Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަހީނުކުރުން

އެމްޕީއެލް ފްލެޓެއްގައި މީހަކު ރަހީނު ކޮށްގެން، ފައިސާ ފޭރެމުން ދިޔަ ބަޔަކު ހައްޔަރު ކޮށްފި

ފުލުހުން ހާމަކުރި ގޮތުގައި ބުދަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހާއްސަ އޮޕަރޭޝަނެއް ހިންގައި ރަހީނުކޮށްފައިވާ މީހާ ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކައި އާއިލާއާ ވަނީ ހަވާލުކޮށްފަ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 15 ޖެނުއަރީ 2026 | ބުރާސްފަތި 16:11
އެމްޕީއެލް ފްލެޓެއްގައި ފިރިހެނަކު ރަހީނުކޮށް ފޭރުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު ފިރިހެނުން.

އެމްޕީއެލް ފްލެޓެއްގައި ފިރިހެނަކު ރަހީނުކޮށް ފޭރުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު ފިރިހެނުން. | ޕޮލިސް މީޑިޔާ

ހުޅުމާލެ ފޭސް 2 ގައި ހުންނަ އެމްޕީއެލް ޓަވަރުގެ ފުލެޓެއްގައި ފިރިހެނަކު ރަހީނުކޮށް، ބިރުދައްކައި ފައިސާ ހޯދަމުން ދިޔަ ކަމުގެ ތުހުމަތުގައި ހަތަރު ފިރިހެނުން ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެމްޕީއެލް ޓަވަރުގެ ފުލެޓެއް ބަލައި ފާސްކޮށް، ރަހީނުކޮށްފައިވާ މީހާ ސަލާމަތްކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.  އެ މީހާ ސަލާމަތް ކޮށް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު، އާއިލާ އާއި ހަވާލު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ ޝުނީނު އަންވަރު އާއި ހުސެން ނާހީ ޖަމާލު އެވެ. އަދި ސ. މީދޫ އަށް ނިސްބަތްވާ އަޙްމަދު ލުޖައިން އާއި ތިނަދޫ ސިޓީ އަށް ނިސްބަތްވާ ސަރީޚު އަންވަރު ވެސް މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރި އެވެ.

ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މި ހަތަރު މީހުން ވެސް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ކޯޓުން ނެރުނު އަމުރުގައި މި ހަތަރު މީހުން ވެސް ބަންދުކުރަން ކޯޓުން އަމުރު ކޮށްފައިވަނީ 15 ދުވަހަށް ކަމަށް ފުލުހުން ބުންޏެވެ.

ރަހީނުކުރުމުގެ މައްސަލަތައް މި ފަހަކަށް އައިސް ރާއްޖޭގައި އިތުރު ވަމުން އަންނަ ކަމަށް ފާހަގަކުރެވެ އެވެ. އެގޮތުން، މިދިޔަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ މީހަކު ރަހީނުކޮށް، ބަރަހަނާ ކޮށްގެން ވީޑިއޯ ނަގައި ފައިސާ ފޭރުނު ކަމުގެ ތުހުމަތުގައި ދެ ޒުވާނަކު ހައްޔަރުކޮށް، އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެ އެވެ.

މި ފަދަ މައްސަލަތައް އިތުރުވަމުން ދިއުމާ ގުޅިގެން، ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތައް އިތުރުވެފައިވާ ކަން ފާހަގަކުރެވެ އެވެ. 

ދިވެހި ފުލުހުންރަހީނުކުރުން

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2026

އިނގިރޭސި ދެމަފިރިން ރާއްޖޭގައި މަރުވި މައްސަލައިގައި އެތައް ދުވަހަކު ހިމޭނުން ތިބުމަށް ފަހު، ތުހުމަތު ކުރެވޭ ފަދަ ކަމެއް ނެތް ކަމަށް ފުލުހުން ބުނެފި

15 ޖެނުއަރީ 2026
އިނގިރޭސި ދެމަފިރިން ރާއްޖޭގައި މަރުވި މައްސަލައިގައި އެތައް ދުވަހަކު ހިމޭނުން ތިބުމަށް ފަހު، ތުހުމަތު ކުރެވޭ ފަދަ ކަމެއް ނެތް ކަމަށް ފުލުހުން ބުނެފި
15 ޖެނުއަރީ 2026

އެއަރޕޯޓުން ޑޮލަރު ހުރި ސޫޓް ކޭސް ފޭރިގަތް މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

15 ޖެނުއަރީ 2026
އެއަރޕޯޓުން ޑޮލަރު ހުރި ސޫޓް ކޭސް ފޭރިގަތް މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
15 ޖެނުއަރީ 2026

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިފަހުން ފެނުނު ދެ ހަށިގަނޑަކީ ގެއްލިގެން ހޯދަމުންދާ ރަޝިޔާ ފަތުރުވެރިޔާގެ ހަށިގަނޑެއް ނޫން: ފުލުހުން

15 ޖެނުއަރީ 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިފަހުން ފެނުނު ދެ ހަށިގަނޑަކީ ގެއްލިގެން ހޯދަމުންދާ ރަޝިޔާ ފަތުރުވެރިޔާގެ ހަށިގަނޑެއް ނޫން: ފުލުހުން
11 ޖެނުއަރީ 2026

އޮޕަރޭޝަން އަލިމަގު: މަސްތުވާތަކެތި އެތެރެކުރާ ނެޓްވަރކެއް ހުއްޓުވުމަށް ގއ. އަތޮޅުގައި ފުލުހުން ހަރަކާތްތެރިވަނީ

11 ޖެނުއަރީ 2026
އޮޕަރޭޝަން އަލިމަގު: މަސްތުވާތަކެތި އެތެރެކުރާ ނެޓްވަރކެއް ހުއްޓުވުމަށް ގއ. އަތޮޅުގައި ފުލުހުން ހަރަކާތްތެރިވަނީ
10 ޖެނުއަރީ 2026

ބަނގުރާ މައްސަލައެއްގައި ފުލުހުން ސަފާރީ އަކަށް އެރުން: ދިވެހި ކައްޕިއާ އެއްވެސް ސުވާލެއް ނުކުރޭ، ހައްޔަރުކުރި ލަންކާގެ ދެ މުވައްޒަފުން ކޯޓުން ދޫކޮށްލައިފި

10 ޖެނުއަރީ 2026
ބަނގުރާ މައްސަލައެއްގައި ފުލުހުން ސަފާރީ އަކަށް އެރުން: ދިވެހި ކައްޕިއާ އެއްވެސް ސުވާލެއް ނުކުރޭ، ހައްޔަރުކުރި ލަންކާގެ ދެ މުވައްޒަފުން ކޯޓުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު