Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްތުވާތަކެތި

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

މިމަހުގެ 16 ވީ ހުކުރު ދުވަހު، އާދިލް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އިތުރު 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައި. އަދި އަހުމަދު އަލީގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން މިމަހުގެ 5 ދުވަހު ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2026 | ހޮނިހިރު 09:59
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން | ޕޮލިސް

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ކަނޑުމަގުން ރާއްޖެ އެތެރެކުރި 40 ކިލޯ ގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކޮށްފި އެވެ.  

މި މައްސަލައިގައި ހައްޔަރުކުރީ، ހއ. ހޯރަފުށީ، އާފިޔާ، އަހުމަދު އަލީ (47އ) އާއި ގދ. ތިނަދޫ، ގޯލްޑަންހައުސް، މުހައްމަދު އާދިލް (57އ) އެވެ. އަހުމަދު އަލީ 26 ޑިސެންބަރު 2025 ގައި ހައްޔަރުކޮށް ބަންދަށް 10 ދުވަސް ވަނީ ޖަހާފަ އެވެ. އަދި އާދިލް 27 ޑިސެންބަރު 2025 ގައި ހައްޔަރުކޮށް ބަންދަށް 5 ދުވަސް ޖަހާފައިވެ އެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އަހުމަދު އަލީގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަސް ކަމަށް ކުރިން ބުނެފައި ވަނީ އޮޅުމަކުން ކަމަށެވެ. އަދި ބަންދުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން އިތުރު 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އާދިލްގެ ބަންދަށް ވެސް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

Advertisement - newsAdvertisement

ބަންދުގެ މުއްދަތު ހަމަވާތީ، މިމަހުގެ 16 ވީ ހުކުރު ދުވަހު، އާދިލް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އިތުރު 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފަ އެވެ. އަދި އަހުމަދު އަލީގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން މިމަހުގެ 5 ދުވަހު ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ. އޭނާ ގެ ބަންދުގެ މުއްދަތު ހަމަވާނީ މިމަހުގެ 20ގެ ނިޔަލަށެވެ.

މިތަކެތި ރާއްޖެ އަށް އެތެރެ ކޮށްފައި ވަނީ ރާސް މޯލްޑިވްސް ކިޔާ ކުންފުންޏެއްގެ ނަމުގަ އެވެ. އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ މި މައްސަލާގައި ހައްޔަރުކުރި އާދިލް އެވެ. އަދި އަހުމަދު އަލީ އަކީ ރާސް މޯލްޑިވްސްގެ މުދާ ކްލިއަރ ކުރުމަށް އެ ކުންފުނީގެ ފަރާތުން ދާނެ ކަމަށް އީ-މެއިލުން ކަސްޓަމްސްގެ ސީކާގޯ އެގްޒަމިނޭޝަނަށް އެންގި މީހާ އެވެ.

ކަސްޓަމްސް އިން މައުލޫމާތު ދޭ ގޮތުގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު 30 މިލިޔަން ރުފިޔާ އަށް ވުރެ އިތުރުވާނެ އެވެ. ޗޮކްލެޓް ސިރަޕް ފުޅިތަކެއް ކަސްޓަމްސްއިން އަތުލައިގަތީ، އެ ފުޅިތައް ބަލައި ފާސްކުރުމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަ ވުމުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 25 ޑިސެންބަރު 2025 ގަ އެވެ.

މި ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރުމުން ޕޮޒިޓިވްވެފައި ވަނީ ހަޝިޝް އޮއިލަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ދޭތެރެދޭތެރެއިން ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ މައްސަލަތައް ފެންމަތިވެ އެވެ. މިހާރު ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން އަލިމަގުން ވެސް، ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ގިނަ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް މީގެ ކުރިން ބުނެފައިވެ އެވެ. 

އަޙްމަދު ޢަލީމުހައްމަދު އާދިލްރާސް މޯލްޑިވްސްމަސްތުވާތަކެތި

ކޮމެންޓް

އިތުރަށް ކިޔާލަން

އޮޕަރޭޝަން އަލިމަގު: މަސްތުވާތަކެތި އެތެރެކުރާ ނެޓްވަރކެއް ހުއްޓުވުމަށް ގއ. އަތޮޅުގައި ފުލުހުން ހަރަކާތްތެރިވަނީ

އޮޕަރޭޝަން އަލިމަގު: މަސްތުވާތަކެތި އެތެރެކުރާ ނެޓްވަރކެއް ހުއްޓުވުމަށް ގއ. އަތޮޅުގައި ފުލުހުން ހަރަކާތްތެރިވަނީ

11 ޖެނުއަރީ 2026
މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު

މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު

09 ޖެނުއަރީ 2026
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް

03 ޖެނުއަރީ 2026
މަސްތުވާތަކެއްޗާއި 69000ށް ވުރެ ގިނަ ރުފިޔާ އާއި އެކު ހައްޔަރު ކުރި މީހަކު 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފި

މަސްތުވާތަކެއްޗާއި 69000ށް ވުރެ ގިނަ ރުފިޔާ އާއި އެކު ހައްޔަރު ކުރި މީހަކު 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފި

01 ޖެނުއަރީ 2026
ފަތާފައި ގޮސް ދުވާފަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު އާއްމު ކޮށްފި

ފަތާފައި ގޮސް ދުވާފަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު އާއްމު ކޮށްފި

01 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު