Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ލޯކަލް ކައުންސިލް އިންތިހާބު

އިންތިޚާބާ ބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅޭގޮތުން ލަފާދޭ ޤައުމީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކުން 32 މެންބަރުން ބައިވެރިވި. މި އިންތިޚާބުގައި 225 ދާއިރާއަކަށް 1356 މެންބަރުން އިންތިޚާބު ކުރުމަށް ރާއްޖޭގައި 619 ވޯޓު ފޮށިއާއި ރާއްޖެއިން ބޭރުގައި 2 ވޯޓު ފޮށި ބަހައްޓާނެ. 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2026 | ހުކުރު 07:39
އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން

އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން | އިލެކްޝަންސް ކޮމިޝަން

އިންތިޚާބާ ބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި އެވެ.

މި ބައްދަލުވުން ބޭއްވީ އިންތިޚާބާ ބެހޭ މަރުކަޒުގެ ހޯލުގަ އެވެ. މި ކޮމިޓީއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ގަވާއިދުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިންތިޚާބާ ގުޅޭ ލަފާ ހޯދުމަށާއި މަޝްވަރާ ކުރުމަށް އެކުލަވާލެވިފައިވާ ކޮމިޓީއެކެވެ.

Advertisement - newsAdvertisement

މި ކޮމިޝަނުގެ އިތުރުން، ދަޢުލަތުގެ އެކި މުއައްސަސާތަކާއި، މިނިވަން މުސްތައްޤިއްލު ކޮމިޝަންތަކާއި އަދި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ތެރެއިން މިކޮމިޝަނުން ކަނޑައަޅާފައިވާ 2 ޖަމިއްޔާއަކުން ޖުމްލަ 32 މެންބަރުން މި ކޮމިޓީގައި ބައިވެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

މި ބައްދަލުވުމުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅޭ މުހިންމު މައުލޫމާތުވަނީ ޙިއްސާކޮށްފަ އެވެ. އެގޮތުން، އިންތިޚާބާ ބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ މަޝްވަރާތަކުގައި އެކަކު އަނެކަކަށް އިޚްތިރާމް ކުރުމަށާއި ބައްދަލުވުމުގެ މަޤްސަދާއި އިންތިޚާބު އޮންނަ ތާރީޚާއި ކުރިއަށްދާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދީފައިވެ އެވެ. އަދި ކެންޑިޑޭޓުންނަށް ވުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމުގައި އަމަލުކުރަންވީ ގޮތާއި ސަމާލުކަން ދޭންޖެހޭ ކަންތައްތަކާ ގުޅޭގޮތުންނާއި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްޓަކައި ޓެމްޕްލޭޓް މެދުވެރިކޮށް ވޯޓުލުމުގެ ފުރުޞަތު ފަހިކޮށްދީ، މިކަމަށް ރަޖިސްޓަރީވުމުގެ މުހިންމުކަމާއި ރަޖިސްޓަރީކުރުމަށް އަމަލުކުރަންޖެހޭ ގޮތާގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ، ލޯކަލް ކައުންސިލް އިންތިޚާބުގައި 678 މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މި ފަހަރު އިންތިޚާބު ކުރާނީ 678 މީހުންނެވެ. އެހެންކަމުން މި އިންތިޚާބުގައި ޖުމްލަ 1356 މެންބަރުން އިންތިޚާބު ކުރާނެ އެވެ.

މީގެ އިތުރުން، މި އިންތިޚާބުގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު ފޮށި ބަހައްޓާ އިރު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ސިޓީތަކުގެ ރައްޔިތުން ވޯޓުލުމަށް މާލެ ސަރަހައްދުގައި 240 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ. އަދި ސިނާޢީ މަސައްކަތް ކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓު ފޮށި، ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފަ އެވެ. ހަމައެހެންމެ ކައުންސިލް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި 2 ވޯޓު ފޮށި އަދި މެލޭޝިއާގެ ކުއަލަލަމްޕޫރުގައި 1 ވޯޓު ފޮށި، ސްރީލަންކާގެ ކޮލަމްބޯގައި 1 ވޯޓު ފޮށި ބަހައްޓަން ވަނީ ހަމަޖެހިފަ އެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 294,937 މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި، 150,410 ފިރިހެނުންނެވެ.

އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީލޯކަލް ކައުންސިލް އިންތިހާބުއިލެކްޝަންސް ކޮމިޝަންއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބަށް ކެންޑިޑެސީ ފޯމް މިފަހަރު ހުށަހެޅޭނީ އޮންލައިންކޮށް، ކުރިމަތިލުމުގެ ފުރުޞަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ!

ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބަށް ކެންޑިޑެސީ ފޯމް މިފަހަރު ހުށަހެޅޭނީ އޮންލައިންކޮށް، ކުރިމަތިލުމުގެ ފުރުޞަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ!

15 ޖެނުއަރީ 2026
ޝާހިދު އެދިވަޑައިގަތީ ރައްޔިތުން ނުކުމެ ސަރުކާރު ބަލިކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވޯޓު ދިނުމަށް

ޝާހިދު އެދިވަޑައިގަތީ ރައްޔިތުން ނުކުމެ ސަރުކާރު ބަލިކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވޯޓު ދިނުމަށް

15 ޖެނުއަރީ 2026
ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް 315 ޝަކުވާއެއް

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް 315 ޝަކުވާއެއް

14 ޖެނުއަރީ 2026
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލައިފި

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލައިފި

14 ޖެނުއަރީ 2026
ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވަނީ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވަނީ

11 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު