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެމުން ދަނިކޮށް 2025 ޑިސެމްބަރ 24 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ. 

މި ދެ މީހުން މަރުވުމާ ގުޅިގެން އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް އޮތްތޯ ބަލައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މިހާތަނަށް ތަހުގީގަށް އެފަދަ ކަމެއް ފާހަގަ ނުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

މި ދެމަފިރިންނަކީ "މޯލްޑިވްސް ހޮލިޑޭމޭކާސް" ނަމަކަށް ކިޔާ ގްރޫޕުގެ މެންބަރުންގެ މެދުގައި މަގުބޫލު، އެއްލައިދޫ ރިސޯޓަށް ގަވާއިދުން ޒިޔާރަތްކުރާ ދެމަފިރިން ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.  އަދި ވޭތުވެދިޔަ 17 އަހަރުގެ ކްރިސްމަސް ބަންދުގައި މެދުކެނޑުމެއް ނެތި އެމީހުން ހޭދަކޮށްފައި ވަނީ ވެސް އެ ރިސޯޓުގަ އެވެ.

މި ދެމަފިރިންގެ މަރުގެ މައްސަލަ ބަލައި، ހަގީގަތް ދެނެގަތުމަށްޓަކައި އިނގިރޭސި ވިލާތުގެ ޗެސްޓަފީލްޑް ކޮރޯނާސް ކޯޓުގައި ޖެނުއަރީ 30 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިވެހި ފުލުހުންފަތުރުވެރިންމޯލްޑިވްސް ހޮލިޑޭމޭކާސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއަރޕޯޓުން ޑޮލަރު ހުރި ސޫޓް ކޭސް ފޭރިގަތް މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

އެއަރޕޯޓުން ޑޮލަރު ހުރި ސޫޓް ކޭސް ފޭރިގަތް މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

15 ޖެނުއަރީ 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިފަހުން ފެނުނު ދެ ހަށިގަނޑަކީ ގެއްލިގެން ހޯދަމުންދާ ރަޝިޔާ ފަތުރުވެރިޔާގެ ހަށިގަނޑެއް ނޫން: ފުލުހުން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިފަހުން ފެނުނު ދެ ހަށިގަނޑަކީ ގެއްލިގެން ހޯދަމުންދާ ރަޝިޔާ ފަތުރުވެރިޔާގެ ހަށިގަނޑެއް ނޫން: ފުލުހުން

15 ޖެނުއަރީ 2026
60 ށް ވުރެ ގިނަ ފަހަރު ޗުއްޓީ ހޭދަ ކުރަން އައި އިނގިރޭސި ދެމަފިރިން ރާއްޖޭގައި ޑައިވް ކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއް ގައި މަރުވެއްޖެ

60 ށް ވުރެ ގިނަ ފަހަރު ޗުއްޓީ ހޭދަ ކުރަން އައި އިނގިރޭސި ދެމަފިރިން ރާއްޖޭގައި ޑައިވް ކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއް ގައި މަރުވެއްޖެ

13 ޖެނުއަރީ 2026
އޮޕަރޭޝަން އަލިމަގު: މަސްތުވާތަކެތި އެތެރެކުރާ ނެޓްވަރކެއް ހުއްޓުވުމަށް ގއ. އަތޮޅުގައި ފުލުހުން ހަރަކާތްތެރިވަނީ

އޮޕަރޭޝަން އަލިމަގު: މަސްތުވާތަކެތި އެތެރެކުރާ ނެޓްވަރކެއް ހުއްޓުވުމަށް ގއ. އަތޮޅުގައި ފުލުހުން ހަރަކާތްތެރިވަނީ

11 ޖެނުއަރީ 2026
ބަނގުރާ މައްސަލައެއްގައި ފުލުހުން ސަފާރީ އަކަށް އެރުން: ދިވެހި ކައްޕިއާ އެއްވެސް ސުވާލެއް ނުކުރޭ، ހައްޔަރުކުރި ލަންކާގެ ދެ މުވައްޒަފުން ކޯޓުން ދޫކޮށްލައިފި

ބަނގުރާ މައްސަލައެއްގައި ފުލުހުން ސަފާރީ އަކަށް އެރުން: ދިވެހި ކައްޕިއާ އެއްވެސް ސުވާލެއް ނުކުރޭ، ހައްޔަރުކުރި ލަންކާގެ ދެ މުވައްޒަފުން ކޯޓުން ދޫކޮށްލައިފި

10 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު